ޕޮލޭންޑުގެ އަންހެނަކު އެއްމާބަނޑު 5 ކުދިން ވިހައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި 7 ކުދިންގެ މަންމައެއް ކަމަށްވާ ޑޮމިނިކާ ކްލާކް މީހާ އިތުރު ފަސް ކުދިން ވިހާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

ވިހެއުމަށްފަހު، އަންހެން މީހާ ބުނެފައިވަނީ ހީކުރި ވަރަށްވުރެ އޭނާގެ ހާލު ރަނގަޅު ކަމަށާއި އަދި ވަރަށް ވެސް އުފާވާ ކަމަށެވެ. އޭނާ ބުނެފައިވަނީ އެމީހުން އުއްމީދު ކޮށްގެން ތިބީ 8 ވަނަ ދަރިއަކަށް ކަމަށާއި ނަމަވެސް ފަހުން ލިބިގެން ދިޔައީ ހައިރާން ކަމެއް ކަމަށެވެ.

އޭނާ ވިހާފައިވަނީ ބަނޑަށް 29 ހަފްތާއިން ސިޒޭރިއަން ހަދައިގެން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. 29 ހަފްތާއިން ކުދިން އުފަންވެފައިވާތީ އެކުދިންނަށް އޭރު ފަރުވާ ދެމުން ގޮސްފައިވަނީ ވެންޓިލޭޓަރުގައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާއަށް ލިބިފައިވަނީ ތިން އަންހެން ކުދިންނާއި 2 ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން އަންހެން ކުދިންނަށް ކިޔާފައިވަނީ އަރިއާނާ ޑެއިޒީ، ޗާލްސް ޕެޓްރިކް، އެލިޒަބަތް މޭއި، އެވަންޖެލީން ރޯސްއެވެ. ފިރިހެން ކުދިންނަށް ކިޔާފައިވަނީ ހެންރީއާއި ޖޭމްސްއެވެ.

ޕޮލޭންޑުގެ އަންހެނަކު އެއްމާބަނޑު 5 ކުދިން ވިހާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ އަންހެނަކު ވެސް ވަނީ އެއްމާބަނޑު ފަސް ކުދިން ވިހާފައެވެ.