އިންޑިއާގެ ކަރްނާޓަކާއި ބީޖޭޕީ ލީޑަރަކު، ﷲ ސުބުހާނަހޫ ވަތައާލާއަށާއި، ބަންގި އަށް ކުޑައިމީސްކޮށް އެއްޗެހި ކިޔާ، އިސްލާމްދީނަށް ފުރައްސާރަ ކޮށްފިއެވެ.

ބީޖޭޕީގެ ސީނިއަރ ލީޑަރެއް އަދި އަދި ކުރީގެ މިނިސްޓަރެއް ކަމަށްވާ ކޭއެސް އެޝްވަރައްޕާ އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވަނީ އާންމުން އެއްކޮށްގެން އޭނާ ވާހަކަ ދައްކަން ހުރި ވަގުތަކާއި، އެ ހިސާބުގެ މިސްކިތެއްގައި ބަންގި ގޮވި ވަގުތާ ދިމާވުމުންނެވެ.

"އަހަރެން ދާ ކޮންމެ ތަނަކުން މި ކަމާ ހެދި އަހަރެންގެ ބޮލުގައި ރިއްސާ." އޭނާ ބުނެފައިވެއެވެ.

"ސްޕްރީމް ކޯޓުގެ ހުކުމް އޮތީ ކައިރީގައި، މިއަދުވެސް ހަމަ ހުކުމް ކޮށްފާނެ. މި ބަންގި ގޮވުން ނިމުމަކަށް އަންނާނެ."

އެއަށް ފަހު އޭނާ ވަނީ ﷲ ސުބްހާނަހޫ ވަތައާލާ ނަމާދު ގަބޫލުކުރައްވަނީ ހަމަ އެކަނި ބަންގި ގޮވާއިރު ލައުޑްސްޕީކަރު ބޭނުން ކުރީމައިތޯ ސުވާލު ކޮށްފައެވެ.

"ފައްޅިތަކުގައި އަންހެނުންނާއި އަންހެން ކުދިން އަޅުކަން ކޮށް، ދީނީ ލަވަތައް ކިޔައި އުޅޭ. އަހަރެމެންވެސް މީ ދީންވެރި މީހުން، އެކަމަކު އަހަރެމެން ލައުޑްސްޕީކަރެއް ބޭނުމެއް ނުކުރަން. އޭގެ މާނައަކީ ﷲ ބީރީއޭ." ﷲ ސުބުހާނަހޫ ވަތައާލާއަށް އެކަށީގެންނުވާ ބަސްތައް ބޭނުންކުރަމުން އޭނާ ބުނެފައިވެއެވެ.

އެޝްވަރައްޕާ އަކީ ކުރީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ކަންވެސް ކޮށްފައިވާ މީހެކެވެ. އަދި މީގެ ކުރިންވެސް އޭނާ ދެއްކި ވާހަކަތަކަކުން ވަނީ ފާޑުކިއުން އަމާޒުވެފައެވެ.

އޭނާ ވަނީ 18 ވަނަ ގަރުނުގައި މައިސޫރުގައި ވެރިކަން ކުރި ޓީޕޫ ސުލްތާން އަކީ "މުސްލިމް ގުންޑާ" އެއް ކަމަށް ބުނެފައެވެ.

އޭނާ މިދިޔަ އަހަރު މިނިސްޓަރު ކަމުން ވަކިވާން ޖެހިފައިވަނީ އަމިއްލަ އަށް މަރުވި ކޮންޓްރެކްޓަރެއް، އޭނާ މަރުވުމުގެ ކުރިން ލިޔުނު ނޯޓެއްގައި، އޭނާގެ މަރުގައި ޒިންމާވަނީ ހަމައެކަނި އެޝްވަރައްޕާ ކަމަށް ބުނެފައި ވުމުން އެ މައްސަލައިގެ ތެރޭގައި ތާށިވުމުންނެވެ.

