ސްރީލަންކާގެ ކޮލަމްބޯގެ ބޮރެއްލާގެ ހައުސިންގ ކޮމްޕްލެސްއެއްގެ ގެއެއްގެ ތެރޭގައި އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ސިންގަޕޫރާ ހައުސިންގ ކޮމްޕްލެކްސްގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނިފައި ވަނީ އުމުރުން 65 އަހަރުގެ އަންހެނެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ މަރާލާފައި ވަނީ އޭނާގެ އަންހެން ދަރިފުޅު ލަކުޑި ދަނޑިއަކުން ބޮލަށް ހަމަލާދީގެންނެވެ.

ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި އަންހެން ދަރިފުޅު އޭނާގެ މަންމައަށް ހަމަލާދީފައިވަނީ އަމިއްލަ މައްސަލައެއްގެ ސަބަބުންނެވެ. އެކަމަކު އިތުރު ތަފްސީލެއް ހާމަކޮށްއެއް ނުވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ މިހާރު ހުރީ ހައްޔަރުގައެވެ. އަދި މިއަދުގެ ވަގުތެއްގައި ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބުނެފައި ވެއެވެ.