މި އަހަަރު ފެންނާނެ ފުރަތަމަ ހަނދުކޭތަ މާދަމާ ރޭ ރާއްޖެ ހިމެނޭ ގޮތަށް ބޮޑު ސަރަހައްދަކަށް ފެނިގެން ދާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

ހަނދުކޭތަ ހިފަން ފަށާނީ، މާދަމާރޭ ރާއްޖެ ގަޑިން 20:14 ހާއިރުއެވެ. ކޭތަ އެންމެ ފުރިހަމަވެ ފެންނާނީ ރާއްޖޭ ގަޑިން 22:22 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 00:31 ގައެވެ.

މި ހަނދު ކޭތަ ރާއްޖެއަށް ފެންނައިރު، މި ކޭތަ 4 ގަޑިއިރާއި 18 މިނިޓަށް ދިގު ދެމިގެންދާނެއެވެ.

މާދަމާ ރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ އިތުރުން އެހެން އޭޝިއާގެ ބައެއް ގައުމުތަކަށާއި، ޔޫރަޕްގެ ބައެއް ހިސާބުތަކުގެ އިތުރުން، އެފްރިކާ އޮސްޓްރޭލިއާއަށް ވެސް ފެންނާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ހަނދު ކޭތަ ހިފަނީ ދުނިޔެ އޯބިޓް ކުރުމުގެ ތެރޭގައި ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝާހިދު

    ކޭތަ ނަމާދު ގެ މައުލޫމާތާއި ކުރާނެ މިސްކިއްތަށް ޖަހާލި ނަމަ ހާދަ ފުރިހަމަ ވީސް ކަމަށް ބެލެވެއެވެ.

    • ފާނަ

      އަސްލުވެސް އެހެންވެ އަވަހަށް ކިޔާލި ެލީވެސްމި

  2. ޕީޖީ

    މައުމޫނުގެބަހެއް ނެތްތަ؟