ޗައިނާގެ ޗަންގްޝާ ސިޓީގައި އިމާރާތެއް ވެއްޓި 53 މީހުން މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ ބްރޯޑްކާސްޓަރ ސީސީޓީވީން ބުނެފިއެވެ.

އަށް ބުރީގެ އެ އިމާރާތް ވެއްޓިފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

ސީސީޓީވީން މިގޮތަށް ރިޕޯޓުކޮށްފައިވަނީ، އެ ހާދިސާއާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ސީސީޓީވީގެ ރިޕޯޓްތައް ބުނާގޮތުގައި، ހުނާން ޕްރޮވިންސްގައި "އަމިއްލައަށް އިމާރަތް"ކޮށްފައިވާ އެ ގެ ވެއްޓުނު ހާދިސާގައި މީހުން ސަލާމަތް ކުރުމުގައި ރެސްކިއު ޓީމްތަކުން ހަރަކާތްތެރިވިއިރު، 10 މީހަކު ސަލާމަތްކޮށްފައި ވަނީ ގާތައް ދަށުންނެވެ.

މި އިމާރާތް ވެއްޓެން މެދުވެރިވި ސަބަބު ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާއާ ގުޅިގެން މިހާރުވެސް ގިނަބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު