އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ޕާކިސްތާން ދަރިކޮޅުގެ ސާޖިދު ޖާވިދު ވަޑައިގަތުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ވިދާޅުވެއްޖެއެވެ.
ސާޖިދަކީ މިހާރު ކޮންޒަވޭޓިވް ޕާޓީގައި ހުންނެވި އެންމެ ސީނިއާ އެއްބޭފުޅާއެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ ހެލްތު މިނިސްޓަރުގެ މަގާމެވެ. އެމަގާމުން އޭނާ އިސްތިއުފާ ދެއްވީ މީގެ ދެދުވަސް ކުރިންނެވެ.
ސާޖިދުގެ މަންމަ އާއި ބައްޕަ އަކީ ޕާކިސްތާންގެ މުސްލިމް ދެމަފިރިންނެވެ. އެމީހުންނަށް ސާޖިދު ލިބިވަޑައިގެންނެވީ ޕާކިސްތާނަށް ހިޖުރަކުރި ފަހުންނެވެ. ސާޖިދުގެ އާއިލާގެ ގިނަ މެންބަރުންނަކީ މުސްލިމުން ކަމަށް ވީނަމަވެސް އޭނާ އަކީ މުސްލިމެއް ނޫނެވެ.
ސާޖިދު ދީފައިވާ ބައެއް އިންޓަވިއުތަކުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އިސްލާމްދީނަކަށް އަމަލެއް ނުކުރަމެވެ. ދީނީ ކަންކަން ފުރިހަމަ ނުކުރުމުގެ އިތުރުން އޭނާ ބަނގުރާ ވެސް ބޯކަމަށް އަމިއްލައަށް އިންޓަވިއުތަކުގައި އިއުތިރާފު ވެފައިވެއެވެ.
2010 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ސާޖިދު ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ މާލީ ވަޒީރުކަން ވެސް ދުވަސްކޮޅަކު ކުރައްވާފައެވެ. ސާޖިދަކީ އިނގިރޭސިވިލާތް އީޔޫގެ މެންބަރެއްގެ ގޮތުގައި ދެމިއޮތުމަށް ކުރިން ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން ސާޖިދު މަސައްކަތް ކުރެއްވީ ބޭންކިން ދާއިރާގައެވެ.
ސާޖިދުގެ އިތުރުން ދެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުން އެންމެ ގާތް އެއްބޭފުޅަކީ ޓްރާންސްޕޯޓް މިނިސްޓަރުކަން އަދާކުރައްވަމުން ގެންދަވާ ގްރާންޓް ޝާޕްސްއެވެ. އޭގެ އިތުރުން ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޮޑުވަޒީރުގެ ނައިބު ޑޮމިނިކް ރާބް އާއި ހައުސިން މިނިސްޓަރ މައިކަލް ގޯވް ވެސް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން ބޮރިސް ޖޯންސަން މިއަދު ވަނީ އިއުލާން ކުރައްވާފައެވެ. ނަމަވެސް އަންނަ ހަފްތާގައި ކޮންޒަވޭޓިވް ޕާޓީއަށް އާލީޑަރަކު އައްޔަން ކުރެވެންދެން ބޮޑުވަޒީރުގެ ޒިންމާތައް އަދި އަދާކުރައްވަމުން ގެންދަވާނީ ޖޯންސަން އެވެ.
ތިކަމަށް އެންމެ ޤާބިލް މީހާ ހުރީ ދިވެހިރާއްޖޭގައި، މަޖިލީހުގައި އިންނާނެ އެކަލޭގެ، ކަލޭމެން އޭނާ ގެންދޭ އަވަހަށް، މިތަނަށް ޖެހިފަ ހުރި ބޮޑު މުސީބާތެއް އެއީ
މިދުނިޔޭގަ ލެއްވިހާ ހަރާމްކަމެއްކޮށް މިދުނިޔޭގަ ލެއްވިހާ ހަރާމްކަމަކަށް ތާއީދު ކޮއްގެންނޫނީ ގައުމެއްގެ ވެރިކަމެއް މިހާރަކު ނުލިބޭނެ ސަބަބަކީ ރަށްޔިތުންގެ ގިނަބަޔަކު ބޭނުންވާގޮތަކީ އެއީ ކަމަށްވާތީ
ބޮޑުވަޒީރުކަމަށް ނާދެވިގެން ތެޅޭ މީހެއް އުޅޭނެ ދިވެހިރާއްޖޭގައި. ފެންނަ ފެނުމަށް އޭނާ ވަރަށް ކޮލެޓީވާނެ އެކަމު ދެއްކޭ ނުދެއްކޭވާހަވެސް ބައެއް ފަހަރު ނޭނގޭނެ. ގިނައިން އިންނާނި ހިނދުކޮޅުގަ. ނަމުން ޑިމޮކްރަސީގެ ބައްޕަ. ކަމުން ދުނިޔޭގަ މިހާރުހުރި އެންމެ ބޮޑު ޑިކްޓޭޓަރ.
ހާދަ އޮފްކަން ގަދައޭ! ހެޔޮވިސްނުން ދެއްވައި ހެޔޮރަޙްމަތް ލައްވައި އިސްލާމްދީން މަތިވެރިކުރައްވާންދޭވެ!
ދެން މާ މޮޅުމީހަކަށްދޯއެވީ ތިމަނާއަކީ ކާފަރެކޭ ބުނުމުން.
މީނާއަކީ މުސްލިމުންނަށް ސީދާ ނަފްރަަތުކުރާ އަދި އިޒްރޭލަށް ފާޅުގަ ތާއިދުކުރާ މީހެއް. މީނާގެ ވިކިޕީޑިއާާ ޕޭޖް އެކަނި ކިޔާލީމަވެސް އެނގޭނެ މީނަގެ ހަގީހަށް
https://en.wikipedia.org/wiki/Sajid_Javid
ދެން ކީއްވެ ސާޖިދު ކިއަނީ އިސްލާމްދީން ގަބޫލުނުކުރާ މީހަކަށް. ކިޔަބަލަ މާގުރެޓު ނޫނީ ބޮރިސް ކަހަލަ ނަމެއް.