ކީރިތި ޤުރުއާން ލިޔެފައިވާ މުސްހަފުތައް އަންދަން ސްވިޑިންގެ ސިޔާސީ ލީޑަރަކު ނިންމުމުން އެގައުމުގައި ހަމަނުޖެހުންތައް ހިނގަމުން އެބަދެއެވެ.

ކީރިތި ޤުރުއާންގެ މުސްހަފުތައް އަންދަން ނިންމާފައި ވަނީ ސްވިޑިންގެ ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރެއް ކަމަށްވާ ރަސްމޫސަސް ޕަލޫޑަން އެވެ.

ރަސްމޫސަސް ދާދިފަހުން ބުނެފައި ވަނީ އޭނާ މީގެ ކުރިން ވެސް ކީރިތި ޤުރުއާންގެ މުސްހަފުތައް އަންދާފައި ވާނެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އެކަން އަލުން ތަކުރާރު ކުރަން ނިންމާފައިވާ ކަމަށެވެ.

ރަސްމޫސަސް ކީރިތި ޤުރުއާންގެ މުސްހަފުތައް އަންދަން ނިންމުމުން ސައުދީ އަރަބިއްޔާ އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ސައުދީ އަރަބިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އެއީ މުޅި އިސްލާމީ އުއްމަތާއި ދެކޮޅަށް ހަރުކަށި ފިކުރުގެ ބަޔަކު ހިންގާ ޖަރީމާއެއް ކަމަށެވެ.

ރަސްމޫސަސް ހިންގަން އުޅޭ އަމަލާ ގުޅިގެން އިރާގާއި އީރާންގެ ސަރުކާރުން ވަނީ އެގައުމުތަކުގައި ތިބޭ ސްވިޑިން ސަފީރުން ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އެފަދަ އަމަލެއް ހިންގިޔަ ނުދީ އެކަން ހުއްޓުވަން އަންގާފައެވެ.

ސްވިޑިންގައި ހަމަނުޖެހުންތައް ހިނގާފައި ވަނީ ރަސްމޫސަސް އަށް ތާއިދު ކުރާ ފަރާތްތަކާއި އޭނާ އާއި ދެކޮޅު ފަރާތްތަކާއި ދެމެދުގައެވެ. ސްވިޑިންގެ ތިން ސަރަހައްދެއްގައި ހަމަނުޖެހުންތައް ހިނގައި ބައެއް މީހުންނަށް އަނިޔާ ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރަސްމޫސަސް އަކީ ސްވިޑިންގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ނަމަވެސް އެންމެ ފަހުން ބޭއްވި އެގައުމުގެ އާއްމު އިންތިހާބުގައި ރަސްމޫސަސް އަށް ލިބުނީ އޭނާ ވާދަކުރި ގޮނޑިއަށް ވޯޓްލީ މީހުންގެ އެންމެ %1.8 ވޯޓެވެ. ރަސްމޫސަސް އަށް ވެސް އަދި އޭނާގެ ޕާޓީގެ އެހެން މެންބަރަކަށް ވެސް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބެއް ނުކުރެވެއެވެ. ރަސްމޫސަސް ވަނީ ސެޕްޓެމްބަރ މަހު އޮންނަ އިންތިހާބުގައި ވާދަކުރާނެ ކަން މިހާރު އިއުލާން ކޮށްފައެވެ. ނަމަވެސް އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ވަރަށް އާއްމުންގެ ސޮއި އަދި އޭނާ އަށް ހަމައެއް ނުކުރެވެއެވެ.

ރަސްމޫސަސް އަށް 2020 ވަނަ އަހަރު މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އައެވެ. އެއީ ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސޮރު

    ތިސޮރުގެ ނިމުން ގާއވަނީ ތޯޔެއް.

