އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިއަކު އަނެއްކާވެސް ރަސޫލާއަށް ފުރައްސާރަ ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވަނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ތެލަގާނާގެ ބީޖޭޕީ އެމްއެލްއޭ ރާޖާ ސިންގ އެވެ.

މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި އޭނާ ވަނީ ރަސޫލާ އަށް އިޝާރާތްކޮށް ބަދުބަސް ބޭނުން ކޮށްފައެވެ. މިކަމާއި ގުޅިގެން އެގައުމުގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

އެގައުމުގެ އާންމު ރައްޔިތުން އެކަމާއި ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަން ފެށުމުން މިހާރު އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ. އަދި އޭނާ ހުންނަވާ ބީޖޭޕީން ވެސް ވަނީ އެފަދަ އަމަލަކާއި ގުޅިގެން އޭނާ ހައްޔަރު ކުރުމުން އޭނާ ހުންނަވާ މަގާމުން ސަސްޕެންޑް ކޮށްފައެވެ.

މިފަދަ މައްސަލަ ރޭ ފެންމަތިވެފައިވާއިރު، މީގެ ކުރިން ވެސް އެޕާޓީގެ މެމްބަރުންތަކެއް ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އޭރު އެކަން ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމަކުން ވަނީ ކުއްވެރި ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަބޫ

    ދިވެހި ރާއްޖެއަށްވުރެ އިންޑިޔަވެސް މަަރަގަޅު. ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނަށއ ފުރައްސާރަ ކުރީމަ ހައްޔަރުކޮށް ޕާޓީން ސަސްބެންޑް އެބަކުރޭ. މިތަނުގަ މޮޔައަކަށް ހަދާފަ ދުކޮށްލަނީ. އަނެއްދުވަހު އަނެއްކާ ތަކުރާރުވަނީ.

    30
    3
  2. މި

    އަސްތަޤްފިރުﷲ

    23
    1