އިސްރާއިލުން ހަނދަށް ޖައްވީ އުޅަނދެއް ފޮނުވަން ނިންމައިފިއެވެ.

އިންސާނަކާއި ނުލައި ޖައްވީ އުޅަނދެއް ހަނދަށް އުދުއްސާލުމުގެ މަސައްކަތް ކުރަނީ އިސްރާއީލުގެ ދިދައެއް ހަނދުގައި ޖެހުމަށް ކަމަށް އެ ގައުމުން ބުނެއެވެ.

88.5 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އިސްރާއީލުގެ ކުންފުންޏެެއް ކަމަށްވާ ސްޕޭސް އެލް އިން އުފެއްދި ޖައްވީ އުޅަނދު ހަނދަށް ތިރި ކުރާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އިސްރާއީލުގެ މިކަން ކާމިޔާބު ވެއްޖެ ނަމަ އެ ގައުމު ވާނީ ހަނދަށް އުޅަނދެއް ޖެއްސި ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން ސޯވިއެޓް ޔޫނިއަން، އެމެރިކާ އަދި ޗައިނާގެ ޖައްވީ އުޅަނދުތައް ވަނީ ހަނދަށް ފޮނުވާފައެވެ.

އިސްރާއީލުން މިމަސައްކަތް ފަށާފައިވާއިރު އެމެރިކާގެ އެސްޓްރޮނޯޓުން އަލުން ހަނދަށް އަދި އޭގެ ފަހުން މިއްރީޚް (މާސް) އަށް ފޮނުވުމުގެ މަސައްކަތް ކުރުމުގެ ހުއްދަ، އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދާދިފަހުން ދީފައެވެ.

ހަނދަށާއި މިއްރީޚަށް އިންސާނުން ފޮނުވޭނެ ފަދަ ޖައްވީ ޕްރޮގްރާމެއް ފެށުމަކީ ޓްރަމްޕްގެ ރިޔާސީ ކެމްޕޭންގައި ދެއްކިި ވާހަކައެކެވެ.

ހަނދުގައި މިހާރުވެސް އެމެރިކާގެ ދިދަ އާއި އެސްޓްރޮނޯޓުންގެ ފިޔަވަޅުތައް އަދިވެސް އެގޮތަށް އެބަ ހުއްޓެވެ. އޭގެ އިތުރުން އެސްޓްރޮނޯޓުން ބޭނުންކުރި ބައެއް ސާމާނުތައް ވެސް ވަނީ ހަނދަށް ދޫކޮށްލާފައެވެ. އެއީ އެމެރިކާގެ ޖައްވީ ހޯދުމުގެ މުހިންމު ނިޝާންތަކެކެވެ.

ޖަޕާން ,ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު ނާސާ އާއި އެ ނޫން ވެސް ޖައްވީ އިދާރާތަކުން އަންނަނީ 2030ގެ އަހަރުތައް އަންނަންވާއިރަށް މިއްރީޚަށް އެސްޓްރޮނޯޓުން ފޮނުވަން ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ހަނދަށް ދިއުމުގެ ގާބިލުކަން ލިބިފައި ހުއްޓަސް ކުރަންޖެހޭ ހަރަދާއި އަޅާ ބަލާ އިރު އިންސާނުން ހަނދަށް ފޮނުވުމަކީ ހަގީގަތުގައިވެސް ބޭކާރު ކަމެކެވެ. ސަބަބަކީ އިންސާނުންގެ ފުރާނަ ގުރުބާން ނުކޮށްވެސް މިހާރު ހަނދުގެ ދިރާސާތައް ކުރެވެން އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައިނީ

    އަވަހަށް ތިކަމަށް ގައުމުތަކުން ތާއީދް ކޮށް ހަރަދުކޮށް ތިބާގަޑު އާއި އާއްޖޭގެ އުޅޭ ތިބާގަޑަށް ވާގިވެރިވާ ޕާޓީގަޑުވެސް ފޮނުވާލާ

  2. ފޭކޭ

    ހުސްދޮގު. ހަނދަށް ދިޔަވާހަކައަކީ ބުހުތާންދޮގު...

