ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ދާދި ދެންމެޔަކު ލާހޫރް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ހަބަރުތައް ބުނާގޮތުގައި ނަވާޒް ޝަރީފް އާއި ދަރިކަނބަލުން ދަތުރުކުރެއްވި ފްލައިޓް ލާހޫރް އެއާޕޯޓގައި ޖެއްސުމުން ގިނަ އަދަދެއްގެ ފުލުހުން ފްލައިޓަށް އަރާ އެދެބޭފުޅުން ފިޔަވާ އެންމެން ފްލައިޓުން ފައިބަން އެންގިއެެވެ.

އެއަށްފަހު ޕާސްޕޯޓް ހިފަހައްޓާފައި ގޮވައިގެން ދިޔައީ ހަޖް ލޯންޖަށެވެ.

ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ހައްޔަރުކުރުމުން ނަވާޒަށް އަށް ތާއީދު ބޮޑު ލާހޯރު ސިޓީގެ އެތަށް ހާސްބަޔަކު ވަނީ މަގުތަކަށް ނިކުމެފައެވެ.

ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ހައްޔަރު ކޮއްފައިވަނީ އެ ދެބޭފުޅުން އަވަހަށް ހައްޔަރުކުރާނެކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ޕާކިސްތާނުގެ ކޯޓަކުން ވަނީ ކޮރަޕްޝަން މައްސަލަ ސާބިތުވެ ނަވާޒް ޝަރީފު 10 އަހަރަށް އަދި މަރިޔަމް ނަވާޒް 7 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. ނަމަވެސް މި ހުކުމް އިއްވިއިރު، އެދެބޭފުޅުންވެސް ތިއްބެވީ ގައުމުން ބޭރުގައެވެ.

އުމުރުން 68 އަހަރުގެ ނަވާޒް ޝަރީފް، އާއި ދަރިކަނބަލުން ހައްޔަރު ކުރުމުގެ އޮޕަރޭޝަނަށް ލާހޫރުގައި ވަނީ 10،000 ސިފައިން އެއާޕޯޓް ސަރަހައްދަށް ނެެރެފަ އެވެ.

ހައްޔަރު ކުރުމުގެ ކުރިން ލަންޑަނުން ދުބާއީ އަށް ވަޑައިގެންނެވި ބޯޓުގައި އިންނަވާ ވީޑިއޯ މެސެޖެއް މެދުވެރި ކުރައްވައި ނަވާޒް ޝަރީފް ވިދާޅުވީ އެއާޕޯޓުން ގެންދާނީ ސީދާ ޖަލަށްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ޕަކިސްތާނުގެ މުސްތަގްބަލަށާއި ކުރިއަށް އޮތް ޖީލަށްޓަކައި ވެވަޑައިގަންނަވާ ގުރުބާނީ އެއްކަމަށް ވެސް ވިދާޅުވިއެވެ.

ފުރާވަޑައިގެންނެވުމުގެ ކުރީން ނަވާޒުގެ އަނބިކަބަލުން މަރިޔަމް ވަނީ ޓުވީޓެއް ކުރައްވާފައެވެ. އެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އަނިޔާ އާއި ނާ އިންސާފުގެ ކުރިމަތީގައި ހިތްވަރު ގަދަ ކުރުމަށް އޭނާ ކުދީން ގާތު ބުންޏެވެ. ނަމަވެސް ކުދީން ވާނީ ކުދީންނަށް ކަމަށް އޭނާގެ ޓުވީޓުގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިގައުމުގެ ނަވާޒުވެސް އަދި ހައްޔަރުކުރެވޭނެ ދުވަސް އަންނާނެ... އިންޝާﷲ

    • Anonymous

      ޖަލަށް ހުކުމް ކޮށްފަ އޮންނާނީ. އެކަމަކު ވަގުކަލޭގެ ފިލައިގެން އުޅެނީ.

  2. ތިމަންނަ

    ތޭރާ ކިޔާ ހޯގާ ކައްޕީ؟

    • މަރިއްތަ

      ވަހީ ހޯގާ ޖޯ މަންޒުރޭ ޚުދާހޯގާ.

  3. ޝިދާތާ

    މި ގައުމުގަ ވެސް އުޅުނު އެކަހލަ ވަގެއް

    ބެދު ބަދައިގަ ރިއްސާވަރުން ތެޔޮ ދަމަން ގޮސްވީ

  4. އެޑަން

    ދެންއޮތީ މިޤައުމުގެ ނަވާޒު ވާނެގޮތްވެސް ނެގޭ ގަދަބާރުން އުޅެވިވާނެ ދުވަސް ކޮޅަކު ވަގުތު ޖެހުނީމަ ވާނި މިހެން އިންޝާﷲ