އިންޑިއާގައި ބަންގި ގޮވުމާއި، ބަންގި ގޮވާއިރު ލައުޑްސްޕީކަރު ބޭނުންކުރުމާއި މެދު ވަރަށް ގިނައިން ހިޔާލު ތަފާތުވުން އުފެދި، މައްސަލަތައް ފެންމަތިކޮށް، ކޯޓާއި ހަމައަށްވެސް ދެއެވެ.

2005 ވަނަ އަހަރުގެ ޖުލައި މަހު ސްޕުރީމް ކޯޓުން ވަނީ، ކުއްލި ހާލަތުގައި ފިޔަވައި ރޭގަނޑު 10 އިން ހެނދުނު 6 އަށް ލައުޑްސްޕީކަރު ބޭނުން ކުރުން މަނާކޮށްފައެވެ. އޭގެ ފަހުން އެ އަހަރުގެ އޮކްޓޯބަރު މަހު ކޯޓުން ބުނެފައިވަނީ ހާއްސަ ހަފްލާތަކާއި ދިމާކޮށް އަހަރަކު 15 ދުވަހު މެންދަމު 12 ޖަހަންދެން ލައުޑް ސްޕީކަރު ބޭނުން ކުރެވިދާނެ ކަމަށެވެ.

ބަންގީގައި ހިމެނޭ ބައެއް ބައިތަކުން އެހެން ދީންތަކުގެ މީހުންނަށް އުނދަގޫވާ ކަމަށް ބުނެ ކޯޓަށް ހުށައެޅި މައްސަލައެއްގެ އަޑު އެހުމުގައި، މިދިޔަ އަހަރު ކަރްނާޓަކާގެ ހައި ކޯޓުން ވަނީ އެކަން މިސްކިތްތަކަށް މަނާކުރުމަށް ދެކޮޅު ހަދާފައެވެ. ކޯޓުން ބުނެފައިވަނީ ގާނޫނުގެ އަސާސަކީ އެއްބައެއްގެ ކަންތައްތައް އަނެއްބަޔަކު ބަލައިގަނެ ސުލްހަވެރިކަމާއި އެކު އުޅުން ކަމަށެވެ. އަދި ބަންގިން އެހެން ދީން ތަކުގެ މީހުންގެ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނާ ބުނުން ގަބޫލު ނުކުރެވޭނެ ކަމަށްވެސް ކޯޓުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މުޑިކާށި

    ބީޖޭޕީގަ ތިބީ ހުސް މިކަހަލަ ނުބައި ނުލަފާ ޖައްބާރުން

    95
    2
  2. Anonymous

    ކަލޯ ބަންގީގެ އަޑަށް ޝައިޠާނާ ފުރަގަސްފަރާތުން ވައި ބޭރުވާ ޙާލު ފިލަން ދުވާނެކަމަށްވޭ.
    އެހެންވީމަ ތިއާލާތުންގެ ކައިރިން އެންމެ ހިނދުކޮޅަކަށް ވެސް އެކަލޭގެ ވަކިވިޔަނުދޭށޭތަ ތިޔަބުނަނީ.
    މިފެންވަރު ބަޔަކާއި މިއުޅެނީ ގުޅިގަަނެގެން.

    88
    4
  3. ހުސޭނުބޭ

    ކަލޯ!.... ފައްޅިތަކުގައި ލައުޑް ސްޕީކަރު ބޭނުންކުރީމާ ކުރިމަތީގައި ހުންނަ ހިލަގަނޑަށް އަޑުނީވޭކަން ކަލޯޔަށްވެސް އެނގޭ! ބަލަގަ ބަންގި އެއީ މީހުންނަށް އިއްވަން ގޮވާ އެއްޗެއް. ތި ކަހަލަ ޝައިޠާނުން ބަންގި ގޮވާ އަޑު އިވުނީމާ ބޮލުގައި ރިއްސާނެ!