    އަޅެފަހެ ހަނދުގައި ފައިގެ ފިޔަވަޅުވެސް އެބަހުއްޓޯ އޭރު ހުރިފޮތަށް... އެއީ ޗަކަ ބިމެއްތަ؟

    މިއެމެރިކާ މިއީ އެހެންޤައުމުތަކަށްވުރެ މާމޮޅު ބައެއްކަން ދައްކަންވެގެން ދެއްކިވާހަކައެއް އެއީ.. ދެން އެކަން (ހަނދަށް ދިޔުން އެއީ ވާނެ ކަމެއްނޫންކަން ރަޝިޔާއަށްވެސް އެނގޭ ހިސާބުން ރަޝިޔާވެސް އެހެން ޤައުމުތަކުންވެސް ހަނދަށް ދިޔަ ކަމުގެ ޝަރަފު ދޭން ޖެހުނީ.. ނޫންނަމަ ބޮޑު ލަދެއްގަ ބެދި ދުނިޔެއަށް ބޭޒާރުވާނެތީ...
    އެއްވެސް އިންސާނެއް ހަނދަށް ވެސް މާސް އަށްވެސް ނޫނީ އެހެން އެއްވެސް ޕްލެނެޓަކަށް ނުދޭ... މި މީހުންގެ ދޮގުގައި ބެދިގެން މީހުން އުޅުނަސް އެއީ އަދި މިހާހިސަބަށް އިންސާނަކަށް ވީ ކަމެއްނޫން...

    ރަސޫލުކަމަށް ދައުވާ ކުރުމަކީ އެކަމާ ހުރިހާ މުސްލިމުންވެސް އެއްފަހަރާ ދެކޮޅުހަދާނެ ކަމެއް. ޤުރުއާނުގެ އަލީގައި ސާފުކޮށް އެބައޮތް އެގެން.. އެހެންވެ މިފަދަ ދޮގުވެރިންނަށް އެފަދަކަމެއް ކޮށްގެންވާނެ ބޭޒާރު އެނގޭތީ މިހާރު އެކަންތައް ދޫކޮާށް މިއުޅެނީ އެހެން ގޮތްގޮތުން އިންސާނުން މަގުފުރައްދާ އޮޅުވާލަން...

    ހަނދަށް ދިޔައޭ ބުނުމުން އެއަށް ސީދާ ޖަވާބެއް ދޭން ޢިލްމުވެރިންނަށްވެސް މާފަސޭހަކަމަކަށް ނުވާތީ ... އެދޮގާމަކަރުހަދައިގެން އޭގެ މަތީގާ އެހެން އިންސާނުންނަށްވުރެ މާ މަތީ ބަޔަކަށްވެގެން މިތިބެނީ...
    ހަމަ ހުސްފޭކް..

    އިތުރު ދުނިޔެއެއް ފެނޭތޯއޭެ ކިޔައިގެން މައިގަނޑުގޮތެއްގައި މިކުރާކަމަކީ އެހެން ޤައުމުތަކަށް ޖާސޫސްކުރުން.. އެހެން ޤައުމުތަކުގެ މައްޗާސް އިސްވެ އޮވެ ބާރާ ހައިބަތުދެއްކެން އޮތްގޮތަކަށްދައްކާ މީހުން ޖެހިލުންވާނޭ ގޮތް ދެއްކުނަވެސް ހިމެނޭ..

    އެކަމަކު އެމީހުންގެ މިހުރިހާ މަސައްކަތެއްވެސް ޘާބިތު މުސްލިމުންގެ ކުރިމަތީގައި އެކައްޗަކަށްވެސް ނުވޭ...

    • ލަބީބު

      ??‍♂️

      1
      1