ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންނަށް ވެސް އޮމިކްރޮން ވޭރިއަންޓް ޖެހޭކަން ކަށަވަރު ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ޖެނީވާގައި ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ޑެލްޓާ ވޭރިއަންޓަށްވުރެ ހަލުވިކޮށް އޮމިކްރޮން ފެތުރޭ ކަމާއި އަދި ކޮވިޑް ޖެހިފައި ރަނގަޅުވެފައިވާ މީހުންނާއި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވެސް އޮމިކްރޮން ޖެހޭކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ޑެލްޓާ ވޭރިއަންޓަށްވުރެ ހަލުވިކޮށް އޮމިކްރޮން ފެތުރެމުންދާކަން ކަށަވަރު ކުރެވޭ." ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް އުފެދިފައިވާ އޮމިކްރޮން ވޭރިއަންޓް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށާއި އަދި ކުރިން ކޮވިޑް ޖެހިފައިވާ މީހުންނަށް ވެސް ޖެހޭ ކަމަށް މީގެ ކުރިން ބައެއް ގައުމުތަކުން ރިޕޯޓް ކުރިއެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެކަން ފުރަތަމަ ފަހަރަށް ކަށަވަރު ކޮށްދިނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޮމިކްރޮން ވޭރިއަންޓްގެ ނުރައްކާތެރިކަމާއި، އޮމިކްރޮން ފެތުރެމުންދާ ހަލުވިމިނަށް ބަލައި ހާލަތު ގޯސްވެދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ދެމުންދާ އިންޒާރު މިރޭ ވެސް ޓެޑްރޯސް ވަނީ ތަކުރާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އޮމިކްރޮން ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރި ކުރިން ކުރަން ޖެހުނު ތަޖުރިބާތައް އަނެއްކާވެސް ތަކުރާރު ކުރަން ޖެހިދާނެ ކަމަށެވެ.

ޓެޑްރޯސް ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ލިބިފައިވާ ގައުމުތަކުގެ ރައްޔިތުން އަވަހަށް ވެކްސިން ޖެހުމަށް މިރޭ ވެސް އިލްތިމާސް ކުރައްވާފައެވެ. އަދި ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި މުއްސަނދި ގައުމުތަކުން އިތުރަށް މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދް

    ޓެޑްރޯސް ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ލިބިފައިވާ ގައުމުތަކުގެ ރައްޔިތުން އަވަހަށް ވެކްސިން ޖެހުމަށް މިރޭ ވެސް އިލްތިމާސް ކުރައްވާފައެވެ. އަދި ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި މުއްސަނދި ގައުމުތަކުން އިތުރަށް މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
    ——————————————-
    ޑަބްލިއުއެޗްއޯ އިން ޖެނީވާގައި ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ޑެލްޓާ ވޭރިއަންޓަށްވުރެ ހަލުވިކޮށް އޮމިކްރޮން ފެތުރޭ ކަމާއި (އަދި ކޮވިޑް ޖެހިފައި ރަނގަޅުވެފައިވާ މީހުންނާއި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވެސް އޮމިކްރޮން ޖެހޭކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.)
    —————————————
    އަދިވެސް ވެކްސިން ޖަހާށޯލައެވެ. އަޖައިބު އަންތަރީސް ނުވެތަ!!!މިހެންވެގެން މިބުނަނީ މީ ވެކްސިން ޖަރީމާއެވެ.

    9
    1
    • ދޯ

      ވެކްސިން ކިޔާފަ ސާފު ފެނުގެ ވިޔަފާރި ކުރާނީ... ހުސް އޮޅުވާލުން

    • Anonymous

      މަތި މައްޗަށް 2 ބޫސްޓަރ ޖަހާފަ ހުއްޓަ ތި ބަލި ޖެހުނީމަ ބުނާނެ 4 ފަހަރު ވެކްސިން ޖެހިއަސް ކޮވިޑް ޖެހެއޭ އެހެންވީމަ ކޮންމެ 2 ހަފްތާއަކުން 1 ފަހަރު ދާއިމީގޮތެއްގަ ޖަހާ އެއްޗަކަށް ވެކްސިން ހަދާށޭ. މިއީ ބޮޑު ޖަރީމާއެއް ދުނިޔޭގެ ހުރިހާ ފައިސާއެއް ވެކްސިން އުފަންދާ ޓްރިލިއަން ކުންފުނިތަކަށް ނަގަން ކުރާ މަސައްކަތެއް މިއީ.

  2. Anonymous

    ހަތިޔާރު އުފައްދާ އެވިއްކައިގެންނާ ބޮން އުފައްދާ އެތަކެތިން އިންސާނުން އެތައްމިލިއަން މީހުން މަރުވާއިރު، ހަތިޔާރުންނާ ބޮމުންނާ މިސައިލްއިން މީހުން މަރުވާތީ އދ އިން ކަން ބޮޑުވެގެން އުޅޭތަނެއް ނުފެނޭ. އިތިއޮޕިއާ އާ ސެންޓްރަލް އެފްރިކާގެ ހުރިހާ ގައުމަކާ ވެނެޒުއޭލާއާ ޔަމަންއާ އީރާނާ ސީރިއާ ފަދަ ގައުމުތަކަށް އދ އިން ދަތިކުރުމުގެ ސަބަބުން ކާނާއާ ބޭސްފަރުވާ ނުލިބިގެން އެތައް މިލިއަން މީހުން މަރުވަމުންދޭ. ތި އދ އިން ހަމަ އެކައްޗެކޭވެސް ނުކިޔާ. އެކަމަކު ރޯގާ ޖެހިގެން އެންމެ މީހަކު އެހެޔޮ 90 އަހަރުގެ މީހަކަށްވިއަސް އެމީހަކު މަރުވެދާނެތީ 2 ޑޯޒް ޖަހާ ބޫސްޓަރ ޖަހާ ޑަބަލް ބޫސްޓަރ ޖަހަން އެބަމަޖުބޫރު ކުރުވާ!
    އިންސާނުން ވިސްނާނަމަ ތި އދ އާ އޭގެ ދަށުން ހެދިފަހުރި ޝައިޠާނީ އޮގަނައިޒޭޝަނުން މިހިންގާ ޖަތީމާތައް އެނގޭނެ.