    102
    2
  4. Anonymous

    މަރުމޯލުގެ ނިމުން މާ ހިތިވެދާނެ! ބިރުވެތިވޭ!

    81
    2
  5. އަލްޖިބްރާ

    ނިމުމަކަށް އަންނާނީ ބަންގީގެ އަޑެއް ނޫން ! ނިމުމަކަށް އަންނާނީ ތިކަހަލަ ޖާހިލުން !

    82
    2
  6. އަހުމަދު

    ބީޖޭޕީ ގަ ނެތިއްޔޭ މިނޫން އެކެތިވެސް. ތި ޝައިތާނާގެ ނިމުން އަވަސް ކުރައްވާށި.. އާމީން

    52
    1
    • ކަމަނަ

      މޯދީ ވެރިކަމަށް އައިފަހުން އިސްލާމްދީނާ އިދިކޮޅަށް ފާޅުގަ ފުރައްސާރަ ކުރަން ފެށީ ބީޖޭޕީ ކުރިންވެސް ވެރިކަން ކުރި އެކަ މަކު މިފަދަ ނުލަފާ ވާހަކަތައް ފާޅުގަ ދައްކާފައެއް ނުވޭ. އަދި އިންޑިއާއިން އިސްލާމީ ނަސްލު ނައްތާލާ ވާހަކަވެސް ދައްކާފައެއް ނުވޭ

      10
  7. އަހުމަދު

    ކަލެއަށް ހަލާކުހުރި

    49
    1
  8. ޝްރެ

    ވޮޗް ޔުއަރ ވޯރޑްސް އިޓްސް އޯލް ރިޓެން،......ކަލޯގެ އަނގައިން އަޑު ނިދައި ހޭލާއިރު ހުންނާނެ ކަމުގެ ކޮން ޔަގީން ކަމެއްބާ އޮތީ... ބަންގީގެ އަޑަކީ މުޅިދުނިޔޔޭގެ އެއްކޮޅުން އަނެއްކޮޅަށް މެދުކެނޑުމެއްނެތި ގޮވަމުންދާނެ އެއްޗެށް..

    46
    1
  9. ހުވަދު

    ބަންގި ގޮވުމެއް ނުހުއްޓުވޭނެ ކަލޯ.

    56
    1
  10. އަލީ

    ހިތިގޮތަކައް ކަލޭގެ ނިމުން އައްނާނެ

    42
    1
  11. ބަބުރު

    މިރާއްޖޭގެ ސައިތާނެކޭ ކަލެއެކޭ ހަމައެއްވަރު ބަންގިކަނޑަން އުޅޭދެސައިތާނުންތީ ތިކަމެއްކަލޭދެމީހުންނަކަށް ނުވާނެ ﷲ ގެ ކުޅަދުނަވަންތަކަން މާބޮޑު.

    30
    1
  12. ބޮސް

    ދެންއިވޭނީ މިގޮލާއަށް ހީވެސްނުކުރާކަހަލަ ގޮތެއްވެގެން އުޅޭއަޑު އެންމެއަވަހަށް. އިންޝާﷲ. ބަލަންތިބޭތި.

    32
    1
    • ޜަޟީ

      ދުވަހަކު ވެސް ވިތަ އެކަހަލަ ކަމެއް. މަށެއް އަޑެއްނާހަން. އެހެން ނޫން ނަަމަ ސައުދީގެ އަނިޔާވެރި ޖައްބާރު ވެރިންނަށްތާ ތިކަހަލަ ކަމެއް ދިމާވާނި

      3
      3
  13. Anonymous

    އަދުގެ އިންޑިޔާ ސަރުކާރާއި ގުޅުން ބަދަހިކުރުން ހުއްޓާލަންޖެހޭ.

