ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާޅުވީ ފަހުން ފުރަތަމަ ފަހަރަށް އަފްޣާނިސްތާނުގެ ޔުނިވާސިޓީތައް ހުޅުވައިފިއެވެ.

އަފްޣާންގެ ޔުނިވާސިޓީތައް ހުޅުވާލިއިރު، އަންހެން ދަރިވަރުން ވެސް ދަނީ ޔުނިވާސިޓީއަށް ހާޒިރުވެ، ކިޔަވަމުންނެވެ. ތާލިބާން ސަރުކާރުން ޔުނިވާސިޓީގެ އަންހެން ދަރިވަރުންނަށް ހާއްސަ ޕްލޭނެއް ހާމަކޮށްފައެއް ނުވި ނަމަވެސް، އެޑިއުކޭޝަން އޮފިޝަލުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކްލާސްތަކަށް ވަނުމުގެ ހުއްދަ އަންހެން ދަރިވަރުންނަށް ދީފައިވަނީ ފިރިހެން ދަރިވަރުންނާ ވަކިވުމަށް ޝަރުތު ކުރުމަށް ފަހު ކަމަށެވެ.

ސަރުކާރުގެ ބޮޑު ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ނަންގަރްހާރް ޔުނިވާސިޓީގައި ވަކި ދޮރަކުން އަންހެން ދަރިވަރުންތަކެއް ވަންނަ މަންޒަރު ފެނުނު ކަމަށް ރޮއިޓާސް އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ތާލިބާނުން ވަނީ އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމު ހާސިލުކުރުން މަނާކޮށްފައެވެ. އެ ޖަމާއަތުން ބުނަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އަލުން ވެރިކަމާއި ހަވާލުވެ، އަންހެން ކުދިންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކުގައި އަންހެން ދަރިވަރުންނަށް ސާނަވީ ތައުލީމް ހާސިލް ކުރަން ސްކޫލަށް ދިއުމުގެ ފުރުސަތުވެސް ނުދެއެވެ.

ބައެއް އަމިއްލަ ޔުނިވާސިޓީތައް އަލުން ހުޅުވި ނަމަވެސް، އަންހެން ދަރިވަރުންނަށް އެތަންތަނަށް ހާޒިރުވެ ތައުލީމް ހާސިލްކުރުުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އަންހެން ކުދިންނާއި އަންހެނުންގެ ތައުލީމު އުނގެނުމަކީ އެ ޖަމާއަތުގެ ޑިމާންޑްތަކުގެ މައިގަނޑު އެއް ބައި ކަމަށް ހަދާފައެވެ. މިގޮތަށް ތާލިބާނުން އަމަލު ނުކުރާކަމަށް ބުނެ ބޭރުގެ އެހީތައް ވެސް ވަނީ ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަލް

    އެކަމު ތާލިބާން ގޯސްކުރާނެ މިމީހުން... އެމީހުން އެންމެ ކުރިންވެސް ބުނަމުން އައީ މުޖުތަމައުގެ ސެކިއުރިޓީ ވަކިމިންވަރަކައް ރަނގަޅުވެލީމަ ހުއްދަދޭނެކަމައް.

    6
    2
  2. ފައުސް

    ރާއްޖޭގެ ނޫސްތަކުންވެސް މި ގެންގުޅެނީ ވެސްޓަރން ނެރަޓިވް. އެހެންތާވާނީވެސް ދިރާސާއަކާއި ނުލާ ހުޅަނގުގެ ނޫސްއެޖެންސީތަކުގެ ޚަބަރު ރޮލާ ތަރުޖަމާކޮއްފަ މިޖަހަނީވިއްޔާ.

    7
    2
  3. ނުރަބޯ

    އެމެރިކާއިން ލާރިގަނޑު ދޭތޯ ޖައްސާ ގޭމެއްތީ. ތި ބައިނގަނޑު އަންހެނުންނަށް ހެވެއް ނޭދޭނެ.

    5
    3
  4. ގައިދުރު

    ފުރިހަމސަރިޔާ.ކާފަރުންނަށް ވިސްނޭނެ ނަމަ ދޯ

    5
    1
  5. Anonymous

    އަފުޣާނަކީ ބަރާބަރު ތަނެއް. އެތަން ފަސާދަކޮށްގެން އުޅުނީ އެމެރިކާ މީހުން. އެއީ އިސްލާމްދީނާމެދު މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދައި މުސްލިމުންގެ އަގުވައްޓާލަން ކުރި ކަމެއް. އެމެރިކާ މީހުންނަށް ކާމިޔާބު ނުލިބުނީމާ އަފުޣާނިސްތާނުން ފޭބީ. އެމެރިކާ އަކީ ވަރަށް މަކަރުވެރި ކަންތައް ކުރާ ގައުމެއް. އައިސިސް އަކީ ވެސް އެމެރިކާގެ އުފެއްދުމެއް.

    7
    2