ނަމާދަށް ތިބޭ މީހުން އިންޑިއާގައި ވެސް ނުމަރާ ކަމަށް، ޕާކިސްތާނުގެ ޕޭޝާވަރުގެ މިސްކިތެއްގައި ބަޔަކު ޖަމާއަތުގައި ނަމާދަށް ތިއްބާ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާ އާ ގުޅިގެން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚުވަޖާ އާސިފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ހަމަލާގައި 100 މީހުން މަރުވެފައިވާއިރު، އިތުރު އެތައް ބަޔަކު ވަނީ ޒަހަމް ވެފައެވެ.

" އިންޑިއާ އާއި އިސްރާއީލުގައި ވެސް ނަމާދަށް ތިއްބާ، އަޅުކަން ކުރަން ތިބޭ މީހުން ނުމަރާ. އެކަމަކު އެކަން މިއޮތީ ޕާކިސްތާނުގައި ވެފައި." ގައުމީ މަޖިލީހުގައި މި ހަމަލާއާއި ގުޅިގެން ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވިއެވެ.

މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހު މެންދުރު ނަމާދު ވަގުތުގައި، ޖަމާއަތުގެ ކުރީ ސަފުގައި ހުރި މީހަކު ޖާނުން ފިދާވެގެންނެވެ.

ނިރުބަވެރިކަމާއި ދެކޮޅަށް ހަނގުރާމަކުރުމަށް އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލަމުން މިނިސްޓަރު ވިދާޅުވީ، މިއީ ޕާކިސްތާނަށް ހަމަޖެހުން ގެންނަންވީ ވަގުތު ކަމުގައެވެ.

2010 އިން 2017 އަށް އެގައުމުގައި ދިން ނިރުބަވެރި ހަމަލާތަކުގެ ހަނދާން އާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ހަނގުރާމަ ފެށުނީ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ވެރިކަމުގައި ސްވާތް އިން ކަމަށާއި، ޕާކިސްތާނު މުސްލިމު ލީގުގެ ނިމިދިޔަ ވެރިކަމުގައި ހަނގުރާމަ ނިމި، ކަރާޗީ އިން ސްވާތް އަށް ސުލްހަ ގާއިމު ކުރެވުނު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެވުނު މަޝްވަރާތަކުގައި، ސުލްހަ ގެއްލުވާލާ މީހުންނާއި މަޝްވަރާކޮށްގެން އެމީހުން ސުލްހައާއި ދިމާލަށް ގެނެވިދާނެ ކަމުގެ ވާހަކަތައް ދެކެވިފައިވާ ކަމަށެވެ. އެކަމާ މެދު އެކި ހިޔާލުތައް ފާޅު ކުރެވިފައިވީ ނަމަވެސް، ނިންމުމެއް ނިންމިފައިވާ ނުވާކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ނިރުބަވެރިކަމުގެ އޮށް އިންދީ ޕާކިސްތާނު އަމިއްލަ އަށް ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިއާއިން އަފްޣާނިސްތާނަށް އެރި އިރު، ޕާކިސްތާނުން އެމެރިކާއަށް "ކުއްޔަށް" ހިދުމަތްތައް ދޭން ހުށައެޅި ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުން 8-9 އަހަރު ދެމިގެން ދިޔަ ކަމަށެވެ.

ހޯމަ ދުވަހުގެ ހަމަލާ ކުށްވެރިކޮށް، އިންޑިއާއިން ވަނީ ޕާކސްތާނަށާއި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔައިފައެވެ.

ބޮން ގޮއްވާލާފައި ވަނީ ޕެޝާވަރުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ސަރަހައްދުގައި ހުރި މިސްކިތެއްގައެވެ. ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ސަރަހައްދަކަށް ސިފައިންގެ ސަފުތަކުން ފުރޭނިގެން ހަނގުރާމަވެރިޔާ ވަތް ގޮތެއް ބަލަން މިހާރު ސިފައިން ވަނީ ހާއްސަ ތަހްގީގެއް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު

    އެމެރިކާއާ ޔޫރޕުން ކުރާ. ކަމެއް ތިއި
    ޕާކިސްތާނު ކުރިއެރިޔަ ނުދޭން ވެގެން

    12
    4
  2. ރަން ރީނދޫ

    ސީ އައި އޭ އިން މިދިޔަ ދެ ހަފުތާގެ ކުރި މަސައްކަތް އެނަލައިޒް ކޮއްލީމަ އެނގޭނެ ތިކަމުގަ ހަގީގަތްތައް. އެއްވެސް ލެއެއް އޮހޮރިއްޖެތަ،ދޮންމީހުން އެކަމުގެ މުގުލުގަ ތިބޭނެ.

    8
    4
    • ޢަހުމަދުވަގާރު

      އަހަރެން ބަނޑު ހަރު ވީވެސް ސީއައިއޭ އާހެދި

      2
      1
  3. ހުވަދު

    ކަލޭ ވެރިކަން ފޭރިގަތް ގޮތަށް އިންޑީޔާގަ ވެރިކަންވެސް ފޭރި ނުގަނޭ