ޔޫކްރޭނަށް ނޭޓޯގައި ބައިވެރި ނުވެވޭނެކަން ގަބޫލު ކުރަން ޖެހިއްޖެ ކަމަށް ޔޫކްރޭންގެ ރައީސް ވޮލްޑޮމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށި އެއްސަބަބަކީ ވެސް ޔޫކްރޭނުން ނޭޓޯގެ މެންބަރަކަށް ވާން މަސައްކަތް ކުރުމެވެ. ހަނގުރާމަ ހުއްޓާލަން ވެސް ރަޝިއާ އިން ކުރިމަތިކުރާ އެއްޝަރުތަކީ ނޭޓޯގެ މެންބަރަކަށް ޔޫކްރޭން ނުވާނެ ކަމުގެ ޔަގީންކަން ދިނުމެވެ.

ޔޫކްރޭނަށް ނޭޓޯގައި ބައިވެރި ނުވެވޭނެކަން ގަބޫލު ކުރަން ޖެހިއްޖެ ކަމަށް ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވި ނަމަވެސް މިއީ ރަޝިއާގެ ޝަރުތުތައް ޔޫކްރޭނުން ގަބޫލު ކުރުންކަން އަދި ކަށަވަރު ނުވެއެވެ. ބެލެވޭ ގޮތުގައި ޒެލެންސްކީ ނޭޓޯ އާއި ގުޅިގެން ދެއްކި ވާހަކަފުޅަކީ ޔޫކްރޭނަށް އެކަށީގެންވާ ގޮތެއްގައި ނޭޓޯގެ އެހީތެރިކަން ލިބެމުން ނުދާތީ ނޭޓޯ އާއި މެދު އުފެދިފައި އޮތް ނުތަނަވަސް ކަން ހާމަ ކުރުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެކެވެ.

ޒެކެންސްކީ ވިދާޅުވީ ޔޫކްރޭނަކީ ނޭޓޯގެ މެންބަރެއް ނޫން ކަމަށާއި، އެކަން ވާން ވެސް ނެތް ކަމަށެވެ. "ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ނޭޓޯގެ ދޮރު ހުރީ ޔޫކްރޭނަށް ހުޅުވިފައޭ ބުނާތާ. އެކަމަކު އަހަރެމެންނަށް ނޭޓޯގެ މެންބަރަކަށް ވެވޭކަށް ނެތް. އެހަގީގަތް ޖެހޭނީ ގަބޫލު ކުރަން." ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމުން ކުރިން އެމެރިކާ އާއި ނޭޓޯ އިން ބުނަމުން ދިޔައީ ހަނގުރާމައެއް ފެށިއްޖެނަމަ ޔޫކްރޭން ދިފާއު ކޮށްދޭނެ ކަމަށެވެ. ނަމަވެސް ހަނގުރާމަ ފެށުމުން ނޭޓޯ އާއި އެމެރިކާ އިން ވެސް ބުނީ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރި ނުވާނެ ކަމަށާއި ވެދެވެން އޮތް އެހީއަކީ ޔޫކްރޭނަށް ހަތިޔާރާއި ފައިސާގެ އެހީތެރިކަން ކަމަށެވެ.

ޔޫކްރޭނުން އަންނަނީ ނޭޓޯ އިން ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅައިދޭން ވެސް އެދެމުންނެވެ. ނަމަވެސް ނޭޓޯ އިން ގެންދަނީ އެކަން ކުރަން ވެސް ދެކޮޅު ހަދަމުންނެވެ.

ރަޝިއާ އާއި ޔޫކްރޭންގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމަށް ދެގައުމުގެ އޮފިޝަލުން މިއަދު ވެސް މަޝްވަރާތައް ކުރިއަށް އެބަގެންދެއެވެ. މީގެ ކުރިން ވެސް ތިން ދުވަހަކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް ދުވަހަކު މަޝްވަރާތަކުން ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރެފްރީ

    އެބަރަނގަޅުވޭ.. ވިސްނުންފުޅު އެބަބަދަލުވޭ.. އެމެރިކާދައްކަމުންގެންދިޔައީ އަވާމެންދުރެއްކަން ޒެލެންސްކީއަަށް ވިސްނިވަޑައިގަންނަވައިފި ..

