އިންޑިއާގެ ކަރުނާޓަކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ބޮޑުތަނުން ބީޖޭޕީ ބަލިކޮށް ކޮންގްރެސް އިން ކާމިޔާބު ހޯދައިފިއެވެ.

މިއަދު ބޭއްވި އިންތިހާބުގައި ކޮންގްރެސްއިން 137 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އިންތިހާބުގައި 224 ގޮޑި ހިމެނިގެން ދިޔައިރު ބީޖޭޕީއަށް ލިބިފައިވަނީ މަދު ގޮނޑިއެވެ. މިއީ އެޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބެކެވެ.

މިއަދު ސާފުވެގެން ދިޔަ ނަތީޖާއިން ދައްކާ ގޮތުން ކޮންގްރެސް ޕާޓީއަށް ލިބުނު 137 ގޮނޑީގެ ތެރޭގައި މި ދައުރުގައި މުޅިން އަލަށް ކަށަވަރުވި 57 ގޮނޑި ހިމެނެއެވެ. ބީޖޭޕީއަށް ލިބިފައި ވަނީ 65 ގޮނޑިއެވެ. އެއީ މިދިޔަ ދައުރާ އަޅާކިޔާއިރު، 39 ގޮނޑިއަށް ވުރެ މަދު އަދަދެކެވެ. ޖޭޑީއެސް އަށް 19 ގޮނޑި ލިބުނު އިރު އެ ޕާޓީއަށް ވެސް ވަނީ ކުރީ ދައުރާ އަޅާބަލާ އިރު 18 ގޮނޑި ގެއްލިފައެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކަށް 3 ގޮނޑި ލިބިފައި ވެއެވެ.

2018 ގައި އޮތް އިންތިހާބުގައި މި ސްޓޭޓުން ބީޖޭޕީ ވަނީ 104 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެފަހަރު ކޮންގްރެސް އަށް ލިބިފައި ވަނީ 78 ގޮނޑިއެވެ.

އިންޑިޔާ ސަރުކާރާއި އިދިކޮޅު ކޮންގްރެސް މި އިންތިހާބު ކާމިޔާބު ކުރުމުން އެ ސްޓޭޓް ސަރުކާރަށް ގެއްލޭނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެއީ އިންޑިއާގެ އުތުރާއި މެދުތެރެ އަދި ދެކުނުގެ މެޖޯރިޓީ ބީޖޭޕީއަށް އޮތް ނަމަވެސް ކެރަލާ، ޓެމިލްނާޑު، އަންދްރަ ޕްރަދޭޝް އަދި ތެލަންގަނާ ފަދަ ސްޓޭޓްތަކުގެ މެޖޯރިޓީ ކޮންގްރެސް އަށް އޮތުމުންނެވެ.

މި އިންތިހާބަކީ އަންނަ އަހަރު އިންޑިއާގައި އޮންނަ އާންމު އިންތިހާބަށް ވަރަށް މުހިންމު އިންތިހާބެކެވެ.

އާބާދީގައި 67 މިލިއަން މީހުން ދިރިއުޅޭ ކަރުނާޓަކާ އަކީ، އާންމު އިންތިހާބުގައި ނަތީޖާ ބަދަލު ކުރުމުގައި މުހިންމު ސްޓޭޓެކެވެ. އައިޓީއަަށް މަޝްހޫރު ބެންގަލޫރު ވެރިރަށުގެ ގޮތުގައި އޮންނަ ކަރުނާޓަކާގެ ގިނަ ސިޓީތަކަކީ ކިޔަވައިގެން ތިބި ޒުވާނުން ގިނަ ސިޓީތަކެކެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ކޮންގްރެސްއިން މި އިންތިހާބު ކާމިޔާބު ވުމުގެ އަސްލަކީ ބީޖޭޕީ ސަރުކާރުގައި ހިމެނޭ ކަރްނާޓަކާގެ މިނިސްޓަރުންނާއި ގުޅިފައި ހުރި ކޮރަޕްޝަންތައް ފެންމަތި ކުރުމާއި ކޮންގްރެސް ޕާޓީން މުޅި އިންޑިއާގައި ފައިމަގުގައި ކުރި "ޖޯޅޯ ޔަތްރާ" ކެމްޕެއިންނާއި ކަރްނާޓަކާގެ މުސްލިމުންގެ މެޖޯރިޓީ ކޮންގްރެސް އަށް ލިބުމެވެ.

މުސްލިމުންގެ ތާއީދު ބީޖެޕީއަށް ގެއްލިގެން ދިޔަ ސަބަބުތަކުގެ ތެރޭގައި މިދިޔަ އަހަރު މުސްލިމް ސްކޫލަކަށް ބުރުގާ އަޅައިގެން ދަރިވަރުން ދިޔުން މަނާ ކުރުމުން ހިނގި ހަމަނުޖެހުން ހިމެނެއެވެ. މީގެ އިތުރުން ރަށްފުށު ހިސާބުތަކުގެ މެޖޯރިޓީވެސް ލިބުނީ ކޮންގްރެސް އަށެވެ.

ކަރްނާޓަކާ އަކީ 84 ޕަސެންޓް ހިންދޫން އަދި 13 ޕަސެންޓް މުސްލިމުން ދިރިއުޅޭ ސްޓޭޓެކެވެ. ކޮންގްރެސްގެ ކާމިޔާބީ ސަޕޯޓަރުން ފާހަގަ ކުރަމުން ގެންދާ އިރު ކޯސްޓަލް އޭރިއާ (ގޮނޑުދޮށް ލިބިފައިވާ ސަރަހައްދުތައް) ތަކުގެ މެޖޯރިޓީ ލިބިފައި ވަނީ ބީޖޭޕީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މޯދީ އަށް ރަނގަޅު ބޮނޑިއެއް ދޭތި

    44
  2. ޔާ ﷲ

    ކޮންގްރެސް މޮޅުކޮށްދެއްވާށި ރާހޫލް އަށް ކާމިޔާބު ދެއްވާށި އެއީ މުސްލިމުންނަށް ލިބޭނެ އުފަލެއް

    48
    1
  3. احمد

    ތި ބައިމީހިންނަކީވެސް ކާފަރުންނެވެ.
    ޝިރުކުގެ އަހްލުވެރީންނެވެ.
    އެހެނަސް މުސްލިމިންގެ މައްޗައް ޢަދާވާތްތެރިވެ އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ ކާފަރުމީހާއާއި އެނޫން ކާފަރު މީހާއާއި ތަފާތެވެ.
    ކޮންގްރެސް ޕާޓީއާއި ބީޖޭޕީ ގެ ތަފަތަކީ މިއީއެވެ.

    26
    1
  4. ލަކީ

    ހެހެ އެއީިިިި ރައީސް ޔާމީނާ ވާދަކޮށް މޯދީ ބަލިވީ ރަންގަޅު

    7
    5