މަދުން ނޫނީ ނުފެންނަ ތަފާތު ބޯވައެއް އޮސްޓްރޭލިއާއިން ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޮސްޓްރޭލިއާގެ ޖަސިންތާ ޝެކަލްޓަން ނަމަކަށްކިޔާ މެރިން ބަޔޮލޮޖިސްޓަކަށް ފެނިފައިވަނީ "ބްލޭންކެޓް އޮކްޓަޕަސް" ނަމަކަށް ކިޔާ ބޯވައެވެ. މި ބޯވަ ފެނިފައިވަނީ 20 އަހަރު ފަހުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އޮސްޓްރޭލިއާގެ ގުރޭޓު ބެރިއާ ރީފް ސަރަޙައްދުން ފެނުނު މި ބޯވައިގެ ފޮޓޯތަކާއި ވީޑިއޯތައް އޭނާ މީސްމީޑިއާގައި ހިއްސާ ކުރުމާއި އެކީ ގިނަ ބައެއް ސަމާލުކަން ވަނީ މި ބޯވައަށް ހުއްޓިފައެވެ.

ކުއީންސް އައިލޭންޑް ޓޫރިޒަމް އެންޑް އިވެންޓްސް ގައި މަސައްކަތް ކުރަމުން އަންނަ ޝެކަލްޓަން ބުނެފައިވަނީ އެންމެ ފުރަތަމަ އެ ބޯވަ ފެނުމުން އޭނާ ހީކުރީ އެއީ ޖުވެނައިލް މަހެއް ކަމަށެވެ. އެހެން ނަމަވެސް އެއާއި ކައިރިވުމުން އެއީ އަންހެން ބްލޭންކެޓް ބޯވައެއް ކަން އެނގުނު ކަމަށެވެ.

"އަސްލުކޮށް މި ބޯވަ ފެނުމަކީ ސިފަ ނުކުރެވޭނެ ކަމެއް. އޭގެ ހަރަކާތްތަކުން ވަރަށް އާޝޯހުވި، ހީވީ ފެންގަނޑުގައި ނަށަނީހެން. އޭގެ ކުލަތަކަކީ ވެސް މީހާއަށް އަޖައިބުކަން ގެނުވައިދޭ ކުލަތަކެއް. ހަގީގަތުގައި ވެސް މީގެ ކުރިން އެކަހަލަ ކަމެއް ނުދެކެން" އޭނާ ބުންޏެވެ.

ޝެކަލްޓަން ގްރޭޓު ބެރިއަރ ރީފުގެ ކަނޑު އަޑީގެ ދިރުންތަށް ޑޮކިއުމަންޓު ކުރަމުންދާތާ މިހާރު 3 އަހަރުވެފައިވާއިރު، އޭނާ ބުނެފައިވަނީ މިވައްތަރު ބޯވަ މިހާތަނަށް ފެނިފައިވަނީ އެންމެ ތިން ފަހަރު ކަމަށެވެ.

ނިއުޒިލޭންޑްގެ ޖާނަލް އޮފް މެރިން އެންޑް ފްރެޝް ވޯޓާ ރިސާޗުން ބުނެފައިވަނީ ބްލޭންކެޓް ބޯވަ އަކީ ވަރަށް މަދުން ފެންނަ އެއްޗެއް ކަމަށެވެ. އޭގެ އަންހެން ވައްތަރަށް ހަ ފޫޓު ދިގުމިނަށް ބޮޑުވެވޭއިރު، ފިރިހެން ވައްތަރަށް ހެދި ބޮޑު ވެވެނީ 2.4 ސެންޓިމީޓަރަށް ކަމަށާއި ފިރިހެން ބޯވައަށް ވުރެ އަންހެން ބޯވައިގެން ބަރުދަން 4000 ގުނަ އިތުރު ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މޮހޮނު

  މާތްﷲ ގެ ކުޅަދުންވަންތަ ކަން

  23
 2. އަހަންމަދު

  ކްއީންސް އައިލޭންޑް ތޯ؟
  ނުވަތަ ކްއީންސްލޭންޑް ތޯ؟

  1
  1
 3. ާަމަރީ

  އޮމިކްރޯން ބޯވަ..

  1
  1
 4. ސެންޗޯ

  ﷲގެކުޅަދުންވަންތަކަން