ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 1،023 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތައް އާއްމު ކުރާ ބައިނަލްއަގުވާމީ އިދާރާއަކުން އާއްމު ކޮށްފައިވާ މައުލުމާތަށް ބަލާއިރު، ރަޝިއާއިން އިތުރު 1،023 މީހަކު ކޮވިޑުގައި މަރުވެ، ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 297,203 އަށް އަރާފައެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އެގޮތުން އިތުރު 2،967 މީހަކު މި ބައްޔަށް ފާއިތުވި 24ގަޑިއިރު ފައްސިވެ ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 10,214,790 އަށް އަރާފައެވެ.

ރަޝިއާއިން ދުވަހުން ދުވަހަށް ކޮވިޑަށް ފައްސިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިވަގުތު މުޅި ދުނިޔެއަށް ވަނީ ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އާ ވައްތަރެއްގެ ސަބަބުން އިތުރު ބިރުވެރިކަމެއް ފެތުރިފައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 8,984,921 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބީ 932,666 މީހެކެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގައުމުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދަށް ބަދަލެއް ނައިސް އެއްވަރެއްގައި ހުންނާތީ ގިނަ ބަޔަކު ވަނީ ސަރުކާރުން އެމައުލުމާތު އާއްމު ކުރުމުގައި އޮޅުވާލުމެއް ގެންގުޅޭ ކަމަށް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު