23:23

އިނގިރޭސިވިލާތުގެ 34 ސަރަހައްދަކަށް މިއަދަކީ އެންމެ ހޫނުގަދަވި ދުވަސް ކަމަށް ވަނީ ރެކޯޑް ކުރެވިފައި.

21:33

މިއަދަކީ ސްކޮޓްލޭންޑަށް ވެސް އެންމެ ހޫނު ދުވަސް ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފި.

އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ، ސްކޮޓްލޭންޑުގެ ބޯޑަރުގައި އޮންނަ ޗާޓާ ހޯލުގެ ހޫނުމިން މިއަދު މެންދުރު ފަހުން ރިކޯޑް ކުރެވިފައިވަނީ 34.8 ޑިގްރީ ސެލްޝިއަސްއަށް ކަމަށާއި މީގެ ކުރިން އެންމެ ހޫނު ކަމަށް ރިކޯޑް ކުރެވިފައިވަނީ 32.9 ގައި ގްރޭއިކްރޫކްގައި 2003 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު.

21:16

ބާރުބޮޑުވެ ލަންޑަންގެ އެމްބިއުލާންސްގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކަށް ގަޑިއަކު 400 އަށްވުރެ ގިނަ ފޯނު ކޯލުތައް އަންނަން ފަށައިފި.

21:15

އިނގިރޭސިވިލާތުގެ 29 ސަރަހައްދެއްގައި ހޫނުމިން ރިކޯޑް މިންވަރަކަށް އަރައިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

20:54

އިނގިރޭސިވިލާތުގެ ބައެއް ހިސާބުތަކަށް މިރޭ ގުގުރާ ވިދާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފި.

އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ ގުގުރާ ވިދުމާއި ގުޅިގެން ރޯވެފައިވާ އަލިފާންގަނޑު އިތުރަށް ގަދަވެ، އިމާރާތްތަކަށް ވެސް ގެއްލުންތައް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް.

20:52

ލަންޑަންގެ ހީތްރޯގައި ރިކޯޑް މިންވަރަކަށް ހޫނުމިން މައްޗަށް ގޮސްފައިވާއިރު، އެގައުމުގެ ކޮނިންގްސްބައިގެ ހޫނުމިން 40.3 ޑިގްރީ ސެލްޝިއަސް އަށް އަރައިފި.

20:50

ޑާޓްފޯޑުގެ ޖަންގައްޔެއްގައި އަލިފާން ރޯވެފައިވާ މަންޒަރު.

20:49

އިނގިރޭސިވިލާތުގެ ފެހިކަން ބޮޑު ސަރަހައްދެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސުންނާފަތިވެފައިވާ ފޮޓޯތަކެއް.

20:46

އިނގިރޭސިވިލާތުގެ ލެސެސްޓާއާއި ރުތްލޭންޑްގައި އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވާތީ އެ ދެ ސަރަހައްދަކީ ވެސް "ބޮޑު ހާދިސާ" އެއް ހިނގާފައިވާ ދެ ތަން ކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އިއުލާނު ކޮށްފި.

އެފަރާތްތަކުން ބުނެފައިވަނީ އަލިފާން ރޯވެގެން ހިތަށް އަންނަ އެލާމް ތަކަށް އެފަރާތްތަކުން ނުދާނެ ކަމަށާއި ނަމަވެސް ކުއްލި ހާލަތަކަށް ބޭނުން ވެއްޖެނަމަ، ގުޅާލުމުން ހަރަކާތްތެރިވާނެ ކަމަށް.

20:28

އެގައުމުގެ ލަންޑަން އީސްޓަން ފުރާ ފަރާތްތަކާއި އެތަނަށް ދާ ފަރާތްތަކުން ވަކި ސަރަހައްދަކުން ދަތުރު ނުކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފި.

އެފަރާތްތަކުން އެގޮތަށް އިލްތިމާސް ކޮށްފައިވަނީ ރޭލުތަކަށް ކަރަންޓް ދީފައިވާ ބައެއް ކޭބަލްތައް ހަލާކުވުމުގެ ސަބަބުން.

20:08

އިނގިރޭސިވިލާތަށް ރިކޯޑް މިންވަރަކަށް ހޫނު ގަދަވެއްޖެ.

20:07

ހޫނު ގަދަވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ލަންޑަންގައި ރޯވެ އަނދަން ފަށައިފި.

 

20:05

ކޮންމެ ތިން އަހަރަކުން އެއް ފަހަރު މި ހޫނާއި ދިމާވާނެ ކަމަށް އިނގިރޭސިވިލާތުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފި.

އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން މިހެން ބުނި ނަމަވެސް ރިކޯޑް މިންވަރަކަށް ހޫނުމިން މަތިވެގެން ގޮސްދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައި.

19:55

ހޫނުގެ ސަބަބުން އެގައުމުގައި ޗޮކްލެޓް ޑެލިވަރީތައް ވެސް މެދުކަނޑާލައިފި.

އެގައުމުގެ ޗޮކްލެޓް ފެކްޓަރީއެއް ކަމަށްވާ ހޮޓެލް ޗޮލްކެޓްގެ ޗީފް އެގްޒެކްޓިވް އަންގަސް ތިރްވެލް ބުނެފައިވަނީ އެގައުމަށް މިހާރު އައިސްފައިވާ މޫސުމަކީ ޗޮކްލެޓް އުފައްދާ މީހުންނަށް އެންމެ ރަނގަޅު މޫސުމެއް ނޫން ކަމަށާއި އެހެން ކަމުން ޗޮކްލެޓް ޑެލިވަރީތައް މިހާރު ހުއްޓާލާފައިވާ ކަމަށް.

