އިންޑޮނޭޝިއާގެ ކޯރަކަށް ވެއްޓުނު ހަތަރު އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ހިފައިގެން، ކިނބުލެއް އެ ކުއްޖާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުންދާ ޓީމް ކައިރިއަށް އަތުވެއްޖެއެވެ.

މުހައްމަދު ޒިޔާދު ވިޖަޔާ ނަމަކަށް ކިޔާ މި ކުއްޖާ ގެއްލުނީ މީގެ ދެ ދުވަސް ކުރިން އިރުމަތީ ކަލިމަންޓަން ޕްރޮވިންސްގެ ޖަވާ އެސްޓޫރީ ކައިރިންނެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ބޯނިއޯގެ މަހާކަމް ކޯރަށް ވެއްޓުނު އެ ކުއްޖާ، ބުރަކަށީ މަތީގައި ބައްވާއިގެން ފެންގަނޑުގެ ތެރެއިން ފީނަމުން އެ ކިނބޫ ދަތުރު ކުރާ ތަނެވެ.

10 ފޫޓުގެ ކި ކިނބޫ ފެނިފައި ވަނީ ދޯންޏަކާ ދިމާލަށް ދަތުރުކުރަމުން ދަނިކޮށެވެ.

އާންމުގޮތެއްގައި ގުދުރަތުގެ އެންމެ އަނިޔާވެރި އެއް ޖަނާވަރު ކަަމަށްވާ ކިނބޫ، އެ ކުއްޖާ ގެންގޮސް ދޯނި ކައިރިއަށް ވައްޓާލި އިރު، ދެ ފިރިހެނަކު އެ ކުއްޖާގެ ހަށިގަނޑު ދޯންޏަށް އަރުވާ ތަން ފެނިގެން ދެއެވެ.

މުހައްމަދު ގެނބިގެން މަރުވީ ކޮން ސަބަބަކާ ހުރެކަމެއް އަދި ނޭނގެއެވެ. އަދި އޭނާގެ މަރާއި ކިނބުލުގެ އެއްވެސް ގުޅުމެއް އޮތްކަމެއް އަދި ނޭނގެއެވެ.

ނަމަވެސް މިހާތަނަށް އެނގުނު ގޮތުގައި އެ ކުއްޖާ ކުޅެން އުޅެނިކޮށް ކުއްލިއަކަށް ކޯރަށް ވެއްޓުނީއެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނުމާއި ގުޅިގެން އެ ކުއްޖާގެ އާއިލާއަށް އޭނާގެ ޖަނާޒާ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

ކިނބުލަކީ އަހަރަކު އެވްރެޖްކޮށް 1،000 އެއްހާ މީހުން މަރާލާ އެއްޗެކެވެ.

ރިސާޗްގޭޓުން ބުނި ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ބޯނިއޯގައި 221 ކިނބުލެއްގެ ހަމަލާ އަމާޒުވެގެން 129 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުބީނު މާރނީ

    ތިޔައީ މި ރާއްޖޭ ގައި އުޅޭ "ޗޯރު ކިނބޫ" ގެ ތިމާގެ ކިނބުލެއް.

    19
    11
    • ޞޮއި

      ބޮޑައްވައްތަރީ ރައްޔިތުންގެ3ބިލިއަން ކާލައިގެން ޖަލުގަފިލާހުރި ވަގުކަލޭގެ އާ

      15
      24
      • މުބީން މާރނީ

        ކަލެއަށް ލައިކެއް ނުލިބެނީ ކަލޭ ހެދީ ދޮގު ވީމަ.

        8
        4
      • ކަކުނި

        ބެއްޔާ ހަޖަމުކޮއްލާ...ތިހާރުޅި ތިޔައައީ ހިތުތެރެއިން ޗޯރު ކިނބޫ ގަބޫލުކުރެވޭތީ...

  2. ައަހުމަދު

    ﷲގެ ކުލަދުންވަންތަކަން އެ ނޫންނަމަ ކިނބުލެއް ތިހާ އޮގާތެރި އެއް ނުވާނެ.

    60
    1
  3. ޖާމުނަގަރު

    އޯގާތެރިކަން ދަށްކަން އެއައީ ފުރާނަ ދުއްވާލާފަ ބުރަކަށިމަތީ ބާއްވައިން ‘ އެއީ މިހާރު އުޅޭ ކިނބުލުގެ ވައްތަރެއް ‘،،،،،

    17
    13
    • ޜާ

      ތީ އަނެއްކާ ހުކުމްހަރާމު ވައްކަންހަލާލު ކިބުލެއްބާ

      6
      2
  4. ރެފްރީ

    އެތުއްތުކުއްޖާ ގެނބިގެންއެމަރުވީ.. ކިނބޫ އެބުނެދިނީ އިންސާނުންކިނބުލާމެދު ދެކޭގޮތްރަނގަޅުނޫންކަމާ ކިނބޫވެސް އިންސާނުންދެކެލޯބިވާކަން..

    19
  5. މަފިކުރު

    ކިނބުލުގެ ކަންތައް މިރާއްޖެއަށްވެސް އެބަފޯރާ

    8
    1
  6. ހޮއްކޮ

    އެއްވެސް މީހަކު ނުރުހޭ ބަހަކުން އެމީހަކައްޣީބަ ބުނުމަގީ ވަރައްގޯސް ސިފައެއް

    20