ގޫގުލް މެޕުން ފަސްތަރީގެ ރޭޓް ހޯދަމުން އަންނަ ޕޮލެންޑުގެ ބުޅަލަކަށް ޓޫރިސްޓުންގެ ސަމާލުކަން ލިބިއްޖެއެވެ.

"ގެސެކް" ނަމަކަށް ކިޔާ ކަޅާއި ހުދު ކުލައިގެ ބުޅަލެއް ދެކިލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން ޕޮލެންޑަށް ޒިޔާރަތްކުރެއެވެ. މި ބުޅަލަކީ ބަންދުކޮށްގެން ގެންގުޅޭ އެއްޗެއް ނޫނެވެ. ބުޅާ ދޫކޮށްފައި އޮތް ނަމަވެސް އޮޅުކަމުން އެބުޅާ ނުގެއްލެއެވެ.

ޕޮލެންޑު މީހުން ބުނާ ގޮތުގައި "ގެސެކް"ގެ މާނައަކީ ކަންފަތް ތޫނު ވާލެވެ.

މީޑީޔާ ރިޕޯޓްތައް ބުނާގޮތުން 2020 ވަނަ އަހަރު ޔޫޓިިއުބަށް ލި ވީޑިއޯއަކުން މަޝްހޫރުކަން ހޯދި މި ބުޅަލަށް ގިނަ ބެލުންތެރިންގެ ސަމާލުކަން ލިބި އެވީޑިއޯއަށް 4.5 މިލިޔަން ވިއުސް ވަނީ ލިބިފައެވެ. އޭގެ ފަހުން އެބުޅާ ދެކިލުމަށް 3 ގަޑިއިރުގެ ދިގު ދަތުރެއް ކުރުމަށްފަހު ޕޮލެންޑަށް ޒިޔާރަތް ކުރި ޓޫރިސްޓަކު ބުނާ ގޮތުން އެބުޅާ ދެކިލުމަށް މިއީ އަދި ކުރު ދަތުރެކެވެ.

ބައެއް ޓޫރިސްޓުން ބުނާގޮތުގައި އެބުޅާ އެހާ ލޯބިކޮށް އޮންނަނީ ފަލަވީމައެވެ. އަދި އެބުޅަލަކީ މީހުންނާއި ގުޅޭ ވަރަށް މަޖާ ބުޅަލެއްގެ ގޮތުގައި ޓޫރިސްޓުން ސިފަކުރެއެވެ. ބުޅާ ދެކިލުމަށް ގޮސް އަތްލައި ފޮޓޯ ނަގައި ހެދިޔަސް އެޔަށް އެއްވެސް އެއްޗެއް ކާން ނުދިނުމަށް ވެރިފަރާތުން އޮންނަނީ އަންގާފައެވެ.