"އެތަކެތި ވިރިގެން ދަންޏާ ފޮނުވުމުގެ އެއްވެސް ބޭނުމެއް ނެތް"

އެގައުމުގެ މޫސުމާއި ބެހޭ އިދާރާގެ މައުލޫމާތަށް ބަލާއިރު، 1990 ވަނަ އަހަރުގެ އޮގަސްޓް މަހު އެގައުމަށް ކުރިމަތިވި ހޫނުގެ ސަބަބުން ލިވަޕޫލްގެ ޗޮކްލެޓް ފެކްޓަރީން އުފެއްދި ހުރިހާ ޗޮކްލެޓެއް ވަނީ ވިރިހެން ގޮސްފަ.

19:51

އިނގިރޭސިވިލާތަށް ދިމާވެފައިވާ ހޫނުގެ ސަބަބުން އެގައުމުގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއީ "ބޮޑު ހާދިސާ" އެއް ކަމަށް ނިންމައިފި.

އެގައުމުގެ ލަންޑަންގެ މޭޔަރު ސާދިޤް ޚާން އެކަން ސިފަ ކޮށްފައިވަނީ "ކްރިޓިކަލް" ހާދިސާއެއްގެ ގޮތުގައި. އަދި އެކަމުގެ ސަބަބުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ތިބީ ޕްރެޝަރުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ.

އެހެން ކަމުން ހުރިހާ ރައްޔިތުން ވެސް ހޫނުން ރައްކާތެރިވެ ތިބުމަށް އޭނާ ވަނީ އެދިފައި.

19:46

އިނގިރޭސިވިލާތް އާދަޔާ ހިލާފަތް ހޫނުވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މޭޒުމަތީގައި ބޭނުން ކުރާ ފަންކާތަކުގައި ކޮތަޅަކަށް ލާފައި ހުރި އައިސް ކިއުބްތައް ހައްޔަރުކޮށް ފިނި ވައި ލިބޭތޯ ބަލަމުން.

އެކަން އެގޮތަށް ކުރާ ފަރާތްތަކުން ކަރަންޓް ޝޮކްތަކުން ސަލާމަތް ވުމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ.

އެފަރާތްތަކުން ބުނެފައިވަނީ އައިސްތައް ވިރިހެން އަންނަ ފެންތައް ފަންކާގެ މޯޓަރުގައި ޖެހިގެން ވެސް އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް. ނުވަތަ ފަންކާއަށް ބަރުވެ ވެއްޓިގެން ވެސް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށް ވަނީ ބުނެފަ.

19:40

އިނގިރޭސިވިލާތުގައި މިއަދު މެންދުރު 3 ޖެހުމާއި ހަމައަށް ހޫނުމިން ރިކޯޑް ކުރެވިފައިވާ މިންވަރު ފެންނަ ފޮޓޯއެއް.

19:39

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހޫނުގެ ސަބަބުން އެގައުމުގެ އެކި އެކި ސަރަހައްދުތަކުގައި 10 އަލިފާން ގަނޑު މިހާރު ވަނީ ރޯވެފައި. އޭގެ ތެރޭގައި ބައެއް ގެތަކުގައި ރޯވެފައިވާ އަލިފާންޑާއި ގަސްތަކާއި ވިނަތަކުގައި ރޯވެފައިވާ އަލިފާން ހިމެނޭ.

މި ބްލޮގުން ގެނެސްދޭނީ ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ހޫނު ގަދަވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުގައި ހިނގަމުން އަންނަ ހާދިސާތަކެވެ.

މީޑިއާ ރިޕޯޓްތަކުން އެންމެ ފަހުން ގެނެސްދީފައިވާ މައުލޫމާތަށް ބަލާއިރު، ހޫނު ގަދަވުމުގެ ސަބަބުން އެގައުމުގެ މީހުން ދިރިއުޅޭ ގަތަކުގައި ވަނީ އަލިފާން ރޯވެފައެވެ. އަދި އެގައުމުގެ ވެރިރަށް ލަންޑަންގެ މެދުތެރޭގައި އޮންނަ ލުޓޮން އިންޓަނޭޝަނަލް އެއާޕޯޓާއި އިނގިރޭސިވިލާތު ސިފައިންގެ އެންމެ ބޮޑު އަސްކަރީ އެއާޕޯޓް ކަމަށްވާ އޮކްސްފޯޑްޝައާގެ އެއާޕޯޓް ރަންވޭގެ ތާރުތައް އަންނަނީ ހޫނު ގަދަވުމުގެ ސަބަބުން ވިރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރާނީ ސަލާމަތްވިބާ؟ ރާނީގެ ގަނޑުވަރުގައި އަލިފާން ރޯނުވޭބާ؟

  2. އަލިފުތާ

    މާތްﷲ ކޯފާ ފޮނުއްވާ ގޮތް ނިކަން ދެކިބަލާށެވެ!

  3. ބޯކިބާ

    ބަގުދާދަށް ބޮންއަޅާ ތަންތަން އެންދި ދުވަސްވަރު ހަނދާނަށް އަންނަނީ.