ޕާކިސްތާނުގައި ހުންނަ ސްރީލަންކާގެ ފެކްޓްރީ މެނޭޖަރެއްގެ ގަޔަށް ބަޑިޖެހުމަށްފަހު އަންދާލި ނަމަވެސް އެ ހާދިސާގައި އެމީހާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި ޕާކިސްތާނުގެ މީހާއަށް އެވޯޑެއް ދޭން ނިންމާފައެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މާލިކް އަދްނާން ނަމަކަށް ކިޔާ އެމީހާއަށް "ތަމްގާ އައި ޝުޖާތް" އެވޯޑު ދޭން ނިންމާފައިވާ ކަމަށެވެ. މި އެވޯޑަކީ އެގައުމުގެ ދެވަނަައަށް އެންމެ މަތީ މަދަނީ އެވޯޑެވެ. އަދި މިއީ އެގައުމުން ދޭ ހިތްވަރު ގަދަ ކަމުގެ އެވޯޑެވެ.

އިމްރާން ކުރެއްވި ޓުވިޓުގައި ވިދާޅުވީ، ގައުމުގެ ކުރިމަތީ އޭނާއަށް ސެލިއުޓް ކުރަން ބޭނުންވާ ކަމަށާއި އެދުވަހު އޭނާ ދައްކާފައިވަނީ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައި އޭނާގެ ހިތްވަރާއި ކެރުންތެރިކަން ކަމަށެވެ.

"މާލިކް އަދުނާން ވަނީ ޕްރިޔަންތާ ޑިޔަވަޑަނާ ސަލާމަތް ކުރުމަށް އޭނާގެ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައި ހިތްވަރު ކޮށްފައި. އަޅުގަނޑުމެން އޭނާއަށް ތަމްގާ އައި ޝުޖާތް އެވޯޑު ދޭަނަން" އިމްރާން ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

މާލިކް ވަނީ ގްޕޫރެއްގެ ބަޔަކު ޕްރިޔަންތާއަށް ހަމަލާދޭން ފެށުމާއި އެކީ އެދޭތެރެއަށް ވަދެ އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާގެ ގައި މަތީގައި ޝީލްޑެއް އެޅި ކަމަށް ވެސް ވެއެވެ. އެހެން ނަމަވެސް އެގްރޫޕުގެ މީހުން ވަނީ އޭނާ ދުރުކޮށް ޕްރިޔަންތާއަށް ހަމަލާ ދޭން ފަށާފައެވެ.

އިމްރާން އިތުރަށް ވިދާޅުވީ، މިހާދިސާއާއި ގުޅިގެން މިހާތަނަށް 100 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މިކަމާއި ގުޅިގެން އެމީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ލަންކާގެ ފެކްޓަރީ މެނޭޖަރު ޕްރިޔަންތާ އަންދާލާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީތަރު ދެުރުގައި އޮންނަ ސިއާލްކޮޓްގައެވެ.

ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރުން ފަދަ މައްސަލަތައް މަދުނަމަވެސް އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ކުޑަވެސް އިޝާރާތެއް ކޮށްފިނަމަ އެގައުމުގައި މުޒާހަރާތައްކޮށް އެފަދަ ކަމެއް ކުރި ބަޔަކު ނުވަތަ މީހަކަށް ބޮޑެތި އަނިޔާތައް ކުރެއެވެ. އަދި ބައެއް ފަހަރުތަކުގައި އެ ކަމެއްގެ ކުޑަބޮޑުމިންވަރަށް ބަލާ މަރާލާ ހާލަތްތައްވެސް އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  ތިގޮތައް ހަދަން ޖެހޭނީ ދީނައް ފުރައްސާރަ ކުރާ ކަމުގައި ވަނީނަމަ

  12
  6
 2. ޜަނާ

  ޢެބަޔެއްގެ ދީނުގަ އެބަޔަކު ހިފަ ހައްޓައިގެން އުޅުނީމަ ވީނު. ޢަނެއް ބަޔެއްގެ ދީނަށް ފުރައްސާރަ ނުކޮށް.

  14
  5
 3. މުސްތޮ ބޭބް

  އެންމެ ކުޑަމިނުން ދީންދެކެ ލޯބިވާކަމަށް ވަކާލާތު ކުރާއިރު، ސަކިންދާ އެމްޑީއެންއަށް އަދަބެއް ދިނުމުގެ ކަންފުޅެއްވެސް ނެތީ މިސަރުކާރުގެ.

  6
  2