އޮމިކްރޮންގެ އާވައްތަރު 40 ގައުމަކުން ފެނިއްޖެއެވެ.
އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރި އޭޖެންސީން ބުނެފައިވަނީ އަލަށް ފެނިފައިވާ އޮމިކްރޮންގެ ވައްތަރަށް ދީފައިވާ ނަމަކީ "ވޭރިއެންޓް އޮފް އަންޑަ އިންވެސްޓިގޭޝަން" ނުވަތަ BA.2 ކަމަށެވެ.
އޮމިކްރޮން އަށް ސައިންސްވެރިން ދީފައިވާ ސައިންޓިފިކް ނަމަކީ BA.1 އެވެ.
އެ އޭޖެންސީން ބުނެފައިވަނީ ބްރިޓެއިން އިން މިހާތަނަށް މި ބައްޔަށް 400 މީހަކު ފާއިތުވި 10 ދުވަހު ފައްސިވެފައިވާ ކަމަށާއި އަދި މިހާތަނަށް 40 ގައުމަކުން ވެސް މި ވައްތަރު ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާ، ޑެންމާކު އަދި ސުވެޑެން ހިމެނެއެވެ.
އޮމިކްރޮންގެ އާ ވައްތަރާއި ބެހޭ ގޮތުން މައުލޫމާތު ތަކެއް ނޭނގުނު ނަމަވެސް އޮމިކްރޮން ފެތުރޭ މިންވަރު އެހެން ވޭރިއެންޓްތަކަށް ވުރެ އަވަސް ކަން ގިނަ ބަޔަކަށް އެނގެއެވެ. އެހެން ކަމުން އޮމިކްރޮން އިން އުފެދިފައިވާ އާވައްތަރު އެއަށްވުރެ ހަލުވި ކަމާއި އެކީ ފެތުރި އާންމުން ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީގެ ކުރިން ސައިންސްވެރިން ދައްކަމުން އައީ ކޮވިޑް-19 މިއުޓޭޓްވެ އެކި ކަހަލަ ވޭރިއެންޓް ނުވަތަ ވައްތަރުތައް އުފެދެމުން އަންނަ ވާހަކައެވެ. އެހެން ނަމަވެސް ކޮވިޑްގެ ވޭރިއެންޓެއް މިއުޓޭޓްވެ އިތުރު ވޭރިއެންޓެއް އުފެދުމާއި އެކީ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.
އެނަދަ ނިއު ބިޒްނަސް ބްރޭންޑް! މޯސެލްސް މޯ މަނީ! މެޑިކަލް ދާއިރާ ވިޔަފާރިއާއިގެން މެކުހަށް!