ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނަށް އެކިގޮތައް ކަންތައް ކުރާ ވާހަކައާއި ހަމަހަމަ ހައްގުތައް އެންމެނަށް ނުލިބޭ ވާހަކައަކީ އާވާހަކައެއް ނޫނެވެ. މިއަދު ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމާއިއެކު ހަނގުރާމަ ހުއްޓުވަން މުޅި ދުނިޔެ އިން ވަނީ މަސައްކަތް ފަށާފައެވެ. ނަމަވެސް ފަލަސްތީން، އިރާޤު، އަފްޣާނިސްތާން، ސީރިއާ، ޔަމަން ފަދަ ގައުމުތަކުގައި ކޮންމެ ދުވަހަކު ހަނގުރާމައިގެ ހާލަތުގައި އޮންނަ އިރުވެސް އެކަން ދުނިޔޭގެ ލީޑަރުންނަށް މާބޮޑު ކަމަކަށް ނުވެއެވެ.

ޔޫރަޕުން ގެންގުޅޭ ތަފާތު ކުރުމުގެ ސިޔާސަތުގެ އިތުރު މިސާލެއް ފެންނަން އޮތީ ރެފިއުޖީންނާއި މެދު ކަންތައްތައް ކުރަމުން އަންނަ ގޮތުންނެވެ. މިއަދު ޕޮލެންޑުން ވަނީ އެގައުމުގެ ބޯޑަރުގެ ނުވަ ސަރަހައްދަކުން ޔޫކްރޭންގެ ރެފިއުޖީން ގައުމަށް ވަނުމުގެ ފުރުސަތު ދީފައެވެ. ޕޮލެންޑުން ބުނާ ގޮތުގައި މިއީ ހަނގުރާމައިގެ ހާލަތުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން އަންނަ މީހުންނަށް އިންސާނިޔަތައްޓަކައި ފޯރުކޮށްދޭ އެހީތެރިކަމެކެވެ.

ނަމަވެސް ޕޮލެންޑްގެ މިއިންސާނިއްޔަތުކަން މީގެ ދެތިން މަސްދުވަސް ކުރިން ވެސް ނުފެނުނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ޕޮލެންޑްގެ ފުލުހުން ހަތިޔާރާއިއެކު ކުރިމަތިލީ މެދުއިރުމަތިން ޔޫރަޕަށް ހިޖުރަކުރަން މަސައްކަތް ކުރަމުން ދިޔަ ރެފިއުޖީންނާއިއެވެ.

ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެފައި ތިބި 4000 އަށް ވުރެ ގިނަ ރެފިއުޖީން ޔޫރަޕަށް އެތެރެވުން ހުއްޓުވަން ޕޮލެންޑުން ކަރުނަގޭހާއި ލީތަލް ހަތިޔާރު ބޭނުންކުރިއެވެ. ޕޮލެންޑްގެ ބޯޑަރު ކައިރިއަށް ޖަމާވި ގިނަ ރެފިއުޖީންނަކީ އަފްޣާނިސްތާން، ޔަމަން އަދި ސީރިއާ އަށް ނިސްބަތްވާ މުސްލިމުންނެވެ.

ހަތިޔާރު ބޭނުންކޮށްގެން ރެފިއުޖީންނާއި ޕޮލެންޑްގެ ފުލުހުން ކުރިމަތިލިއިރު އެމީހުން ތިބީ ގަދަ ފިނީގައެވެ. ފިނިން ރައްކާތެރިވާނެ ގޮތެއް އޭރު އެމީހުންނަކަށް ނެތެވެ. އޭގެ އިތުރުން ކައިބޮއެ ހަދާނެ އެއްޗެއް ވެސް އެމީހުންގެ އަތުގައި ނެތެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ޕޮލެންޑްގެ ފުލުހުން ސަމާލުކަން ނުދީ ބޯޑަރު ކައިރިން ފެފިއުޖީން ފައްސާލީއެވެ.

