ޗައިނާގައި މީގެ ހަތް ދުވަސް ކުރިން ވެއްޓުނު އިމާރާތުގެ ދަށުން އަންހެނަކު, ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ސަލާމަތްކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ކާކުކަން ހާމަޮކޮށްފައިވާ ނުވާ މި އަންހެން މީހާއަކީ ޗަންގްޝާ ސިޓީގައި ހިނގި މި ކާރިސާއިން ސަލާމަތްވި 10 ވަނަ މީހާއެވެ. މި ހާދިސާގައި މިހާތަނަށް 53 މީހަކު މަރުވެފައި ވެއެވެ.

ޒިންހުއާ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ސަލާމަތްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ކުއްލިއަކަށް ވެއްޓުނު އެ އިމާރާތުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިތިބިއިރު، އެ އަންހެން މީހާ ސަލާމަތްކޮށްފައި ވަނީ ގާތްގަނޑަކަށް 132 ގަޑިއިރު ފަހުންނެވެ.

ޒިންހުއާ ނިއުސް އެޖެންސީން ބުނީ އެ އަންހެން މީހާ އޮތީ ވާނުވާ އެނގޭ ހާލަތުގައި ކަމަށާއި އިތުރު އަނިޔާއެއް ނުލިބި އޭނާ ބޭރަށް ނެރެން ވީ ގޮތް ރެސްކިއު މީހުންނަށް ކިޔާދިން ކަމަށެވެ.

އެ ހާދިސާގައި އިމާރާތުގެ ދަށުގައި ތާށިވި މީހުން ހޯދުމުގެ މަސައްކަތުގައި ޓީމުތަކުން ވަނީ ކުއްތާ އާއި ހޭންޑް ޓޫލްސްގެ އިތުރުން ޑްރޯން އާއި އިލެކްޓްރޯނިކް ލައިފް ޑިޓެކްޓަރު ބޭނުންކޮށްފައެވެ.

މިހާތަނަށް މި ހަދިސާއިން ސަލާމަތްވި މީހުންގެ ހާލަތު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނާއިރު، އެ މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ. ރިޕޯޓްތައް ބުނާގޮތުގައި، ކާނެ އެއްޗެއް ނުލިބި އެ މީހުން ދިރިހުއްޓާ ފެނިފައި ވަނީ މިދިޔަ ދުވަސްތަކުގައި ވެހުނު ވާރޭގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

"ސެލްފް ބިލްޑް އިމާރާތެއް" ގެ ގޮތުގައި ސިފަކުރަމުން އަންނަ އެ އިމާރާތުގެ ވެރިފަރާތް ހިމެނޭ ގޮތަށް ނުވަ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އިމާރާތް ކުރުމުގެ ކޯޑުތަކަށް އިހުމާލުވި ކަމުގެ ތުހުމަތުގައި ނުވަތަ އެނޫންވެސް ގަވައިދާ ހިލާފު އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނެވެ.

މީގެ އިތުރުން އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއިން ހަވަނަ ފަންގިފިލާއަށް ގެސްޓް ހައުސްއެއްގެ ސޭފްޓީ އެސެސްމަންޓެއް ހަދައި ދިން ކަމަށް ބުނާ ފަސް މީހަކާއި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ހިންގުމާ ހަވާލުވެ ތިބި ތިން މީހަކު ވެސް ހިފެހެއްޓި އެވެ.

މި އިމާާރާތަކީ ކެފޭ އާއި ފިހާރަތައްވެސް ހިންގަމުން ދިޔަ އިމާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    އޭނާއަކަށް ކޮވިޑެއް ނުޖެހޭތަ؟