ރަޝިޔާއިން ޔޫކްރޭނަށް ދެމުންގެންދާ ހަަމަލާތަކުގައި 12 ދުވަހުގެ ތެރޭގައި މަރިއުޕޯލް ސިޓީން އެކަނި އާންމުންގެ 1582 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ވިދާޅުވެެއްޖެއެވެ.

ރަޝިޔާއިން ހަމަލާ ދެމުންދާ ޔޫކްރޭންގެ އެކި ސިޓީތަކުން ގިނަބަޔަކު ވަނީ މަރުވެފައެވެ. އަދި އެ ގައުމުގެ ބައެއް ސިޓީތައް ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.

މި ހަމަލާތަކާއެކު އެ ގައުމުން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ.

މިފަދަ ހާލަތެއްގައި ޔޫކްރޭންގެ ހާލަތު އޮތްއިރު، ކުލޭބާ ކުރެއްވި ޓުވީޓެއްގައި އެކަން ސިފަކުރައްވަނީ "ދުނިޔެ ދުށް އެންމެ ބޮޑު އިންސާނީ ކާރިސާ" ގެ ގޮތުގައެވެ.

އޭނާ ވިދާޅުވީ، ރަޝިޔާއަށް ޔޫކްރޭންގެ އަސްކަރިއްޔާ ބަލިކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ.

"ޕޫޓިން ވަނީ ހަތިޔާރު ނެތް މީހުންގެ ގަޔަށް ބޮން އަޅައި، އިންސާނީ އެހީއަށް ހުރަސްއަޅާފައި". ކުލޭބާ ވިދާޅުވިއެވެ.

ކުލޭބާ ވިދާޅުވީ ރަޝިޔާގެ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއާ ހަވާލާދީ ޓަސް ނޫސް އޭޖެންސީން ބުނެފައިވަނީ، މަރިއުޕޯލް މިހާރު އޮތީ މުޅިން އެ ގައުމުގެ ސިފައިންގެ ފައުުޖުތަކުން ވަށާލާފައެވެ.

ޔޫކްރޭންގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ރަޝިޔާއިން ގަސްތުގައި އާންމުން ބޭރަށް ނުކުތުން މަނާކޮށް، އިންސާނީ އެހީ އެ ސިޓީއަށް ވަނުން ވަނީ ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޯ

    ރަޝިޔާގެ 20000 ސިފައިން މަރާނުލާތަ؟ ހަހަހަ