    35
    • ކަންއޮތްގޮތް

      ދުނިއަވީ ތަބީއަތުގެ މަތިން އެހެން މީހުންވެސް ނިމިދާ އުސޫލުން އޭނަވެސް ނިމިދާނެ

  2. އަފޭ

    ﷲ ތި ލީޑަރު ނެތިކުރައްވާށި އާމީން

    71
  3. ޑެސްޕޯ

    ޑޫ ދޭ ވޯންޓް އަނަދާރ ކޮވިޑް ލައިކް ޕޭންޑެމިކް؟؟؟؟

    22
  4. ލޮލް

    ياﷲ! އެކަން ކުރާ މީހުންނަށް ކޯފާ އެ އް ފޯނު އްވާށި، އެބަ އި މީހުންނަށް އަނިޔާ ކުރުމުގެ ނިޔަތުގަ އި ނޫން، އެމީހުންނާ އި އަދި އެހެން މީހުންނަށް އެ އްޗެ އް ވިސްނޭނެ ތޯ އެވެ؟!

    27
  5. Anonymous

    ހިއްޕަވައިގެން ހުރެ ކިޔޭނުކިޔޭ އެއް އިނގެނީ އެއްނޫ މ ރަސްމޫސަސް ގޮލާއަށް

    19
  6. ނައިނާ މުފީދު

    އޭނަގެ ކަންތައް ނިމޭނީ އޭގެ ކުރިން އޭނަ އިސްލާމްވެގެން ނޫނީ އޭނާގައިގައި އަލިފާންރޯވެ އަނދާހުލިވެގެން. އއ

    21
  7. ރަން ރީނދޫ

    މުސްލިމުން މިކަހަލަ ކަންކަމާއި،އެއްގޮތަކަށްވެސް އަޅާ ނުލާންވީ.އޭނަގެ މަގުސަދު އޭރަށް ހާސިލް ނުވާނެ

    16
    3
  8. محمد

    يا الله އޭނަށް އިސްލާމް ދީނުގެ ތެދުމަގު ދައްކަވާ ދީނަށް ނަޞްރު ދޭނޭމީހެއްކަމުގައި ލައްވާންދޭވެ. ނޫންނަަމަ އޭނާގެ ނިމުމަކީ ދިރި ތިބީންނަށް ޢިބްރަތެއްކަމުގައި ލައްވާންދޭވެ.

    28
    • ބޮލުގާ ރިއްސާ

      އާމީން

      10
  9. ސވ

    ރާއްޖެއަށް ސުވިޑަނު ޓޫރިސްޓުންނަށް ނާދެވޭނެހެން ހަދާލަންވީ އެކަން އެގައުމުގެ ސަރުކާރުން ނުހުއްޓުވާނަމަ.

  10. އަޙްމަދް

    އަސްލު ޙަޤީޤީ ފިކުރު ތިފެއްނަނީ!

  11. އަޙްމަދު

    ތިސޮރުތިކުރަނީ ވަރަށް ބޭކާރު މޮޔަ ކަމެއް. އެއްވެސް އެއްޗެއްގެ ހާޑު ކޮޕީ ބާއްވާފައި ޕްރިންޓްކޮށްފައިހުރި އެއްޗިހި ހަލާކުކޮށްލުމަކުން އެތަކެތި ނެތިގެނެއް ނުދާނެ. ދުނިޔޭގައިދިރިއުޅޭ އެތަކެއް ލައްކަ މުސްލިމުންގެ ހިތްތަކުގައިވަނީ ކީރިތި ޤުރުޢާން ލިޔެވި އެންގްރޭވް ކުރެވިފައި. އެކަން އެސޮރަށް ނޭގެނީ ތޯއްޗެ..

    8
    1
    • ނުރަބޯ

      އެކަލޭގެ އަށްވެސް އެކަން އެނގޭނެ. އެކަމަކު އޭނާގެ އެ ޢަމަލުން ޙަގީގީ މުސްލިމުންގެ ހިތްތަކަށް ވަރަށް އަސަރު ކުރާނެ. އޭނާގެ ބޭނުމަކީ އެއީ.