އިންޑިއާ ސިފައިން މިދިޔަ ހޯމަ ދުވަހު ޖައްމު އާއި ކަޝްމީރުގައި ކުރިއަށް ގެންދިޔަ ސެކިއުރިޓި އޮޕަރޭޝަނެއްގައި އާއްމުންގެ ގިނަ ބަޔަކު މަރާލާފައިވާ ކަމަށް މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ. އެފަދަ ފަރާތްތަކުން އަންނަނީ ކުށެއް ނެތް އާއްމުންގެ ގިނަ ބަޔަކު މަރާލާފައިވަނީ ކީއްވެތޯ ސުވާލު ވެސް ކޮށްފައެވެ. އެހެން ނަމަވެސް މި ސުވާލުގެ ޖަވާބު މިއަދާއި ހަމައަށް ވެސް ލިބިފައެއް ނުވެއެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ އެއް ވީޑިއޯއަކީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ބައްޕަގެ މަރާއި ގުޅިގެން އިންޑިއާ ސިފައިންނާއި ސުވާލު ކުރުމުން ދީފައިވާ ޖަވާބެވެ.

އެކުއްޖާގެ ބައްޕަ މުހައްމަދު އަލްތާފް ބާތް އަކީ ސްރީނަގަރުގެ ކުޑަ ތަންކޮޅެއްގައި ފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރަމުން އަންނަ މީހެކެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާ ސިފައިން މުހައްމަދު މަރާލާފައިވަނީ ސްރީނަގަރުގައި ކުރިއަށް ގެންދިޔަ އެންޓި ޓެރާ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މުހައްމަދު އާއި އެކީ ޖުމްލަ ހަތަރު މީހަކު މި އޮޕަރޭޝަނުގައި ވަނީ މަރުވެފައެވެ.

އޭނާގެ މަރާއި ގުޅިގެން އިންޑިއާގެ ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ނިރުބަވެރިންގެ އަތުން ކަމަށެވެ. އެހެން ނަމަވެސް ފަހުން ބުނެފައިވަނީ ހަމަލާ ބަދަލު ކުރުމުގެ ތެރެއިން ސިފައިން އަތުން މަރުވީ ކަމަށެވެ.

މުހައްމަދުގެ އަންހެން ދަރިފުޅު އާއްމު ކޮށްފައިވާ ވީޑިއޯގައި އޭނާ ބުނެފައިވަނީ ސިފައިގެން ކައިރީ ބައްޕަ މަރާލީ ކީއްވެތޯ ސުވާލު ކުރުމުން ޖަވާބު ދިނުމުގެ ބަދަލުގައި ފެށީ ހޭން ކަމަށެވެ.

މުހައްމަދުގެ މަރުގެ ހަބަރު އެންމެ ފުރަތަމަ ލިބުނީ އެމީހުންގެ ބޮޑު ބޭބެއަށެވެ. އެއާއި ހިސާބުން މުހައްމަދުގެ ދަރިފުޅަށް ވެސް ކަމެއް ގޯސްވިކަން އެނގުނެވެ.

މި ހާދިސާ ހިނގި މަންޒަރު ފެނުނު ބައެއް ފަރާތްތަކުން ބުނެފައިވަނީ ސިފައިން މުހައްމަދު ތިން ފަހަރު އޭނާ ހުރިތަނުން ގެންދިޔަ ކަމަށާއި ހަތަރު ވަނަ ފަހަރު ގެންގޮސް ބަޑި ޖަހައި މަރާލީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބާ އަނިޔާވެރިކަމާ ދެކޮޅު އެމް ޑީ ޕީ އިން މިކަމާ ބުނަނީ ކީކޭބާ ؟ ކެނެރީގޭ ސޮރުގެ ބަޔާނެއް ނެއްބާ ...

    66
    3
  2. ނަން

    "އޭނާގެ މަރާއި ގުޅިގެން އިންޑިއާގެ ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ނިރުބަވެރިންގެ އަތުން ކަމަށެވެ. އެހެން ނަމަވެސް ފަހުން ބުނެފައިވަނީ ހަމަލާ ބަދަލު ކުރުމުގެ ތެރެއިން ސިފައިން އަތުން މަރުވީ ކަމަށެވެ"
    މާނަ އަކީ އިންޑިއާ ސިފައިން އަކީ ނިރުބަވެރިނޭ ދޯ

    55
    1
  3. ހާމަ

    މިރާއްޖޭގެ ޕޮލ ލިހުންނަކީވެސް އަނިޔާވެރި ބައެއް، ވެރިކަމެއް ވައްޓާ ލެވިއްޖެ އެއްބައިވެގެން. ރައްޔިތުންގެ ސަ ލލާމަތައްޓަކައި ޑްރަގްގެ ކިބައަކުން ސަ ލާމަތެއް ނުކުރެވުނު. މޮޅެތި ޓްރެއިނިންގ ތައްހަދާ މޭފުއްޕާފަ، ކީއްކުރެވޭބައެއް ބާވައޭ މަހިތައްއަރާ

    8
    4
  4. ވިސްނޭ ގޮލާ

    ދުވަސްކޮޅަކުން ދިވެހިންނަށް ކަންނޭންގެ ތިހެން ހަދާލާނީ

    17
    2
  5. ނައުޒީ

    އެއީ މުސްލިމުން މަރާބަޔެއްކަން އެންމެންވެސް ދަންނަ ބަޔެއް.. މުސްލިމުންނައް އަނިޔާކޮއް މުސްލިމުން ނިކަމެތި ކުރޭ އިންޑިޔާގަވެސް އަދި ޗައިނާގަވެސް. މިއިން އެއްވެސް ބަޔަކީ ހަގީގަތުގަ މުސްލިމުން އެމީހުންނަކީ ރަހްމަތްތެރިންކަމައް ދެކިގެންވާނެ ބަޔެއް ނޫން.

    24
  6. ޖާނޭ

    ކެނެރީގޭ ބޯ ބުރާންތި އެއްޗެކޭ ނުބުނާނެ އެއީ އިންޑިއާ މީހުން ކުރި ކަމަކަށް ވާތިވެ. މޯދީގެ ފުކޮޅުން ވަސްބަލާ މީހުން ވިއްޔާ ރާއްޖޭގައި ވެރިކަން ކުރަނީ. މީއަކީ މުސްލިމުން ދެކެ ލޯބި ނުވާ މުސްލިމުންނަށް ފުރައްސާރަ ކުރާ ސަރުކާރެއް.