ރަޝިޔާއިން އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

ޔޫކްރޭނަށް ރަޝިޔާއިން ދެމުންގެންދާ ހަމަލަތާކައި ގުޅިގެން އެ ގައުމުންވެސް ވަނީ ރަޝިޔާ އާއި ރަޝިޔާގެ ރައީސް ޕުޓިންއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރަޝިޔާއިން ވަނީ މިއަދު މެންދުރުފަހު ޖޯ ބައިޑަން އާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެދެބޭފުޅުން ހިމެނޭހެން އެމެރިކާ ސަރުކާރުގެ އިސް 13 މީހެއްގެ މައްޗަށް މިއަދު ރަޝިއާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް މާކް މިލޭ އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސަލިވަން އާއި ސީއައިއޭގެ ޑިރެކްޓަރ ވިލިއަމް ބާންސް އާއި ވައިޓްސް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕްސާކީ ވެސް ހިމެނެއެވެ.

އެމެރިކާގެ ވެރިންނާއި ދެކޮޅަށް ރަޝިޔާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރާނީ ކިހާ ވަރެއްގެ އަސަރެއް ކަމެއް އަދި ސާފު ނުވެއެެވެ. ނަމަވެސް ރަޝިއާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި އެއްވެސް މީހަކަށް ރަޝިއާ އަށް އެތެރެ ނުވެވޭނެ ކަމަށް ރަޝިއާ އިން ބުނެއެވެ.

އޭގެ އިތުރުން ދެން އެބޭފުޅުންނަށް ކުރިމަތިވާނެ ހުރަސްތަކެއް ރަޝިއާ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ރަޝިއާ ސަރުކާރުން ބުނީ އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެެމެރިކާ ސަރުކާރުގެ އިތުރު ވެރިންނަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރަބަރޭ

    ސާބަހޭ ރަސިޔާ އެމެރިކާ ސައިޒު ކުރާތި މިފަހަރު

    6
    1
  2. Anonymous

    ހައްހައްހާ ނެކްސްޓް ޖޯކް ޕްލީޒް

    3
    5
  3. ހެޔޮވިސްނުން

    ސާފް ވާނެ އަދި ކެތްކޮއްލާ ވަގުތު ހާދަ ވަރަކަށް ރަޝިޔާ އާއި ޖެހިލާފަ

  4. ރެފްރީ

    އަލްހަމްދުލިއްލާހި .. ތިގޮތަށްްވާންޖެހޭނެ.

  5. މުސްތޮ

    ލޮލް. މެކުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނެ

    1
    2
  6. ޒަރީނާ

    އޯ ގަދަ

  7. ތުއްތުނާ

    ސާބަސް އެއޮތީމުޅިދުނިޔޭގެދާދާއަށްވެސް ބިރުދައްކާ ސައިޒްކޮށްލާފަ

  8. ހުސްކުރާސޭލް

    އެއޮތީ ބައިޑެންގެ ނަގުލަށްފިތާލާފަ

  9. ފަރުހަކިދައިތަ

    ހަނގުރާމަ ކުރުން ގޯސް ޕުޓިން ވިޔަސް. އެކަމަކު އެމެރިކާ ސައިޒް ކޮށްލުން ވަރަށް ސަޅި😃