ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ "އޮމިކްރޮން"ގެ އާ ވައްތަރާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން އިންޒާރު ދީފިއެވެ.

އޮމިކްރޮންގެ އާ ވައްތަރު މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފެތުރިފައެވެ.

އަލަށް ފެނިފައިވާ އޮމިކްރޮންގެ ވައްތަރަށް ދީފައިވާ ނަމަކީ "ވޭރިއެންޓް އޮފް އަންޑަ އިންވެސްޓިގޭޝަން" ނުވަތަ BA.2 އެވެ.

ޑަބްލިވްއެޗްއޯގެ ވެބްސައިޓްގައި ބުނެފައި ވަނީ، އޮމިކްރޮންގެ BA.2 އަކީ ބާރުގަދަ ވޭރިއެންޓެއް ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ވޭރިއެންޓެއް"ކަމަށް އަދި ނުބެލެވޭ ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު މި ވައްތަރު ފެނިފައި ވާތީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ސައިންސްވެރިންގެ ކިބައިން ވަނީ މި ވޭރިއެންޓް މޮނީޓާރކޮށް، އެއާ ގުޅޭ ދިރާސާތައް ހެދުމަށް އެދިފައެވެ.

އޮމިކްރޮންގެ އާ ވައްތަރާއި ބެހޭ ގޮތުން މައުލޫމާތު ތަކެއް ނޭނގުނު ނަމަވެސް އޮމިކްރޮން ފެތުރޭ މިންވަރު އެހެން ވޭރިއެންޓްތަކަށް ވުރެ އަވަސް ކަން ގިނަ ބަޔަކަށް އެނގެއެވެ. އެހެން ކަމުން އޮމިކްރޮން އިން އުފެދިފައިވާ އާވައްތަރު އެއަށްވުރެ ހަލުވި ކަމާއި އެކީ ފެތުރި އާންމުން ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިހާރު އާ ވޭރިއެންޓް BA.2 ވަނީ 40 ގައުމަކުން ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ޔާﷲ، އަޅަމެން ހުރިހާއެންމެން މިބަލިން ރައްކާތެރި ކުރަށްވާށި. އާމީން.

    47
  2. ވަރިހަމަ

    ވަރިހަމަ ކިތަންމެ ވަރެއްވިއަސް މާލޭގެ ސްކޫލްތަށް އޮންލައިން ނުކުރާތި ކްލާހެއްގަ ދެކުދިންނާ ތިއްބަސް މުގައްރަރު ނިންމާލެވެނިކޮށް ނިމުނީ

    21
    4
  3. ބަބޫ

    ވިޔަފާރީގެ އާ ޕްރޮޑަކްޓެކޭ ޖަހާބަލަ

    23
    3
  4. ހިތާމަ

    ކޮންމެ އެއްޗެއް ފެތުރުނަސް އަހަރެމެންގެ ދަރިން ސްކޫލަށް ގެނެދަން ޖެހޭނެ ބައްޔާއެކު އުޅެން.. ހުރިހާ ކްލާސްތަށް އެއްކޮށްލިޔަސް ދެތިން ކުދިން ތިބެނީ ޓީޗަރަކު ނެތި ފިލާވަޅެއް ނުލިބި ގެއަށް އަންނަން ޖެހެނީ ސަޅާމަތުން ތިބި ކުދިންވެސް ބައްޔަށް ހުށަހެޅެނީ... މިގޮތަށްތަ ބައްޔާއެކު އުޅެނީ

    15
  5. މީޒްލީ

    ޕްލީސް ސްޓޮޕް ސޭމް އޯލްޑް އިސްޓޯރީ، ބާރުގަދަ، އަވަހަށް ފެތުރޭ، ޕީކް، ބޮޑު ރާޅު މިހެން ގޮސް ކިޔާނެ ކަމެއްނެތް ، ތިޔަ ވިޔަފާރި މިހާރު ވައިގަ ހިފައިގެން ގޮސް، ނިކަމެތި ފަގީރުން ބައެއް މަރުވެ، ތިބިބަޔަކު ހަފުސްވެ ނިމިއްޖެ. ތިޔައެއްޗަކާއި ހެދި، ބަލިއެއް ނެތެކޭއެށް ނޫން އެކަމަކު ތިޔައެއްޗަކާއި އެކީ އުޅެން ދަސްކުރަންވީ، ތިޔައެއްޗަކާއިގެން މުޅި އުމުރު ދިރިތީން ކިހިނެތް ކުޅޭނީ، ތާއަބަދު މޫނުގައި ފޮތި އޮޅައިގެން! ބޯހަލާކް

    16
    5
  6. ގޮޅާ

    ނިއު ޕްރޮޑަކްޓް އެލާޓް

    4
    2