މިދިޔަ ހަފްތާގެ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރޭގައި ތާށިވެފައި އޮތް އަންހެނަކު، ބުރުގާ ނާޅާ ނުކުންނަށް ދެކޮޅު ހަދާ މަންޒަރު ފެންނަ ވިޑީއޯ އެއް މީސް މީޑިއާ ގައި ދަނީ ދައުރު ވަމުންނެވެ.

ރެސްކިއު ޓީމުތަކުން އެ މަންމަ އާއި އޭނާގެ ތިން ދަރިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު، އަންހެން މީހާ އެދުނީ އޭނާއަށް ބޮލުގައި އަޅާނެ ބުރުގާއެއް ދިނުމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ތުރުކީ ވިލާތުގެ ގާޒިއެންޓެޕް ގައެވެ.

އެމީހާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ މީހާ ފެން ބޭނުން ތޯ ސުވާލު ކުރުމުން، އަންހެން މީހާ އެދުނީ އޭނާއަށް ބުރުގާއެއް ދިނުމަށެވެ. އެއާއެކު އެންމެ ކައިރީގައި ހުންނަ މީހާ އެހެން މީހުން ކައިރީ ބުރުގާއެއް ދިނުމަށް އެދެއެވެ.

އަދި އެއަށްފަހު ވަގުތުން އަންހެން މީހާ އަށް ބުރުގާއެއް ދެއެވެ. އެވަގުތު ރެސްކިއު މަސައްކަތް ކުރާ މީހަކު "ދައްތާ. އަހަރެން ދައްތަގެ އީމާންތެރިކަން ދެކެ ލޯބިވޭ" އޭ ބުނާ އަޑު އިވެއެވެ.

 

View this post on Instagram

 

A post shared by IlmFeed (@ilmfeed)

ބުރުގާ ދިނުމުން އަންހެން މީހާ އެތަނުން ނުކުތީ ބުރުގާ އަޅައިގެންނެވެ. ހަތަރެސްފައި ޖަހައިގެން، ރެސްކިއު މަސައްކަތްތެރިއެއްގެ އެހީގައި އޭނާ އެތަނުން ނުކުންނަށް މަސައްކަތް ކުރަމުން ދިޔައިރު، މަސައްކަތެރިން ދިޔައީ އަންހެން މީހާ ހިތްހަމަ ޖައްސައި ދިނުމަށް މަސައްކަތް ކުރަމުންނެވެ. "ދައްތާ އާދޭ! އަހަރެމެންނަކީ ދައްތަ ގެ ދަރީން." އެކަކު ބުނެއެވެ.

އަންހެން މީހާ އެތަނުން ނެރެގެން ސްޓްރެޗަރ އަކަށް ލައިގެން ގެންދާ އިރު، ހަރު އަޑުން ރެސްކިއު މަސައްކަތްތެރިން ދިޔައީ ތަކްބީރު ކިޔަމުންނެވެ.

މި ބޮޑު ކާރިސާގެ ތެރެއިންވެސް ހިތަށް އުފާވެރިކަން ގެނެސްދޭ މި ފަދަ އެތައް މަންޒަރުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި، ދެންވާނެ ގޮތެއް ނޭނގޭ ހާލުވެސް ﷲ އަށް ހަމްދު ކުރަމުންދާ މަންޒަރާއި، މީހަކު ސަލާމަތް ކުރެވޭ ކޮންމެ ފަހަރަކު ﷲ ގެ މަތިވެރިކަން ފާޅުކޮށް، ތަކުބީރުން މުޅިތަން ގުގުމާލާ އަޑު އިވިގެންދާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަބްދުﷲ

    ކޮންފަދަ އީމާންތެރިކަމެއްތޯއެވެ. އަހަރެމްނ ކޮންމެ މުސްލިމެއްގެ ހިތުގައި އެފަދަ އީމާންތެރިކަމެއް ލައްވާފާންދޭވެ. ޔާﷲ މިއަޅާމެން އެފަދަ ހާދިޘާ ތަކުން ސަލާމަތްކުރައްވައި ފުރިހަމަ އީމާންކަންމަތީގައި މަރުގަންނަވާންދޭވެ.

    35
  2. ﷲއަށްވިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ޢެއްވެސް މަހުލޫގެއްގެ ބާރެއްނެތް އިންސާނާގެ ނިކަމެތިކަންނޫން އެއްވެސް ކަމެއް އަހަރެންނަކައްކުވިސްނޭ ބާރުވެރިފަރާތަކީ ހުސްތާހިރުވަންތަ ﷲސުބްހާނަހޫ

    23
  3. ﷲއަށްވިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ޢެއްވެސް މަހުލޫގެއްގެ ބާރެއްނެތް އިންސާނާގެ ނިކަމެތިކަންނޫން އެއްވެސް ކަމެއް އަހަރެންނަކައްކުވިސްނޭ ބާރުވެރިފަރާތަކީ ހުސްތާހިރުވަންތަ ﷲސުބްހާނަހޫ

    17
  4. ދަރަނި ދަންތުރަ

    ކޮބާ މިގައުމުގައި ބުރުގާ ނަގާ އެއްލާލާފައި ލަވަކިޔާ ފިލްމް ކުޅެ ނަށާ މީހުން ، ނިމިދިޔުން ވަނީ ﷲ ގެ ހަޒުރަތަށް