ކޮރަޕްޝަންގެ ތުހުމަތެއް ކުރުމުން އޮސްޓްރިއާގެ ޗާންސެލަރު ސަބަސްޓެއިން ކްރޫޒް މަގާމުން އިސްތިއުފާދީފިއެވެ.

ކްރޫޒްގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ އޭނާގެ ސިޔާސީ ޕާޓީކަމަށްވާ އޯވީޕީ ޕީޕަލްސްގެ ޕާޓީ ޕްރޮމޯޓް ކުރުމަށް ސަރުކާރުގެ ފައިސާ ނޫސްތަކަށް ހަރަދު ކުރިކަމުގެ ތުހުމަތެވެ. މައްސަލައިގައި ކްރޫޒްގެ އިތުރުން އިތުރު ނުވަ މީހެއްގެ މައްޗަށް ތުހުމަތުތައް ކުރެވެއެވެ. މައްސަލައިގެ ތަހްގީގަށް ޕީޕަލްސް ޕާޓީގެ ބައެއް އޮފީސްތަކަށް ކަމާބެހޭ އިދާރާތަކުން ވަދެ ބައެއް ލިޔެކިޔުންތައް ވަނީ ހޯދާފައެވެ.

އޮސްޓްރިއާގެ އެންމެ އިސްވެރިޔަކީ ޗާންސެލަރެވެ. ކްރޫޒް މަގާމުން އިސްތިއުފާ ދިނުމުން އެމަގާމުގެ ޒިންމާތަކާއި ވަގުތީ ގޮތުން ހަވާލުވެފައި ވަނީ ފޮރިން މިނިސްޓްރަރު އެލެގްޒަންޑާ އެވެ.

ކޮރަޕްޝަންގެ ތުހުމަތާއި ގުޅިގެން މަގާމުން އިސްތިއުފާ ދިން ނަމަވެސް ކްރޫޒް ވަނީ އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކްރޫޒްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ސަރުކާރުގެ ފައިސާ ނޫސްތަކަށް ހަރަދުކޮށް ކްރޫޒްގެ ޕާޓީއަށް ފައިދާ ހުރި ގޮތައް ހަބަރުތަކާއި ޕޯލްތައް ގެނެސްދިނުމަށް މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

ކްރޫޒް މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާގެ ކޯލިޝަން ބައިވެރިއެއް ކަމަށްވާ ގްރީންސް ޕާޓީން ވަނީ ކްރޫޒް ޗާންސެލަރުގެ މަގާމަށް ކުފޫހަމަނުވާކަމަށް ބުނެފައެވެ. ގްރީންސް އިން މަސައްކަތް ކުރަމުން ގެންދިޔައީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ކްރޫޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އަންނަ ހަފްތާގައި ހުށަހެޅުމަށެވެ.

ކްރޫޒް ޕީޕަލްސް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގެންނެވީ 2017 ވަނަ އަހަރު އެވެ. މިދިޔަ އަހަރު އޮތް އިންތިހާބު ކާމިޔާބުކޮށް އޭނާ ވެރިކަމަށް ވަޑައިގެންނެވިއިރު އުމުރަކީ 31 އަހަރެވެ. އެހެންކަމުން އޭނާ ވެގެން ދިޔައީ ދުނިޔޭގައި ވެސް ޑިމޮކްރަޓިކް އުސޫލުން ގައުމެއްގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ރާއްޖޭގައި ވިއްޔާ އިތުރަށް ފައިހިއްފާލާ ކައިނަގާނީ!

    6
    1
  2. ނަޒީ

    މިރާއްޖޭގައި މިއަދު މިއޮތް ސަރުކާރުން ދައުލަތުގެ ފައިސާ ސަރުކާރު ޕްރޮމޯޓުކޮށްދޭ ނޫސްތަކަށާ ޓީވީތަކަށްދީގެން އިންތިހާއަށް ކޮރްޕްސަން ހިންގާއިރު ؟؟؟؟؟؟

    6
    1
  3. އަލިބެއްޔާ

    މަހުލޫފަށް މި ޚަބަރު ދައްކަބަލަ.. މި ވެރިންގެ ނެތޭ ލަދު ހަޔާތުގެ ކަންފުޅެއްވެސް..

    4
    1