ދެ ވަނަ ބޮޑު ހަނގުރާމައިގައި އިންޑިއާއަށް ވެއްޓުނު ވައިގެ އުޅަނދެއް 77 އަހަރު ފަހުން ފެނިއްޖެއެވެ.

މި ވައިގެ އުޅަނދު ފެނުނީ ހިމާލަޔާސް ފަރުބަދަމަތިންނެވެ.

ސީ-46 ޓްރާންސްޕޯޓް މަތިންދާ ބޯޓަކީ ޗައިނާގެ ދެކުނުގެ ކުންމިން އިން 13 މީހުން ގޮވައިގެން ދަތުރުކުރަމުން ދިޔަ މަތިންދާ ބޯޓެކެވެ. އަދި 1945 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި މި ބޯޓު ގެއްލިފައިވަނީ އަރޫނާޗަލް ޕްރަދޭޝް ސްޓޭޓުގެ ފަރުބަދަމަތީ ސަރަހައްދެއްގެ މައްޗަށް އެރި ތޫފާނުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

"މި އުޅަނދުގެ ހަބަރެއް ފަހަކުން ނުވޭ، ގެއްލުން ގޮތަށް ދެން އެކަން އެ ދިޔައީ،" ވެއްޓުނު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކެއްގެ ދަރިފުޅުގެ އެދުމަށް ބޯޓު ހޯދުމުގެ ފަހު މިޝަންގައި އިސްކޮށް ހަރަކާތްތެރިވި އެމެރިކާގެ އެޑްވެންޗާއެއް ކަމަށްވާ ކްލޭޓަން ކުހްލެސް ބުންޏެވެ.
Wreckage of World War II C-46 aircraft on Himalayas
މި އެކްސްޕެޑިޝަންގައި މަސްތަކެއް ހޭދަވި އިރު، ކުހްލެސް އާއި އެ ސަރަހައްދުގެ ލިސޫ ނަސްލުގެ ގައިޑުންގެ ޓީމަކުން ވަނީ ފުން ކޯރުތަކާއި، އުސް ހިސާބުތަކުގައި ކޭމްޕް ކޮށްފައެވެ.
ސެޕްޓެމްބަރު މަހު ސްނޯގެ ތޫފާނެއްގެ ތެރޭގައި ކޭމްޕް ޖަހައިގެން އުޅެނިކޮށް މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި ހައިޕޯތަމިއާ ޖެހިގެން ތިން ގައިޑުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެ ޓީމުން މިދިޔަ މަހު ވަނީ ސްނޯ ފަރުބަދަމަތިން ބޯޓު ހޯދާފައެވެ. ރިޕޯޓުތައް ބުނާގޮތުން މި ޓީމުން ބޯޓު ދެނެގަނެފައިވަނީ ޓެއިލް ނަމްބަރުންނެވެ.
އެތައް އަހަރެެއް ފަހުން މި އުޅަނދު ފެނުންއިރު، އޭގައި އެއްވެސް އިންސާނަކު އޮތް ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިންޑިއާ، ޗައިނާ އަދި މިޔަންމާގައި ހިންގާ އޮޕަރޭޝަންތިއޭޓަރުގެ ވަށައިގެން އެމެރިކާގެ އެތައް ސަތޭކަ އަސްކަރީ މަތިންދާ ބޯޓެއް ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު