އިންޑިއާގެ ޒުވާނުން ސިފައިންގެ އަށް ވަންނަން މަޖުބޫރުކޮށް ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއްމުކުރި އާސިޔާސަތާއި ދެކޮޅ ހެދުމުގެ ގޮތުން އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ބޮޑެތި ހަަމަނުޖެހުންތަކެއް ހިންގަން ފަށައިފިއެވެ.

އަންގާރަ ދުވަހު މޯދީ ވަނީ އިންޑިއާގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކޮށް، ސިފައިންގެ ލަޝްކަރު ޒުވާންކޮށް، ޕެންޝަނަށް ކުރާ ހޭދަ ކުރުމަށް އާސިޔާސަތެއް އިއުލާން ކޮށްފައެވެ. މޯދީ ވިދާޅުވާ ގޮތުގައި އާސިޔާސަތުގެ ބޭނުމަކީ އިންޑިއާގެ 1.38 މިލިއަން ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަ ކުރުމެވެ.

އަލަށް އިއުލާން ކުރި ސިޔާސަތު ބުނާ ގޮތުން އިންޑިއާގެ 17 އަހަރާއި 21 އަހަރާއި ދެމެދުގެ އަންހެނުންނާއި ފިރިހެނުން ވެސް ސިފައިން ގޭގައި ހަތަރު އަހަރު ދުވަހު ހިދުމަތް ކުރުމަކީ މަޖުބޫރު ކަމެކެވެ. ހަތަރު އަހަރަށް ފަހު އެމީހުންގެ ތެރެއިން %25 ސިފައިންގެ އިން ވަކިކުރާނެއެވެ. ގިނަ ޒުވާނުންގެ ކަންބޮޑުވުމަކީ ހަތަރު އަހަރަށް ފަހު އެމީހުން ސިފައިންގެ އިން ވަކިކުރާތީއެވެ. ކުރު މުއްދަތަކަށް ފަހު ސިފައިންގެ އިން ވަކިކުރަނީ ޕެންޝަން ނުދޭން ވެގެންނެވެ.

ވަކިނުކުރާ ސިފައިން ވެސް 15 ދުވަހު މަސައްކަތް ކުރަން ޖެހެނީ ރޭންކް ނުކުރާ ސިފައިންގެ ގޮތުގައެވެ. އެމީހުންގެ ސިފައިންގެ އިން ވަކިކުރާއިރު އެމީހުންނަށް ވެސް ޕެންޝަނެއް ނުދޭނެއެވެ. އެމީހުންނަށް ދޭނީ 11 ލައްކަ ރުޕީސް އާއި 12 ލައްކަ ރުޕީސް އާއި ދެމެދުގެ އަދަދެކެވެ.

މިސިޔާސަތާއި ދެކޮޅު ހެދުމުގެ ގޮތުން އެންމެ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުން ގެންދާ އެއް ސްޓޭޓަކީ ބިހާރެވެ. ބިހާރުގެ ޒުވާނުން މަގުތަކަށް ނިކުމެ ރޭލްތަކާއި ބަސްތަކާއި އަދި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ވެސް ވަނީ އަލިފާން ޖަހާފައެވެ.

އުއްތަރަ ޕްރަދޭޝް އާއި ހަރަޔާންގައި ވެސް އަންނަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުންނެވެ. އެ ސްޓޭޓްތަކުގެ ޒުވާނުން ވެސް ވަނީ މަގުތަކަށް ނިކުމެ އާއްމު ދަތުރުފަތުރަށް ހުރަސް އަޅާފައެވެ.

ހަމަނުޖެހުންތައް އިތުރަށް ކުރިއަށް ދިޔަ ނުދިނުމަށްޓަކައި އިންޑިއާ ސަރުކާރުން މިހާރު ވަނީ ބައެއް ސްޓޭޓްތަކުން ފޯނުގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް ވެސް ކަނޑާލާފައެވެ.

މޯދީ އިއުލާން ކުރި އަސްކަރީ އާސިޔާސަތާއި އޭނާގެ ބީޖޭޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯހަލާކު

    ހެޔޮނުވާނެ ލިޔާއިރު ތެދު އިބާރާތުބް ލިޔެބަލަ....އަސްކަރިއްޔާއަށް ވަންނާކަށް އެކަކަށް ވެސް މަޖުބޫރެއް ނުކުރެ . 4 އަހަރު ދުވަހަށް ޒުވާނުން ވަންނަށް ހުޅުވާލީ ، އަދި ވަށްދާ ކޮންމެ ބެޗަކުން 4 އަހަރަށް ފަހު %75 މީހުން ވަޒީފާއިން ވަކިވާނެ .