މައްކާ އަށް ދަތުރުކުރި ބަހެއް ބްރިޖެއްގައި ޖެހި އެ ބަހުން ދަތުރުކުރި 20 މީހުން ނިޔާވެއްޖެއެވެ.

ސައުދީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ އާސިރް ޕްރޮވިންސްގެ ސައުދީގެ އަގަބަތް ޝަރާރްގައި އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އުމްރާގެ އަޅުކަން އަދާ ކުރަން މައްކާ އަށް ދިޔަ މަގުމަތީގައި ހިނގި އެކްސިޑެންޓްގައި 29 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަހުގެ ބްރޭކް ފެއިލްވެ ބްރިޖުގައި ޖެހިގެންނެވެ. އެ ބަހުގައި ސައުދީގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގެ ދުވަސްތައް ގުނަމުންދާ އިރު، މިއީ ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ސައުދީއަށް ޖަމާވަމުންދާ ދުވަސްވަރެކެވެ.

 

ކިޔުންތެރިންގެ ހިޔާލު