އަފްޣާނިސްތާނުގައި ޝާމިލުވާ އަދި ތަމްސީލުކުރާ ސަރުކާރެއް އެކުލަވާލުމަށް ގޮވާލަމުންދާއިރު، އެ ގައުމުގައި އިންސާނީ އެހީގެ ހާލަތާއި، އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ބުނެ އިންޑިއާއާއި ފަރަންސޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފްރާންސަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު ދެ ގައުމުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ "ސުލްހަވެރި، ރައްކާތެރި އަދި ހަމަޖެހޭ އަފްޣާނިސްތާނަކަށް ދެ ގައުމުން ވެސް ވަރަށް ބޮޑަށް ތާއީދުކުރާ ކަން ތަކުރާރުކުރެއްވި" ކަމަށެވެ.

"އިންސާނީ އެހީގެ ހާލަތާއި އިންސާނީ ހައްގުތައް ނިގުޅައިގަތުމާ މެދު އިންޑިއާ އާއި ފަރަންސޭސިވިލާތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ސުލްހަވެރި، ރައްކާތެރި އަދި ހަމަޖެހޭ އަފްޣާނިސްތާނަކަށް ވަރުގަދަ އަށް ތާއީދުކުރާކަން ތަކުރާރުކޮށް ފާހަގަކޮށް، އެ ގައުމުގެ ސިޔާދަތާއި އެއްބައިވަންތަކަމާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހުތިރާމްކޮށް، ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމަށް ގޮވާލަން" ގުޅިފައިވާ ބަޔާނުގައި ވެ އެވެ.

"އެންމެން ޝާމިލުވާ އަދި ތަމްސީލުކުރާ ސަރުކާރެއް އެކުލަވާލުމަށް ގޮވާލައި، އަންހެނުންނާއި ކުޑަކުދިންނާއި މައިނޯރިޓީގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މިދިޔަ އަހަރު ފާސްކުރި ޔޫއެންއެސްސީގެ ގަރާރު 2593 އަށް އިޝާރާތް ކުރައްވާ ދެ ގައުމުން ވެސް ވަނީ "ދުނިޔޭގެ އެހެން ހިސާބުތަކުގައި ނިރުބަވެރިކަން(ޓެރަރިޒަމް) ފެތުރުމަށް އަފްޣާނިސްތާނުގެ ސަރަހައްދު ބޭނުންކުރުމުގައި ޒީރޯ ޓޮލަރެންސް ގެންގުޅެން ޖެހޭ" ކަމަށް ވިދާޅުވެ، އދ.ގެ ސަލާމަތީ މަޖިލީހުގައި ވެސް މިކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަފްޣާނިސްތާނުގައި އިންސާނީ ޙައްޤުތަކުގެ ހާލަތު އިތުރަށް ގޯސްވެފައި މިވަނީ އަފްޣާނިސްތާނުގެ ސަރުކާރު ވެއްޓުމާއި ޠާލިބާނުން މިދިޔަ އަހަރުގެ އޮގަސްޓްމަހު އަލުން ވެރިކަމަށް އައި ފަހުންނެވެ. އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އައި ނަމަވެސް، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑެތި ޖަރީމާތައް ހުއްޓުމެއްނެތި، ހާއްސަކޮށް އަންހެނުންނާއި މައިނޯރިޓީއާ ދެކޮޅަށް ދަނީ ކުރަމުންނެވެ.

ބައިނަލްއަގުވާމީ އެސެސްމަންޓްތަކަށް ބަލާއިރު، އަފްޣާނިސްތާނުގައި ވެސް އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައި ވާއިރު، އަފްޣާނިސްތާނަކީ މިހާރު ދުނިޔޭގައި ކާބޯތަކެތީގެ ނުތަނަވަސްކަން އެންމެ ބޮޑު ގައުމެވެ. އެގައުމުގެ 23 މިލިއަނަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާއިރު، އާބާދީގެ ގާތްގަނޑަކަށް 95 އިންސައްތަ މީހުންނަކީ އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން ގިނަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަވާސާ އިބޫ

    އިންޑިއާއާއި ފަރަންސޭސިވިލާތުން ލަދުގަންނަންޖެހޭ އިންސާނީ ހައްގުތަކުގެ ވާހަކަދައްކަން!

    18
    • ޢަހުމަދުވަގާރު

      އެކަމަކު ހިޖުރަ ކުރަން ބޭނުންވަނީ ފްރާންސަށް ދޯ. އަފްގާނަކަށް ނުން

      • ހަތަރެސް

        ކަލޭ ފުރާންސަށް ހިޖުރަ ނުކުރެވިގެން އުޅޭނީ.އަހަރުމެން އުޅޭނީ އަހަރުމެން ގެ ގައުމުގައި. ނަލަ ނަލަ ރާއްޖޭގަ.

  2. ޞުއްދާ

    މައިނޯރިޓީ ބައިމަދު ނަޞްލުތަކުގެ މީހުންނާއި މެދު އެންމެ ބޮޑަށް ތަފާތުކޮށް އަނިޔާވެރިވާ ސަރުކާރަކަށް ބީ.ޖޭ.ޕީ .ސަރުކާރުވާއިރު އަފްޣާނިސްތާނޭ ކިޔަން ލަފު ނުގަންނަކަން. ސިޔާސީ ބޭނުމުގައި ދެއްކި ވާހަކައެއްތީ

    19
  3. މީހާ

    މުސްލިމުން މިނިވަންކަންމަތީ އުޅޭތީ ޝައިޠާނުން ކަންބޮޑުވާނެ

    20
  4. ކާފަބޭ2020

    ގެރިއެއްގެފޫކޮޅުގަހުންނައެއްޗެއްއެގެރިއަކަށްނުފެންނާނެ! ހަމަ މިބީދައިން ތިޔަދެމީހުނަށްވެސް ދެމީހުންގެރަށުގަހިނގާ އެއްވެސްކަމެއް ތިދެމީހުނަކަށްނުފެންނާނެދޯ؟😆😆😆😆

    17
  5. އަހުމަދު

    އިންސާނީ ހައްގޭ ކިޔަން މޯދީ ކަލޭގެ ލަދެއް ނުގަނޭތަ؟ ކޮބާތަ ތި ގައުމުގަ ތިބި މުސްލިމުންގެ އިންސާނީ ހައްގު؟ އަދި އަނގަ އެބަ އަރުވައެއްނު؟

  6. މަރީނާތު

    ލޮލް. އޭންޓް އަންނަނީ ހަމަ

  7. ދުރުމި

    އަދި އެވާހަކަ ދައްކަން ރަނގަޅު އެ ގައުމަކަށް އެހީތެރިކަން ފޯރުކޮށްދީފަ މިހާރު ވެސް މީހުން ތަށް ބަނޑަށް މަރުވަނީ

  8. ޙައްގުބަސް

    ތިވާހަކަ ދައްކަން އެންމެ އެކަށީގެންވާ ދެގައުމުތީ! މުސްލިމުންގެ ބުރުގާޔާ އަޅައިގަނެގެން ނުނެއްޓި އުޅޭދެގައުމުތީ،

  9. ކޮއްޔާ

    އިންސާނީ ހައްގު އެންމެ ރަނގަޅަށް ދެނގެނީ ގެރިމޯދީއަށްބާ //