ޔަމަންއަށް ނިސްބަތްވާ މާބަނޑު ނޫސްވެރިއަކު ކާރުގައި ފިރިމީހާއާއެކު ވިހަން ހޮސްޕިޓަލަށް ދިޔަ މަގުމަތިގައި ބޮމުގެ ހަމަލާއެއް ދީ މަރާލައިފިއެވެ.

އެ ހާދިސާގައި އޭނާގެ ފިރިމީހާއަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އޭނާގެ ފިރިމީހާއަކީވެސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

ސަރުކާރުގެ ފައުޖުތަކުގެ މަސްދަރުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ނޫސްވެރިޔާ މަހްމޫދު އަލް އަޓްމީގެ ކާރުގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލާފައިވަނީ އޭނާގެ އަންހެނުން ރަޝާ އަބުދުالله އޭނާގެ ތުއްތު ދަރިފުޅު ވިހެއުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ.

މި ބޮމުގެ ހަމަލާ ދީފައިވަނީ ޔަމަނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އޭޑަންގައެވެ.

އުމުރުން 27 އަހަރުގެ ރަޝާ އާއި އޭނާގެ ފިރިމީހާ އަކީވެސް ގިނަ ރީޖަނަލް މީޑިއާތަކެއްގައި މަސައްކަތް ކުރަމުންދިޔަ ނޫސްވެރިންނެވެ.

އެ ދެމަފިރިންގެ ދެ އަހަރުގެ ކުއްޖަކު ހުންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިއީ ކޮން ބަޔަކު ދިން ހަމަލާއެއް ކަން ސާފް ނުވާ ކަމަށް ވެއެވެ.

ނަމަވެސް އޭނާ ފިރިމީހާ ތުހުމަތު ކުރަނީ މި ހަމަލާގެ ފަހަތުގައި ވަނީ ޔަމަނުގެ އީރާނުން ވާގިވެރިވާ ހޫތީ ހަނގުރާމަވެރިން ކަމަށެވެ.

"އެ މީހުން މަސައްކަތް ކުރި އަހަރެންގެ ގޭގެ އެޑްރެސް ހޯދަން". އޭނާ އޭފްޕީއަށް ބުނެފައ ވެއެވެ.