އިންޑިއާގެ އޮޑިޝާ ބޮލާގިރް ޑިސްޓްރިކްޓުގެ ޕަޓްނަގަރުގައި ބޭއްވި ކައިވެނި ހަފްލާއެއްގައި ހަދިޔާއެއްގެ ގޮތުގައި ބޮމެއް ދީފިއެވެ.
އެ ބޮން ދީފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އޮތް ސޯމްޔާ ސޭޚަރު އަދި ރީމާ ސާހިރުގެ ކައިވެނީގެ ހަފްލާފައެވެ. ބޮން ހަވާލުކުރި މީހާ އަކީ ކާކުކަމެއް ނޭނގޭ އިރު ބޮން ގޮވާފައިވަނީ މިހަފްތާގެ ހުކުރު ދުވަހު އެ ޕާރުސަލު ކެނޑުމަށް ސޯމްޔާ މަސައްކަތް ކުރުމުންނެވެ.
އެހާދިސާގައި ސޯމްޔާއާއި ސޯމްޔާގެ މާމަ ވަނީ މަރުވެފައެވެ. އޭނާގެ މާމަ ވަގުތުން މަރުވި އިރު ސޯމްޔާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައެވެ. ސޯމްޔާގެ އަންހެނުން ރީމާ އަށްވެސް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އޭނާއަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
އެގައުމުގެ ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އަދި މިހާތަނަށް އެ ޕާރުސަލް ދިނީ ކާކު ކަމެއް ދަނެގަނެވިފައިނުވެއެވެ.
އެހެންވާނީ ބިޓު އެހެން މީހަކާ އިނީމަ
ގެރި ސިކުނޑި، ގެރިއަށް އަޅުކަންކޮށް، އަންހެނުން ރޭޕްކުރާ، އަމިއްލަ ޤައުމުގެ ކަންކަން ހައްލު ނުކުރެވެންޏާ މޯދީ އިސްތިއުފާ ދީފަ މަހައްދޭބަލަ....