ކުޑަކުދިންނާއި އަންހެނުންނަށް އެންމެ އިހާނެތިކޮށް ހިތައިފައިވަނީ ޖާހިލިއްޔަ ޒަމާނުގައެވެ. އިސްލާމް ދީނުގެ އަލިކަން ދުނިޔެއަށް ފެތުރުނު ފަހުން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތަށް ކުޑަކޮށް މަޑުޖެހިލިއެވެ، އެހެނަސް އަދު މިވަނީ އަލުން ޖާހިލިއްޔަ ޒަމާން ފެށިފައެވެ. ކޮންމެ ދުބަހަކު މިދަނީ އެތަކެއް ކުދިންނެއް ދިރި ތިއްބާ ކަލިތަލުންމެވެ. އަންހެނުން މަގުމަތިކޮށް އާއިލާތަށް ބިކަކުރަމުންނެވެ. ގެދޮރު ސުންނާފަތިކޮށް މުދައު ނެތިކޮށްލަމުންނެވެ.

އާދޭހެވެ. މިއީ ސީރިއާގެ މުސްލިމުންގެ ހާލެވެ. އެމީހުން ތަހައްމަލް ކުރަން ޖެހިފައިވާ ހިތްދަތިކަމުގެ ވާހަކައެވެ. އެގައުމުގެ ކުޑަކުދިންގެ ކެކުޅުމެވެ. އެތަކެއް ފޮނި އުންމީދެއްގެ ފަހަތުގައިވާ ތުއްތު ދަރިން މިދަނީ މައިމީހާގެ ލޯކުރިމަތީގައި ކަތިލާ ކޮށަމުންނެވެ. ކެތްކޮށްލެވޭނެ ހެެއްޔެވެ؟ އެއީ ތިމާގެ އަމިއްލަ ދަރިފުޅު ނަމަ އެ ވަގުތު ތިމާގެ ހާލަތު ހުންނާނެ ގޮތާއި މެދު ފިކުރުކޮށްލަބަލާށެވެ،

ސީރިއާގެ ކުދިންތަކެއް
ސީރިއާގެ ކުދިންތަކެއް

ސީރިއާގެ ބިންތަކަށް އަތްގަދަކޮށް އެގައުމުން މުސްލިމުން ނައްތާލަން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް އެގައުމުގެ ރަޝިއާގެ އެހީތެރިކަމާއި އެކު ސީރިއާގެ ސިފައިނާއި އެމެރިކާގެ މަދަދާއި އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުންނެވެ.

ސީރިއާގެ މުސްލިމުން ދިރިއުޅެމުންދާ ބިންތަކުގެ މަތިން ވެހޭވާރޭފަދައިން ބޮން އަޅަމުން ގެންދާއިރު އެކަމުން ނެތިގެން އެދަނީ ކިތަށް ފުރާނަކަން އެނގޭހެއްޔެވެ؟ އެމީހުންގެ ކުށަކީ ކޮބައި ހެއްޔެވެ؟ މުސްލިމަކަށް ވުންހެއްޔެވެ؟ ނުވަތަ ތިމަންނާގެ ދީނަކީ އިސްލާމް ދީނޭ ބުނާތީހެއްޔެވެ؟ އެހެންކަމަށް ވަނީ ނަމަ އެކަމުން ހާމަވަނީ ދުޝްމަނުންގެ ފިނޑި ކަމެެވެ. އެމީހުންގެ ނުކުޅަދުންތެރިކަމާއި ހަސަދަވެރިކަމެވެ.

ސީރިއާގެ ކުދިންތަކެއް
ސީރިއާގެ ކުދިންތަކެއް

ސީރިއާގެ ކުށެއް ނެތް މުސްލިމުން މަރަމުން ގެންދާއިރު އެކަމާ ދެކޮޅަށް ތެދުވަން ދުނިޔޭގެ ބޮޑެތި ގައުމުތަށް މިވަނީ ނުކުޅެދިފައެވެ. މުސްލިމުން ނިކަމެތި ވީމަހެއްޔެވެ؟ ނޫނީ އެއީ އިންސާނުންކަމަށް ގަބޫލު ނުކުރާތީހެއްޔެވެ؟ ނޫނެވެ. އެއީވެސް ހަމަ ތިމާފަދަ އިންސާނުންނެވެ. މިއީ އެއް އުންމަތެކެވެ. އެއީ ތިމާގެ އަޙާއެވެ. ތިމާގެ ރަހުމަތްތެރިޔާއެވެ. އޭނާ ވަލުޖަރަވާރު ކައިފައި އެއްލާލާފައި އޮންނަ ގޮށް މަސްބުރިއެއް ފަދައިން ވާން ދޫކޮށް ނުލާށެވެ،

އަނިޔާވެރިކަމާއި ދެކޮޅަށް ނުކުންނާށެވެ. ކުށެއް ނެތް ބަޔަކު މަރަށް ތެޅެން ދޫކޮށް ނުލާށެވެ. އެބައި މީހުންގެ ބިންތަށް ވީރާނާކޮށްލިޔަ ނުދޭށެވެ. ސީރިއާގެ މުސްލިމުންނަށް އެހީވެދޭށެވެ. އެއީ ހަމަ އަހަރެމެން ފަދަ މުސްލިމުންނެވެ. އަހަރެމެން ފަދަ އިންސާނުންނެވެ. އެމީހުންގެވެސް އުންމީދު ތަކެއް ވާނެ އެވެ. އެ އުންމީދުތަކުގައި ހަޤީޤީ ކުލަ ޖައްސައިދޭން އަޅުގަނޑުމެން އެންމެން ތެދުވަމާ ހިނގާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ލަބީބު

  ހަމަ މިހާރުވެސް ސީރިޔާގެރައްޔިތުން ސަރުކާރާއެކު ތިބިކަން ހާމަކޮށްލަނިކޮށް ތިޔަ ނިމުނީއެވެ. އޭރުން ބޭރުން އަރާތިބި ދުޝްމަނުން ގޮތް ހުސްވެ ޖެހޭނީ ހަމަ ދާށެވެ!

