ސްރީ ލަންކާގެ މަގެއްގެ މަތީގައި ފެންހޮޅިއެއް ގޮވާ އުމުރުން 68 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

މަވަނެލާ، ހެމަތަގަމާގެ މަގެއްގައި އިއްޔެ މެންދުރު ފެން ހޮޅިއެއް ގޮވުމުގެ ސަބަބުން މަރުވެފައި ވަނީ، އެ ސަރަހައްދުން ހިނގާފައި ދިޔަ މީހެކެވެ..

ފުލުހުން ބުނީ މަވަނެލާގައި ހުންނަ ވޯޓާ ބޯޑާ ގުޅިފައިވާ ކުންފުންޏަކުން މަގުގެ އެއްފަރާތުގައި ހުރި ފެނުގެ ޕައިޕްލައިން އިންސްޕެކްޓް ކުރަމުންދިޔައިރު، ފެނުގެ ޕްރެޝަރު ބަލަމުން ދިޔަ ކަމަށެވެ.

އަދި އެ މަސައްކަތް ކުރަމުންދަނިކޮށް ހޮޅި ގޮވީ ކަމަށް ވެއެވެ.

އެ ހާދިސާގައި ހިނގާފައި ދިޔަ އެ މީހާއަށް އަނިޔާވިއިރު، އޭނާއަށް މަވަނެލާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގޮސްފައި ވެއެވެ. އޭނާއަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ.

އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ހާދިސާގައި މަރުވެފައިވަނީ މަވަނައްލާ، ހެމަތަގަމާއަށް ނިސްބަތްވާ މީހެކެވެ.

މިކަން ހިނގާދިޔަ ގޮތް މަވަނެލާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.