ކޮވިޑް-19 ފެތުރެމުންދާތީ ޗައިނާގެ 13 ސީޓީއެއްގެ ގިނަ އަދަދެއްގެ ބަޔަކު ފުރަބަންދުކޮށްފިއެވެ.

ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާގޮތުގައި، ކޮވިޑާއި ގުޅިގެން ޗައިނާއިން 30 މިލިއަން މީހުން ހިމެނޭ 13 ސިޓީއެއް ވަނީ ފުރަަބަންދުކޮށްފައެވެ.

ޗައިނާއިން މިއަދު އެކަނި 5،280 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ އޭގެ ކުރީ ދުވަހާއި އަޅާ ކިޔާއިރު ދެ ގުނަ އިތުރު ވުމެކެވެ. އެ ސިޓީތަކުގައި ކޮވިޑް ފެތުރެން ފަށާފައި ވަނީ އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ކަމަށް ލަފާ ކުރެވޭ ކަމަށް ވެއެވެ.

މިއާއެކު ޗައިނާގެ 13 ސިޓީއެއް ފުރަބަންދުކޮށްފައިވާއިރު، ބައެއް ސިޓީތައް ވަނީ ފިޔަވަޅުތައް ވަރުގަަދަކޮށްފައެވެ.

ޗައިނާއަކީ ކޮވިޑް އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމެވެ. އެ ގައުމުގައި ކޮވިޑް ފެތުރެން ފެށި ފަހުން ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާފައިވުމުން، އެ ގައުމުގައި ހީކުރިގޮތާއި ހިލާފަށް މާބޮޑަށް ކޮވިޑް ފެތުރިފައެއް ނުވެއެވެ.

އެހެން ނަމަވެސް މިހާރު އެ ގައުމުގައި ވަނީ ވަރަށް ބޮޑަށް ކޮވިޑް ފެތުރެން ފަށާފައެވެ.

ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި، އުތުރު އިރުމަތީ ޖިލިން ޕްރޮވިންސަކީ އެންމެ ބޮޑަށް ކޮވިޑް ފެތުރެމުންދާ ޕްރޮވިންސެވެ. އެގޮތުން އަންގާރަ ދުވަހުވެސް 3،000 އަށް ވުރެ ގިނަ މީހުން އަލަށް ކޮވިޑަަށް ފައްސިވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން ނުވަ މިލިއަން މީހުން ދިރިއުޅޭ ޗަންގްޗުން ސިޓީގައި ދިރިއުޅޭ މީހުން ތިބީ ގޭގައި މަޑުކުރުމަށް އަންގާފައި ވެއެވެ. އަދި 17.5 މިލިއަން މީހުން ދިރިއުޅެމުންދާ ދެކުނުގެ ޓެކް ހަބް ޝެންޒެން ތިން ދުވަސް ވަންދެން ފުރަބަންދުކޮށްފައިވާއިރު، ގިނަ ފެކްޓްރީތައް ބަންދުކޮށް، ސުޕަމާކެޓް ހަރުތައްވެސް ވަނީ ހުސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    މެޑިކަލް މާފިޔާއިން އުފައްދާފައިވާ ކޮވި 19 އަކީ ޤައުމުތަކުގެ ސަރުކާރުތަކާއި ސިޔާސީ މީހުންނާއި މަހުޖަނުން ނަށް ރަނެއް މަލެއްފަދަ އެއްޗެކެވެ.
    ޤައުމުތަކުގެ ނިކަމެތި އާއްމު ރައްޔިތުންނަށް ތޫނު ޒަހަރެއްފަދަ އެެއްޗެކެވެ.
    މީގެ ނާޖައިޒް ފައަދާ އެއްމެ ފުރިހަމަގޮތުގައި ނަގާ ޤައުމަކީ ޗައިނާ އެވެ