 2. ކުޑޭ

  އެހީވާންބުނާއިރު ކޮބާބާއަހަރެމެންގެޝޭހުންތައް އެމީހުންނަށް ކުޑަމިނުންނުކެރޭ މުސްލިމުންނަށްމިފަދައަނިޔާލިބޭއިރުވެސް ދަރުހެއްގަޖިހާދު ކުރުމުގެވާހަކަދައްކާލަންވެސް

  • މީނަ

   ބަޔަކަށް އެހީތެރިވާން ނުވަތަ ގޯސް ކަންކަމާމެދު ވާހަކަ ދެއްކުމަކީ ހަމަ އެކަނި ޝޭހުންގެ ކަމެއް ނޫނޭ. ތިއީ ވެސް މުސްލިމެއް، މުސްލިމުންގެ ހައްގުގައި ވާހަކަ ދައްކައްޖެހޭނީ މުސްލިމުން.

 3. ޢަހުސް

  ﷲސުބަހާނަހޫވަތައާލާ ސީރިއާގެމުސްލިމުންނަށް ނަސްރުދެއްވާންދޭއެވެ ބައްސާރާއޭނާގެ ލަސއކަރުހަލާކު ކުރައްވާންދޭއެވެ އިންސާﷲ.އާމީން

  • މުއުމިން

   އިންޝާﷲ އާމީން

 4. ވިސްނާ

  ވަރަށްވެސް ފުރިހަމަ އިންސާނިއްޔަތުން ފުރިގެންވާ ވާހަކަކޮޅެއް

 5. ާައިބިލީސް

  ތިޔަބައި މީހުންނާ ހަނގުރާމަ ކުރާ ބަޔަކާ

  ހަނގުރާމަ ކުރާށެވެ.(ހުރިހާމުސްލިމް ގައުމްތަކަކުން ހަނގުރާމައިގަ ބައިވެރި ވާން
  ޖެހޭ) ނަސްރު ލިބުމަށް ދުޢާކޮށް މުކަމަށް ނިކުންނަން ގޮވާލަން.

  • އަހަރެން

   އިބިލީހެއް ކަމަކު ތިޔަބުނީ ހެޔޮރަނގަޅު ވާހަކައެއް.އެކަމަކު ކަލޯތީ ދޮގުވެރިއެއް.އަދި އަހަރެމެންގެ އެންމެބޮޑު ދުޝްމަން.

 6. Anonymous

  ޓެރަރިސްޓުންގެ ދަރިންވެސް ވާނީ ހަމަ ޓެރަރިސްޓުންނަށް! ޓެރަރިސްޓުންގެ ދަރިންނަށް ހަމްދަރުދީއެއް ނެތް!

  • ދިވެހި

   ކޮން ފޮތެއްގަ އޮތީ ޓެރަރިސްޓް ގެ ދަރިން ވާނީ ޓެރަރިސްޓުންނައްށޭ.. އެހެންވީމަ ހަކުރުބޯ ވައްކަންކުރާ މީހަކުގެ ދަރިން ވާނީ ހަކުރުބޯ ޥަގުންނައްދޯ.. އެވެސް ހަމަ އަހަރުމެންގެ ދަރިންކަހަލަ ކުދިން.. އެކުދިންގެ ކޮންކުށެއް އޮތީ.. ދިވެއްސަކައްވެ ހުރެ ތިހުރި ވިސްނުމައް ނިހާޔަތައް ހިތާމަކުރަން..

  • Anonymous

   އާ ހަމަ ވަގުންނަށް ވާނީ. ޔާމީނުގެ ކާފަދަރިވެސް އެއީ ބޮޑު ވަގެއް

   • ށދ

    އެހެން ވެއްޖެއްޔާ ތި ކަލޭގެ އަކީ ވެސް ވަގެއް...ބޮދު ވަގު

 7. ކަމަނަ

  މަށަކަށް ނުވެސް ކިޔެވުނު މި ލިޔުން...ރޮވޭ ވަރުން...ވ.ފުރިހަމަ ލިޔުމެއް

 8. ހެލްޕް

  ދިވެހި ސިފައިން ފޮނުވަން ވީނު ތި އެންމެނާ ދެކޮޅަށް..!!

 9. އަލީ

  ކީއްތަ ވާނީ ހުކުރު ޚުތުބާގަ ސީރިޔާގެ ވާހަކަ ދައްކާ ދުއާކުރަން. އަދި ކޮންމެ ނަމާދަކައް ފަހު ދުއާކުރަން . ކުށެއްނެއް ކިތައް ފުރާނަ ދިޔައިމަ ތަ އެކަން ކުރާނީ.

 10. ސީރިޔާ

  ހުރިހާއެއްމެން އަމަނެތި ބޮންއަޅަމުން އެގެންދަނީ. ސީރިޔާ ސަރުކާރު ސިފައިންނަށް ކާމިޔާބެއް ލިބުނު ދުވަހަކުން ތިކަން ހުއްޓޭނީ.