ބެލަރޫސް އިން މިރޭ ޔޫކްރޭނަށް ހަމަލާތައް ދޭން ފަށާފާނެ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެފިއެވެ.

ބެލަރޫސް އަކީ ޔޫކްރޭނާއި އެއްއިންވެގެން އޮންނަ ގައުމެކެވެ. ރަޝިއާ ސިފައިން ޔޫކްރޭންގެ ދެކުނަށް އަރާފައި ވަނީ ވެސް ބެލަރޫސް ހުރަސްކޮށެވެ. ބެލަރޫސް އިން ރަޝިއާ އާއި ގާތް ގުޅުމެއް ބާއްވައެވެ.

ޔޫކްރޭނުން ބުނީ މިރޭ ދެގަޑިއިރު ފަހުން ބެލަރޫސް އިން ޔޫކްރޭނަށް ހަމަލާތައް ދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ބެލަރޫސް އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފަށައިފިނަމަ އެއީ ހާލަތު ގޯސްވެގެން ހިނގައިދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ. މިހާތަނަށް ވެސް ހާލަތު ކުރިން ހީކުރިވަރަށް ގޯސްނުވެ އޮތް އެއްސަބަބަކީ ރަޝިއާ އާއި ޔޫކްރޭން ފިޔަވައި އެހެން ގައުމުތަކުން މިހަނގުރާމައިގެ ތެރެއަށް ނުވަނުމެވެ. ނަމަވެސް ބެލަރޫސް އިން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެއްޖެނަމަ ހާލަތު ބަދަލުވެގެން ހިނގައިދާނެއެވެ.

ރަޝިއާ ސިފައިން ދަނީ މިހާރު ވެސް ޔޫކްރޭންގެ ގިނަ ސިޓީތަކަކަށް ހަމަލާތައް ދެމުންނެވެ. ރަޝިއާ ސިފައިން މިހާރު އެންމެ ބޮޑަށް ތައްޔާރުވަމުން ދަނީ ޔޫކްރޭންގެ ވެރިރަށް ކިއޭވް ހިފުމަށެވެ. ކިއޭވް އާއި ވަރަށް ކައިރިއަށް ރަޝިއާ ސިފައިން މިހާރު ވަނީ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހެޔޮނުވާނެދޯ
    ތިޔަ ހަނގުރާމަ ހުއްޓާލާ
    މިހާރުވެސް އެތަން ސުންނާފަތި ވެފައިއެއޮތީ
    މުޅި ދުނިޔެއަށް ތިޔަ ކަމުގެ ސަބަބުން ދަތިތައް ކުރިމަތިވަާނެ