ރަޝިޔާގެ އަސްކަރިއްޔާގެ ކޮމާންޑަރަކު މަރާލާފައިވާ ކަމަށް ޔޫކްރޭންގެ ސަރުކާރުން ބުނެފިއެވެ.

މަރާލާފައި ވަނީ ރަޝިޔާގެ އިރުމަތީ އަސްކަރީ ޑިސްޓްރިކްޓްގެ 29 ވަނަ އަސްކަރިއްޔާގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަންދްރޭ ކޮލެސްނިކޯވްއެވެ. އޭނާ މަާރާލުމަކީ "އުފާވެރި ޚަބަރެއް" ކަމަށް ޔޫކްރޭންގެ އޮފިޝަލަކު ވަނީ ސިފަކުރައްވާފައެވެ.

އަންގާރަ ދުވަހު ޚަރްކިވްގެ ކައިރީގައި ހަމަލާތައް ބަދަލު ކުރުމުގެ ތެރެއިން ރަޝިޔާގެ މޭޖަރ ޖެނެރަލް ވިޓަލީ ގެރަސިމޯވް މަރާލި ކަަމަށް ޔޫކްރޭނުން ބުނެފައިވީނަމަވެސް، މިކަން އަދި ރަޝިޔާއިން ކަށަވަރުކޮށް ނުދެއެވެ.

މިއީ ރަޝިޔާގެ ޖެނެރަލަކު މަރާލި ކަމަށް ޔޫކްރެއިންއިން ބުނާ ފުރަތަމަ ފަހަރެއް ނޫނެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރާލީ ރަޝިޔާގެ އެހެން އޮފިސަރުންނާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕުޓީން

    ރަޝިޔާ މުޅިން ތިޔަ ބަކިލީ. ދެން ކޮމާންޑަރަކު ނުލާކިހިނެތް މިކަން ކުރާނީ.

    7
    2