އޭލިއަން އަތުވެދާނެ ކަމަށް ދުނިޔެ ތައްޔާރުވާން ޖެހޭ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އެގޮތުން ސްކޮޓްލޭންޑްގެ ޔުނިވާސިޓީ އޮފް ސެއިންޓް އެންޑްރޫސްގެ އާ ގްރޫޕަކުން ވަނީ ދުނިޔޭގައި އޭލިއަނުންނާ ދިމާވެއްޖެނަމަ ކުރާނެ ކަމެއްގެ ޕްލޭނެއް އެކުލަވާލުމަށް ބޭނުންވާ ކަަމަށް ބުނެފައެވެ.

އެ މަސައްކަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރުންގެ އެހީ ހޯދާނެއެވެ. އަދި ހަރުދަނާ ޕްރޮޓޮކޯލްތަކާއި މުއާހަދާތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، އެފަދަ އެއްވެސް އެއްޗެއް އުޅޭތޯވެސް ބަލަމުން ދާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސައިންވެރިން މިކަމުގެ ތައްޔާރީތައް ކުރިއަށް ގެންދާނީ ޔުނިވާސިޓީގެ އާ ރިސާޗް ހަބެއްގައެވެ. އަދި އެތަނުގައި އެކްސްޓްރާޓެރެސްޓްރިއަލް އިންޓެލިޖެންސް (އެސްއީޓީއައި) ހޯދުމަށް ހާއްސަ ކުރާނެއެވެ.

ކޮމްޕިއުޓަރ ސައިންސްވެރިއެއް އަދި ސެޓީ ޕޯސްޓް ޑިޓެކްޝަން ހަބްގެ ކޯޑިނޭޓަރު ޑރ ޖޯން އެލިއަޓް ވިދާޅުވީ، އޭލިއާނާއި ދިމާވުމުން އިންސާނީ މުޖުތަމައަށް ކުރާ އަސަރުގެ ތަހުގީގުތައް ކުރިއަށް ދާނެ ކަމަށެވެ.

"އެކަމަކު އިންސާނިއްޔަތަށް ކުރާނެ އަސަރުތަކާ މެދު ވިސްނުމުން ވެސް ކުރިއަށް ދާން ޖެހޭ"

.

އަދި މިކަންކަން މިހާރު ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ގްރޫޕް އިން ވަނީ އާލިއަނާއި ގުޅުން ހުރި އިންޓަލިޖެންސް މައުލޫމާތު ފެނިދާނެ ކަމަށް ބަލާފައި ނަމަވެސް، މުޖުތަމައަށް ކުރާނެ އަސަރުތަކަށް ސަމާލުކަން ދީފައި ވަނީ ވަރަށް މަދުން ކަމަށް ބުނެފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އެފަދަ ދިރުންތަކެއް ފާހަގަކުރެވިއްޖެނަމަ، ދުނިޔެއިން ކަން ކުރާނެ ގޮތަކާއި މެދު ތައްޔާރުވެ ތިބެން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޔަހުޔާ

    އަންނަންޏާ އައިސްދާނެ އެއްނު
    އައިސްސަ ގޮސްދާނެ އެއްނު
    މަމެން ނޫޅެން ބަލާކަށް

    35
    3
  2. ނަސީރު..

    މަ ހަނދާންވީ ކާށިދޫ ދާއިރާ ޖާބެ....

