އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ބެނީ ގަންޓްޒް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖައްސަވާފައި ވަނިކޮށް ފައްސިވެއްޖެއެވެ.

އެކަން ހާމަކޮށްފައި ވަނީ އޭނާގެ އޮފީހުން ހުކުރު ދުވަހުއެވެ.

އެ އޮފީހުން ބުނެފައި ވަނީ އޭނާ ކޮވިޑަށް ފައްސިވުމާއި ގުޅިގެން މަސައްކަތް ކުރާނީ ކުއާޓަނިން ހުންނަ އޭނާގެ ގެއިން ކަމަށެވެ.

އުމުރުން 62 އަހަރުގެ ގަންޓްޒް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖަހާފައިވާއިރު، ރޯޝް ހަޔީންގައި ހުންނަ އޭނާގެ ގޭގައި މިހާރުވެސް ހަރުކޮށްފައިވާ ހާއްސަ ސިސްޓަމްތައް ބޭނުންކޮށްގެން މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

"އަހަރެންގެ ހާލު ރަނގަޅު، އެއީ އަހަރެން ވެކްސިން ޖަހާފައިވާތީ. ދުޅަހެޔޮ ސިއްހަތެއްގައި ހުރޭ. ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، ވެކްސިން ޖަހަން ދިއުމަށްވެސް އެދެން".ގަންޓްޒް ކުރި ޓްވީޓްގައި ވެއެވެ.

އިސްރާއީލްގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެ ގައުމުގައި މިހާރު ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒްވެސް ދޭން ވަނީ ފަށައިފައެވެ.

އެ ގައުމުން މިހާތަނަށް 2,488,924 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އެ ބަލީގައި މިހާތަނަށް 8,488 މީހަކު އެ ބަލީގައި ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮބާ

    މިއޮތީ ވެކްސިންގެ އަސްލު ހަގީގަތް ފެންނަން. ބޭކާރު ކަމެއް ވެކްސިންޖެހުމަކީ. ކިތަންމެ ވަރަކަށް ވެކްސިންޖެހިއަސް ކޮވިޑް ޖެހޭނެ.

    19
    1
  2. އަޙްމަދް

    ޢަދިވެސް ޑޯޒް އިތުކޮ އޯވަރޑޯޒް ވަންދެން ޖަހާބަލަ ޖަހައިގެންވެސް މައިތިރިވޭތޯބަލާބަލަ ޔަހޫދީކަލޭގެއާ.

  3. ޢާބްދުއްލަޠީފު

    ގުޑް ވެރިގުޑް. ކޮވިޑްޖެހިގެން ނަމަވެސް ތިބައިގަނޑު ހުސްވާން އެބަޖެހޭ.