މިއަދު ޔޫކްރޭނާއި ދެކޮޅަށް ރަޝިއާ އިން ފެށި ހަނގުރާމައަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނު މިންވަރު ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ މީޑިއާތަކަށާއި ގައުމުތަކުގެ ލީޑަރުންނަށް ވެސް އަމާޒުވެފައެވެ. ސަބަބަކީ މީޑިއާތަކުންނާއި އަދި ގައުމުތަކުގެ ލީޑަރުން ވެސް ގެންގުޅޭ ތަފާތުކުރުންތައް ބޮޑުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާލަމް

    varaSq furuhama liyumeSq. CUkuriwqyA liyunq ތެރިޔާއަށް

  2. ހުސޭނުބެ

    ތިހެންވެސް ވަނީ ސަބަބުތަކެއް ނެތިއެއް ނޫން. މުސްލިމުން އަރާ ކޮންމެތަނެއްގަ ހަމަނުޖެހުން އުފައްދާ ތަންތަން ގޮއްވަން އުޅޭތީ ވާގޮތް ތީ.

    1
    12
    • ކާކު

      ބަރާބަރު ވާހަކަ އެއް، ޔޫރަޕް ގެ ޖާހިލް ގައުމުތައް ފަނާވެ ،މުސްލިމުންގެ ވެރިކަމެއް ދުނިޔޭގައި ލައްވާށި، އާމީން

      1
      1
    • މުސްލިމު

      މުސްލިމުން ނޫޅޭ ތިބުނާ ގޮތަކަށް،
      މުސްލިމުންބަދުނާމު ކުރަން ކާފަރުން ކުރާ ކަނކަން އެއީ

  3. އަޙްމަދް

    ޕޮލެންޑްގެ ބޯޑަރު ކައިރިއަށް ޖަމާވި ގިނަ ރެފިއުޖީންނަކީ އަފްޣާނިސްތާން، ޔަމަން އަދި ސީރިއާ އަށް ނިސްބަތްވާ މުސްލިމުންނެވެ.
    ހަތިޔާރު ބޭނުންކޮށްގެން ރެފިއުޖީންނާއި ޕޮލެންޑްގެ ފުލުހުން ކުރިމަތިލިއިރު އެމީހުން ތިބީ ގަދަ ފިނީގައެވެ. ފިނިން ރައްކާތެރިވާނެ ގޮތެއް އޭރު އެމީހުންނަކަށް ނެތެވެ. އޭގެ އިތުރުން ކައިބޮއެ ހަދާނެ އެއްޗެއް ވެސް އެމީހުންގެ އަތުގައި ނެތެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ޕޮލެންޑްގެ ފުލުހުން ސަމާލުކަން ނުދީ ބޯޑަރު ކައިރިން ފެފިއުޖީން ފައްސާލީއެވެ.
    ——————————————————-
    މީ އެބުނާ ހަމަހަމަކަމާއި އިންސާފާއި އިންސާނިއްޔަތުކަން ގިރައިގެން ބޯއިގެން ތިބި ޔޫރަޕް ދޮންމީހުންގެ އޯގާތެރިކަމާއި ހަމަޔަ އިންސާފުގެ ކުޑަކުޑަމިންވަރެކޯލަޔެއެވެ!

  4. ގައިދުރު

    ސައުދީން ހެދީ ކިހިނެއްބާ

    1
    2
  5. ހިޗޭ

    ޕޮލަންޑަކީ އެކަހަލަ ގައުމެއް. މީގެ ހަތަރުފަސްއަހަރުކުރިން މިރާއްޖޭގައި ހުރި އަވަށްޓެރި ގައުމެއްގެ ޑިޕްލޮމެޓަކު އިނދެގެން އުޅުނީ ޕޮލަންޑު އަންހެނަކާ. އެ އަންހެންމީހާ އޭނާގެ ރައްޓެހި ޖަސްޓީނާ ކިޔާ ޕޮލަންޑު ޒުވާން އަންހެނަކު މިރާއްޖެ ގެނެސްގެން ދިރާސާ ކުރުމުގެ ނަމުގައި ރާއްޖޭގެ ބައެއް އަންހެންކުދިންގެ ވިސްނުމާ އަގީދާޔާ ކުޅެ، އެހެން ކުޅުން ތަކަށްވެސް އެކުދިން ވެއްދިކަން ދަންނާނެ ބަޔަކު މިރާއްޖޭގައި ތިބޭނެ