    28
    1
  3. މަރީ

    އައުޖޫޖު މައުޖޫޖު އަންނާނެ

    34
  4. ޏނ

    ދައްޖާލު އަންނާނެ ކަން ޔަޤީން.....އޭރަށް ތައްޔާރުވެ ބަލަ

    38
  5. ހުސޭނުބޭ

    އަހުން ޤަބޫލުކުރާނީ އިމްރާނު އައިސް ކިތާބީ ހެކި ދެއްކީމާ

    22
    1
  6. 4848

    އޭލިއަނުން ވަނީ މިހާރު ވެސް އެެތައް ފަހަރަކު ދުނިޔެއަށް އައިސްފައި. ދުނިޔެ އަށް ކްރޭޝްވެފައިވާ އޭލިއަނުންގެ އުޅަނދުތަކުން އެލިއަނުންގެ ޓެކްނޮލޮޖީ ރިވަރސް އިންޖިނިއަރ ކޮށްގެން އެގެންދަނީ ބޭނުން ކުރަމުން. 1947 ގައި އެެމެރިކާގެެ ރޮޒްވެލް އަށް ކްރޭޝްވި ކުރާފްޓްއަކުން ވަނީ ވަރަށް އާދަޔާ ހިލާފު ޓެކްނޮލޮޖީތައް ފެނިފައި. ލަފާކުރެވޭ ގޮތުގައި އޭލިއަނުންނާ ބެހޭ ވަރަށް ގިނަ މައުލޫމާތުތަކެއް ވަރަށް އަވަހަށް އިއުލާން ކުރާނެ. މިހާރު އެގެންދަނީ މަޑުމަޑުން އިންސާނުން އެކަމަށް ހޭލުންތެރިކުރުވަމުން.

    8
    15
    • ޖޮނީ ޑެޕްތު

      މަގޭ ސުވާލަކީ އެމެރިކާއަށް އޭލިއަނުން ފެނިފައި އެހެން ޤައުމުތަކަށް އެ ނުފެންނަނީ ކީއްވެހޭ. އެމެރިކާއަށް އޭލިއަން ފެނުމަށްވުރެ ރާއްޖެއަށް ހާރުގެރި ސަންތިމަރިޔަނބު ސަފަރުކަތްދާ ފެނުންމުގެ ޗާންސް މާބޮޑު. ސަންތިމަރިޔަނބުގެ ޓެކްނޮލޮޖީގެ ފައިދާ ޑެންޓިސްޓުންަށް ލިބިގެން އެ އުޅެނީ

      16
  7. މިވެރިންނާ ހެދި ބޯގޮވައިފި

    އަބަދު މިކިޔަނީ އޭލިއަނުން އައިސް ދާނެކަމަށް ނުވަތަ ފެންނާނެކަމަށް..އެކަމަކު ފޮޓޯ ޖަހާފަ ހުރީމަ އަހުން ހީކުރީ ތީގެ ގުރޫޕެއް މިކޮޅަށް އައިސް ސައިންސްވެރިންނާ ބައްދަލުކޮށް ފޮޓޯ ވެސް ނަގާފަ ދިޔައީކަމަށް..އަހުން ވިސްނާ ވިސްނާވެސް ނުފެންނަ އެއްޗެއްގެ ފޮޓޯ ކުރެހިގޮތެއް ނޫނީ ނެގިގޮތެއް ނޭނގުނު..އަދި ފޮޓޯތަކުގަ އެހުރީ އިންސާނުންގެ ސިފަޔާ އެއްގޮތަށް..މީގެން އެނގެނީ މިވެރިން މިއުޅެނީ ހިޔާލީ ދުނިޔެއެއްގަ ކަން..ނޫނީ އެއުޅެނީ ޖައްވުތެރޭގަ ފިނިބުރު ޖަހާލަން ނުކުމެ އުޅޭ ޖިންނީންގެ ތެރެއިން ޖިންނިތަކެއް ފެނިގެން..ވަﷲއަޢުލަމް

    23
  8. ޖުހާ.

    އިންސާނުންގެ ސިކުނޑި ނޮޅައިގެން ނުކައިބަލަ. ތިއައީ އިސްލާމީ ޢަޤީދާއާއި އެއްވެސް ގުޅުމެއް އޮތްވާހަކައެއް ނޫން. ފޯކުލޯރު ވާހަކަ.

    27
    1
  9. ޝައްފަ

    މީގެ އޭލިއަން އެއް ރާއްޖޭގަ އެބައުޅޭ. ބުއްޅަބޭ.