    31
    1
  14. އަލީ

    ބަންގީގެ އަޑެއް ނުކެނޑޭނެ ކެނޑޭނީ ހިތިގޮތަކައް ކަލޭގެ އަޑު

    35
    1
  15. ޝާހް

    މިނާއަށް ހިދާޔަތް ދައްކަވައި އިންޑިޔާގެ އެންމެ ބޮޑު މިސްކިތުގެ ބަންގިގޮވާ މުދިމަށް ހައްދަވައިފާނދޭ.

    39
    1
  16. ޢާބެ

    ޢަޅޭ ޙަމަ ނުވިސްނެނީ ދެއްތޯ- އިލާޙީ ގާނޫނަކީ އިންސާނުން ކޮމެންޓު ކުރަން ފުރުސަތު ދޭ ކަންނަމެއް ނޫން- ލޯ މަތިން ކަންނަން ހިގަމުންދާ އިރުވެސް ޖެހޭތަން ހިރުވާވެސް ނުލާ- ތިކަމެއް ނުވާނެ ކަލޭގެ އަޑު ކެޑޭނީ- ބަންގި އަޑު ހަމަ ދާނީ އަޑު ގަދަކޮއް- މީހުންގެ ސަމާލުކަން ހޯދާނީ ބަންގި ވާހަކައަކުން ނޫން- ތި ވަރު މަގާމެއް ގަ ހުންއިރު ބޯ ހަމަ ނުޖެހޭ ވާހަކަ ދެއްކީ މަ ދެން އަންނާނީ މަތިން އިލާހީ އަޒާބު

    12
    1
  17. ސަރަގު

    މިކަލޭގެ ދުލުގައި ގަދަފަދަ ވޭނެއް އަޅައިގެން އުޅޭތަން ދުނިޔެމަތީގައި ދައްކަވާފާނދޭވެ. އާމީން، ޔާރައްބަލްޢާލަމީން.

    13
    1
  18. ދިވެހި މީހާ

    ޔާﷲ މިފަދަ ޖާހިލުން ތެދުމަގަށް ރުޖޫޢަ ނުވާކަމުގައި ވަނީނަމަ އެމީހުންނަކީ އަޑުނީވޭ މަންމަނު ބައެއްކަމުގައި ލައްވާށި.

    23
    1
  19. ގތބގތ

    ގެރިގޮރު ބޮއެގެން ހިލަޔަށް އަޅުކަން ކުރަން އޮވޭ ތި ސޭތާނު

    14
    1
  20. އަހުމަދު

    މި ނުލަފާ ޖައްބާރު ޝައިތާނާގެ ނިމުން ހިތިކުރައްވާނދޭ! އާމީން

    16
    1
  21. މަފިކުރުކކކކކ

    ނިމޭނީ ގެިއަށް އަޅުކަން ކުރުމާ ގެރީގެ ގޮރުން ފެންވެރުން ﷲ ގެ ދީނާ ތައުހީދު ދާނީ ކުރިޔަށް

    16
    1
  22. ހެ

    ދާދި އިހަކަށް ދުވަހު ކޮވިޑުގެ އާލަމީ ވަބާގަ އެއްމެން ގޮތްހުސްވެގެން ކުރިން ބަންގީގެ އަޑު ކަނޑާލައިފައިވާ ސަހަރު ތަކުންނާ އަދި ދުވަކުވެސް ބައްގީގެ އަޑު ނުއިވޭ ސަހަރުތަކުގެ އަޑުގަދަ ކުރާތަކުން ބަންގި ގޮވަންފެށީ. ބައްގީގެ އަޑެއް ކަނޑައެއް ނުލެވޭނެ. އެއީ ވާނެ ކަމެއްނޫން.

    17
    1
  23. ާައާއިސަ

    މަ ބަލާނަން ކަލެއަށް ތިކަން ވޭތޯ. ކިޔޭ ނުކިޔޭ އެއްޗެއް ނޭންގޭ ތި ދޫ ވާކުރައްވާންދޭވެ....