މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފްެރާންސް ބަލިކޮށް ދުނިޔޭގެ ތަށި އުފުލާލި އާޖެންޓީނާއަށް މުޅި ދުނިޔޭގެ ތައުރީފު އޮހެމުންދާ އިރު، އެ ޓީމުގެ އެއް ކުޅުންތެރިޔަކަށް ދަނީ ވަރަށް ބޮޑެތި ފާޑިޔުންތަކެއް ވެސް އަމާޒުވަމުންނެވެ. އެއީ އާޖެންޓީނާގެ ގޯލު ކީޕަރު އަދި މިއަހަރުގެ މުބާރާތުގެ ރަން އަންގި ހާސިލުކުރި ކުޅުންތެރިޔާ، އެމިލިއާނޯ މާޓިނޭޒްއެވެ.

މިފަހަރު މާޓިނޭޒް އަށް ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، އާޖެންޓީނާގައި އިއްޔެ ކުރިއަށް ދިޔަ އުފާ ފާޅުކުރުންތަކުގައި، މާޓިނޭޒް އެމްބާޕޭއާ މެދު ވަރަށް އިހުތިރާމް ކުޑަ އަމަލެއް ކުރުމުންނެވެ. އެތައް މިލިއަން މީހުންނެއް އެއްވެފައިވާ އާޖެންޓީނާގެ މަގުތައްމަތީގައި ޗެމްޕިއަން ޓީމު ދަތުރުކުރަމުންދިޔަ ބަހުގެ މަތީގައި މާޓިނޭޒް ހުރީ، އެމްބާޕޭގެ ފޮޓޯއެއް ހަރުކޮށްފައިވާ ކުޑަކުއްޖެއްގެ ސިފައަށް އޮތް ބުދެއް ހިފައިގެންނެވެ.

މާޓިނޭޒްގެ މި އަމަލުގެ ސަބަބުން އެތައް ބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅުކޮށް މީސްމީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

މާޓިނޭޒް އެ ބުދު ހިފައިގެން ހުރި ފޮޓޯއަކާއެކު މީހަކު ކުރި ޕޯސްޓެްގައި ބުނެފައިވަނީ ނަތީޖާ ނުކުމެފައިވާއިރު އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް، އަދި ހާއްސަކޮށް އެހާ ހުނަރުވެރި އިދިކޮޅު ކުޅުންތެރިޔަކަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނެފައިވަނީ އެމްބާޕޭ އަކީ އެއްފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް، އަދި ފައިނަލް މެޗުގައި ހެޓްރިކް ހަދާފައިވާ ކުޅުންތެރިއެއް ކަމަށެވެ. ކުޅުންތެރިންނަށް އެމީހުން ބޭނުން ގޮތަކަށް އުފާ ފާޅުކުރެވޭނެ ކަމަށާއި ނަމަވެސް މާޓިނޭޒްގެ ފަރާތުން މި ފެނުނު އަމަލު ބަލައިނުގަނެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ޒުވާން ކުޅުންތެރިންނަށް މާޓިނޭޒް ދައްކައިދީފައިވަނީ ވަރަށް ގޯސް ނަމޫނާއެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މީސްމީޑިއާގައި ހިޔާލު ފާޅު ކުރި ބައެއް މީހުންވަނީ، އެއް މެޗުގައި އޭނާގެ ގޯލަށް އެމްބާޕޭ ހަތަރު ލަނޑު ޖަހާފައިވާ ކަން މާޓިނޭޒް ހަނދާން ނެތުނީތޯ ސުވާލު ކޮށްފައެވެ.

އެހެން މީހަކު ބުނެފައިވަނީ މިއީ މާޓިނޭޒްގެ ފަރާތުން ފެނުނު ވަރަށް ނާތަހުޒީބު، އަދި ކުޅިވަރުގެ އުސޫލުތަކާއި ހިލާފު އަމަލެއް ކަމަށެވެ.

މުބާރާތް ނިމުނު ފަހުން މާޓިނޭޒް ގެ ފަރާތުން މިފަދަ އަމަލެއް ފެނުނު މީ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ އަށް މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމާއެކު ރަން އަންގި ހަވާލުކުރުމުން ވެސް، މާޓިނޭޒް ވަނީ އެ އަންގި އޭނާގެ ކުރިމަތިފަރާތުގައި ޖައްސާ ހަޑިހުތުރު ވައްތަރެއް ޖައްސާފައެވެ. ގަތަރުގެ ވެރިންނާއި، އެކި ގައުމުތަކުގެ ވެރިންނާއި، ފީފާގެ އޮފިޝަލުންނާއި، އެތައް މިލިއަން މީހުންނެއްގެ ކުރިމަތީގައި މާޓިނޭޒް ކުރި މި ލަތުވެތި އަމަލުގެ ސަބަބުންވެސް އޭނާ އަށް ވަނީ ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ.

އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރި މެޗުގައި އެމްބާޕޭ ވަނީ ތިން ލަނޑު ކާމިޔާބު ކޮށް ހެޓްރިކެއް ހަދާފައެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރު މެޗު 3-3 ގެ ނަތީއާކުން އެއްވަރުވެފައިވުމުން އާޖެންޓީނާ މޮޅުވެފައިވަނީ ޕެނެލްޓީ ޖަހައިގެންނެވެ. ފްރާންސް އިން ޖެހި ހަތަރު ޕެނެލްޓީގެ ތެރެއިން ދެ ޕެނެލްޓީ ނާކިޔާބުވީ ނަމަވެސް އެމްބާޕޭ ވަނީ އޭނާ ޖެހި ޕެނެލްޓީ ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. 65342

    ހަޔާތްކުޑަ މީހެއް. މާޓިނޭޒްގެ ގޯލަށް 4 ލަނޑު އެމްބާޕޭ ޖަހާފަ އޮންނާނީ. އެވެސް ވޯލްޑްކަޕް ފައިނަލްމެޗްގައި. ދެން ލަލަލާ

    41
    2
  2. ކޮންސާންޑް ސިޓިޒަން

    ރަނގަޅަށް ކީޕަރު ހެދީ.ކޮން އެމްބަތްޕެނެއް.

    8
    26
  3. ބޭބެ

    3 ގޯލު ޖެހި

    20
    1
  4. ހުސޭނުބޭ

    މީ ލަދުހަޔާތް އަރުއްވާގަނެފައި ހުންނަ މީހެއްދޯ

    28
  5. ޗަކޮއި

    ވ ލަދުހެކަންފުޅެއްވެސް ނެތް އެހާމެ ޔަހޫދީކަން ބޮޑު ބައިގަނޑެއްތިޔައީ. ވަކިން ހާއްސަކޮށް މެސީ އާއި ތިޔަބުނާކީޕަރު. ވަގުގޯލުޖަހައިގެން މިޅުވިބައެއް ތިޔައީ. ދުނިޔެއަކީ މަކަރުވެރިންގެތަނެއް. އެކަން ވ ސާފުކޮންތޮއޮތީ ފެންނަން.

    19
    3
  6. ކަމަރޭ

    މޮޔަ ކީޕަރެއް ލޮލް

    26
    4
  7. ސަފީރު

    މީނަ މިދެން ކާކު؟ ޢެންމެ މޮޅު ގޯލްކީޕަރު އަންގި ލިބުމުންވެސް އެތައްހާސް މީހުން އެންވެފައި އޮތް ސްޓޭޑިއަމްގަ މީނަ ވަނި ކުރިމަތިފަރާތް އެޓޮރުފީ ޖައްސާ ބަދުއަހުލާގީ އަމަލު ދައްކާފަ

    26
    1
  8. Anonymous

    ކިތަންމެ ކަޑައެއްވިޔަސް ވޯލްޑްކަޕް ފައިނަލްމެޗެއްގައި ފަހުގެ ތާރީޚެއްގައި ހެޓްރިކެއްހެދީ ތި ކީޕަރު އެގޯލެއްގައި ހުއްޓާ، އަދި ޕެނެލްޓީވެސް ކާމިޔާބު ކޮށް ޖުމްލަ ހަތަރުގޯލް... މިހާވަރަކަށް ދޯ ހިތުގަޖެހޭނީ ކީޕަރެއް. އެސޮރު އެއުޅެނީ އެކަމާ ހަޖަމުނުވެގެން.

    43
    1
    • ކުޅަނދޭ

      ދެން އެމްބާޕޭ ގޮވައިން ރަށު ދޯނިން މަހަށްފުރާ….

      4
      23
      • މަސް

        މަސް ބޭނުމަކީ ވަރަށް ސަޅި ކަމެކޭ!
        ކަލޭ ވެސް އާދެ ބަލަ އަހަރުމެން ނާ އެކީ މަހައް ޖަސްސާލަން

        19
        1
      • ބަތްޕެން

        ކަލޭ މަހަށް ދޭ އެމްބާއްޕެ މަހަކަށް ނުދާނެ!! މަހަށް ނުދާތީ ދެކޮޅު ނުޖެހިގެން ދޯ ތިއުޅެނީ

  9. ހުސެން

    މާ ފޮނިވަނީ

    21
  10. ވާނުވާ.

    ވަރަށް އަޚުލާޤީ ފެންވަރު ދަށް ބައެއްގެ ގޮތުގައި އާޖެންޓީނާ ފެނުނީ. ޚާއްޞަކޮށް ކީޕަރު.