    14
    1
  10. ނައިބު

    ދޮންކަލޯ ރީއާނޫ.ސައިންސްވެރިން އަދި ފަލަކު ތަކުގައި އެވެނި ގޮތެއް ވެއޭ، ދުވަސްކޮޅަކުން ދެތަރި ޖެހިގެން އަނެއް ގޮތެއް ވެދާނެއޭ، އޯޒޯން ފަށަލަ ތުނިވެގެން އެތާ ސިމެންތިޖަހަން އިންސާނުންނަށް ޖެހިދާނެއޭ ބުންޏަސް އެއީ އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއެއް ނޫން. އެއީ ރައްބުލް ކާއިނާތު ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޚާއްސަ އެކަލާނގެ ހިންގަވާ ކަންކަން. އިންސާނުންގެ މަސްއޫލިއްޔަތެއް އެކަމުގައި ނޯންނާނެ. އިންސާނުންނަށް އޮތީ ރައްބުގެ އަމުރުތަކަށް ކިޔަމަންގަނެ އެކަލާނގެ ނަހީތަކުން ދުރުވުން. ތައުޙީދުގެ ތިން ބަަޔަށް ފުރިހަމައަށް އީމާންވުން. އެމީހުންނަކަށް (ޢައިރު މުސްލިމުންނަށް) މާބޮޑަކަށް ނޭނގޭނެ.
    ވެދިޔަ(ބައެއް) ކަންކަމާއި ވާ ކަންތަކާއި ވާނޭހައި ބައެއް ކަންކަމާއި އެކަމުގެ ޙަޤީޤަތް ސައިންސަށް އަދި ހޯދިފައި ނުވާ ސައިންސްގެ ޢިލްމާއި ނުބައްދަލު އެތައް ކަމެއްގެ ވާހަކަ ޤުރުއާނާއި ސުންނަތުގެ އަލީގައި އެނގެން އެބައޮތް. އޭގެ ތެރޭގައި ޤިޔާމަތުގެ ބައެއް ޢަލާމާތްތައް ވޭ. މި މިންވަރުން މުސްލިމަކަށް ވިއްޔާ ފުދޭނެ. ޤުރުއާނާއި ސުންނަތުން ސާބިތުވާ މިންވަރަށް އީމާންވީމާ އިސްލާމުންނަށް އެ ނިމުނީ.ނާސާ ނޫނީ ޔަހޫދީންގެ ފަލަކިއްޔާތުން ތަންކޮޅެއް ތަރުޖަމާކޮށްލައިގެން ނޫސްނޫހުގައި ޖެހުމަކީ ތަންދޮރު ނުދަންނަ މުސްލިމެެއްގެ ޢަޤީދާ ފާސިދުވެދާނެ ކަމެއް ކަމަށް ވާތީ ތިޔަޒާތުގެ ހާސަރުތައް ލިޔުމަކީ ބޭނުމެއް ނެތް ކަމެއް ކަމުގައި ނޫނީ ވާ ނިކަމެތި އަޅާއަކަށް ޤަބޫލެއް ނުކުރެވޭ.

    30
    • ކާސިން

      މަދަމާ އެކަން ލޮލަށްފެނި ޔަގީންވާއިރަށް ބުނަން ހުރޭ މީގެ 14 ސަތޭކަ އަހަރު ކުރިން އޮތީ ތިޔަކަން އެނގިފައޭ އަދި ކިރިޔާތާއޭ ކަލޯމެންނަން ތިކަން ތި ރޭކާލީ

      1
      17
  11. Anonymous

    ސައިންސު ވެރިންނަކީ ތިމަންމެނަށް ޢައިބު އެގޭކަމަށް ދައުވާ ކުރާ ކާހިނުން ދޮގުވެރިން !

    • ނަނަނަ

      މޮބައިލް ފޯނާ، ޓީވީ އާ މަތިންދާބޯޓަކީ ތިޔަ ބުނާ ކާހިން ސައިންވެރިން ގެނެސްދުން އެއްޗެހި. އެއީ ފްލޯކް ދޯ.