    23
  2. Anonymous

    މިހާރު މަރާނެ ވަރައް މީހުން މަރާ ނިމުނީތަ...؟؟

    13
  3. ގިވަޕް

    ކަލޭ ގިވަޕްދީ އަމާންދޭންވީއޭ..މާގަދަވެގެން އެބައުޅެއްނު. ކަލޭތީ ރަން އެވޯޑު ހައްގު ފަރާތެއް މޮޔަކަމުގެ ދާއިރާއިން...ކަލޭގެ ގައުމަށް ރަޝިއާ އިން ވައިގެމަގުން އަލިފާން އަޅާއިރު ކޮބާ އެ ފޮނިކެނޑި އެމަރިކާ އަދި ނޭޓޯ މިހާރު އެނގިއްޖެ
    ދޯ އެއީ ޢައްދާރުންކަން

    19
    • Anonymous

      ތި ކޮމެންޓުގެ ދިވެހި ތަރުޖަމާއެއް ޒެލެންސްކީއަށް ފޮނުވަންވީނު. ތާނައިން ލިޔެފަ ހުންނަ ކޮމެންޓް ޒެލެންސްކީއަށް ކިޔާކަށް ނޭނގޭނެ.

      2
      2
  4. ބައިޑެން

    ނޫނޭ އަމިއްލަ އެދުމުން ފޯވެފަ ތިބޭމީހުން ހީކުރާނީ ހުރިހާ އެންމެންވެސް އުޅޭނީ ތިހިންނޭ. ޙުރިހާ ދެރައެއް ރައްޔިތުންނަށް

    16
  5. ާކަމީލައު3

    ކަލެއަކަށްނޭގޭތައެކަމެއްވެސް ރަޝިޔާވެސް

    10
  6. ޕޫޓިން

    އަވަހަށް އަމާންދީފަ ޤައުމް އަހަރެމެންނާއި ޙަވާލްކުރޭ.. ނޭޓޯ އަށްވެސް އެމެރިކާއަށްވެސް ޙަމަލާދޭކަށް ނުކެރޭނެ..

    13
  7. ކަންޒު ކަހަނބު

    ކަލޭ ދައްކާ ވާހަކަ ގަބޫލެއް ނުކުރެވޭ. ބޮޑު ޔަހޫދީއެއް. ޔޫކުރޭން ތިއަ އަނދަވަޅަށް ވައްޓާލީ ތިއަ ޔަހޫދީ ކަލޭގެ.

    14
  8. Anonymous

    އަދި ކިރިޔާ ދޯ އެއްޗެއް ވިސްނެން ފެށީ؟ ބަލަ ނޭޓޯގަ ޔޫކްރޭން ބައިވެރި ވާންވީ ވަގުތު ހިނގައްޖެ. އެއީ ސޯވިއެޓް ޔޫނިއަން ރޫޅުނު ދުވަސްވަރު. އޭރު ކަލޭމެން ތިކަން ކުރަން އުޅުނަމަ ވީސް. ދެފުށްކެހެރިންނާ ބައިއަތު ހިފީމަ ނިކަން ތާހިރު ވެއްޖެއެންނު.

    15
    2
  9. ޖޯކަރު

    ސްޓޭންޑްއަޕް ކޮމެޑީއަނެއް ވެރިކަމަށް ގެނައީމަ ވީގޮތް ތީ.

  10. Anonymous

    އަމިއްލައެދުމާއިހުރެ ހެޔޮއެދޭ އެކުވެރިޔާ ދޫކޮށް ދުރުތިބި މުނާފިގުންގެ ބަހަށް ހެއްލުނީމަ ނަތީޖާ ހިތިވާނެ. ދުރުތިބީންގެ ބަހަށް ހެއްލި އަމިއްލަ ރައްޔިތުން މަރުވާންދޫކޮށް ހާލުގައި ޖެހި ގޮތްހުސްވެގެން ދިޔައިރު ދުރުތިބީން އެތިބީ އަދިވެސް ވަގަށް ހީހީފަ އަތްޖަހަން. އެހީތެރިވުމުގެ ބަދަލުގައި ދިނީ ބީރު ކަންފަތެއް.

  11. މުހައްމަދު ލާދިމިއާ ޕޫޓިން

    ދިވެހި ސަރުކާރުންވެސް މިކަމުން އިބުރަތް ހާސިލް ކުރަންވީ