އިސްރާއީލް ފުލުހުންގެ އަނިޔާވެރިކަން އެގައުމުގެ ރައްޔިތުންނަށް ވެސް އެންމެ ފަހުން ކުރިމަތިވާން ފަށައިފިއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އެގައުމުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ނިކުމެ ތިބި މީހުންގެ ތެރެއިން މީހެއްގެ ކަންފަތް އިސްރާއީލް ފުލުހުންގެ ހަމަލާއެއްގައި މިއަދު ވަނީ ހަށިގަނޑާއި ވަކިވެގެން ގޮސްފައެވެ. އޭނާގެ ކަންފަތް ބުރިވީ މުޒާހަރާ ކުރަން ތިބި މީހުންނާއިި ދިމާއަށް ފުލުހުން އެއްލި ކަރުނަގޭސް ގްރެނޭޑަކުން ޖެހިގެންނެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ކަމާއި ނަތަންޔާހޫ މީގެ ދެމަސް ކުރިން ހަވާލުވެ، ގެންނަމުންދާ ބަދަލުތަކާއި ދެކޮޅަށް އިސްރާއީލްގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. މިއަދު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ވަނީ ޖަލްސާ ދޫކޮށް، މުޒާހަރާތަކުގައި ބައިވެރިވެފައެވެ.

މުޒާހަރާތައް ރޫޅާލަން ސްޓަން ގްރެނޭޑް ބޭނުން ކުރުމުގެ އިތުރުން ފުލުހުން ވަނީ މުޒާހަރާ ކުރަމުންދާ މީހުންގެ ގަޔަށް ފެން ވެސް ޖަހާފައެވެ. މިއަދު ފުލުހުން މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުމުން މަދުވެގެން 11 މީހަކު ޒަހަމްވެފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

އިސްރާއީލް ފުލުހުން ބުނާ ގޮތުގައި ވެރިރަށް ތެލްއަވީވްފައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން މިއަދު އެކަނިވެސް 39 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑެނީ

    ޢެވާނީ ޕުރެކްޓިސްގ އުޅެނިކޮއް ކަންފަތަށް އަމާޖް ވީ ކަމަށް

    3
    1
  2. Anonymous

    އޭ ﷲ. އެ އަނިޔާވެރި ކުއްތާތަށް ބަލިކުރައްވާ ވަރުގަދަ ޢަޒާބެއް އެބައިމީހުންގެ މައްޗަށް ފޮނުއްވާނދޭވެ

    10
    2
  3. ޝައިޚް

    ކޮންމެވެސް ދުވަހަކުން ، މުސްލިމުންގެއަތުން ޔަހޫދީން ބަލިވެ ޔަހޫދީންގެ ގެދޮރާއި މުދާ މުސްލިމުންނަަށް ޣަނީމާ ވާނެއެވެ. އެދުވަސް ކައިރިންއ ބޭނުންނަމަ މުސްލިމުން ކުރަންވީ 2 ކަމެކެވެ.
    1. މުސްލިމުން އެކަތިގަނޑަކަށްވެ ، މަތްﷲ އަށް އިބްތިހާލުވެ ދުޢާ ދެންނެވުން
    2. މުސްލިމުން ހުކުރުގެ ޖަމާޢަތަށް ސަމާލުކަންދޭފަދައިން ފަތިސްނަމާދުގެ ޖަމާޢަތަށް ސަމާލުކަން ދިނުން ނިމުނީ

    3
    1