      1
      7
  12. މަބުނީ

    ކަލޯ ކާސިމާ..އަހަރެމެންނަށް އެނގޭ މިންވަރަކީ މާތްﷲއަށް އަޅުކަންކުރަން އިންސީންނާއި ޖިންނީން ހެއްދެވިކަން..އިންސީންނާ ޚިލާފަށް ޖިންނީންނަށް އެކި ސިފަ ސިފައަށް ބަދަލުވެވުމުގެ ކުޅަދާނަކަށް ދެއްވިކަން..ތިބުނާ އޭލިޔަނެއް ފެނުމުގެ ޗާންސަށްވުރެ ބޮޑު ސިފަބަދަލުކޮށްގެން ޖިންނިއެއް ފެނުން..

    10
  13. ސސ

    ޝަޔާތީނުލް އިންސި އެއީ ދުނިޔެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް، މިހަރުވެސް އެބައި ގަޑު ތަންތަނުގައި ވަރަށްގިނަ، ދުނިޔެ ފަސާދަ ކުރާ އިންސާނުން މަގުފުރައްދާ ބަޔަކީ ޝަޔާތީނުލް އިންސި، ﷲ އަޅަމެން ރައްކާތެރި ކުރައްވާށި މިބައިގަޑުގެ ކިބައިން !

  14. ޑެލްބޯއި

    މީގެ 150 އަހަރު ކުރިން ރާއްޖޭގެ ބައެއް ކައިރީ މޯބައިލް ފޯނާއި އިންޓަރނެޓާއި ޓެލެވިޒަން އާއި މަތިންދާބޯޓުގައި 500 މީހުން އުދުހިފައި އެކިއެކި ގައުމުތަކަށް ދާ ވާހަކަ ދެއްކުމެކޭ މިއަދުގެ މި ދިވެހިން ކައިރީ އޭލިއަނުންގެ ވާހަކަ ދެއްކުން ހަމަ އެއްފަދަވާނެ. ކޮމެންޓްތަކުން އެކަން އެބަފެނޭ.

  15. Anonymous

    ﷲ ތަޢާލާ އޭލިޔަނުން ހެެއްދެވިކަން ދީނުގެ ފަރާތުން އެނގޭކަށް ނެތް. ޖިންނީންނަކީ ވާ ބައެއް. އެެ އެއްޗެއްސަށް އޭލިޔުންގެ ސިފައަށް ވެސް ބަދަލުވެވޭނެ.
    ދެން ތިޔަބުނާ އޭލިޔަނަށް ވުރެ ބޮޑު އިންސީންގެ ތެރެއިންވާ ޝައިޠާނުންގެ ނުރައްކާ. ސަބަބަކީ އެމީހުން މީސްތަކުން މަގުފުރައްދާ ބިމުގައި ފަސާދަ ކުރާއިރު ލޮލަށް ފެންނާނެ، އަޑުވެެސް އިވޭނެ.

  16. މަބުނީ

    ތިޔަބުނި ފަދަ ތަކެއްޗާއި ދިރޭ އެއްޗަކާ ތަފާތު..ތަފާތު އީޖާދުތައް ކުރެވިދާނެ އިންސާނުންނަށް..އެކަމަކު އެއްވެސް އިންސާނަކަށް ދިރުން ހުރި އެއްޗެއް އީޖާދެއް ނުކުރެވޭނެ..އޭލިއަނުންނަކީ ދިރޭ އެއްޗެއް ކަމަށް އެމީހުން އެބުނަނީ...މާތްﷲ ހެއްދެވި
    ދިރޭތަކެތީގެ ތެރޭގަ އިންސީން ޖިންނީން މަލާއިކަތުން ޖަނަވާރުން ދޫނިސޫފާސޫފި ގަސްގަހާގެހި މަސްމަހާމެހި ހިމެނޭ..އެކަމަކު އޭލިއަނުން ލެއްވި ކަމެއް އެނގިފައެއް ނެތް...ގުރްއާން ގަބޫލު ނުކުރާބަޔަކު ބުނެފާނެ ޖިންނީން ނުވަތަ މަލާއިކަތަކު ފެނުނީމަ އެއީ އޭލިޔަނުންނޭ.