އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވާން ފަށައިފިއެވެ.

ގިނަ އަހަރުތަކަކަށް ކޮވިޑް ކޮންޓްރޯލްވެފައި އޮތް އިންޑިއާގެ ދިއްލީގައި ކޮވިޑުގެ ވޭދަނަތައް އިތުރުވާން ފަށާފައިވާކަން އެ ސިޓީގެ ސިއްހަތާއި ބެހޭ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކޮވިޑު ޖެހޭ މީހުންގެ އަދަދު ބޮޑު ތަނުން ދަށްވެފައި އޮއްވާ އަނެއްކާ ވެސް އިތުރުވާން ފަށާފައިވާ ކަމަށާއި އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ 300 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ސިއްހަތާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

މިއާއި އެކީ ކޮވިޑް ޖެހޭ މީހުންގެ އަދަދު 13.89 އަށް އުފުލިފައިވާ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

ދިއްލީގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، ބަލީގައި އިތުރު ދެމީހަކު މަރުވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް އެމީހުން މަރުވެފައިވަނީ ކޮން ދުވަހަކު ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ދިއްލީން ކޮވިޑް ޖެހުނު މީހުންގެ އަދަދު 200،361 އަށް އަރާފައިވާއިރު، އެގައުމުން މިބަލީގައި މިހާތަނަށް 26،526 މީހަކު ނިޔާވެފައިވާ ކަމަށް ކޮވިޑުގެ ތަފާސް ހިސާބުތައް އާންމު ކުރާ ބައިނަލްއަގުވާމީ އިދާރާއެއްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ދިއްލީގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަނީ، އެއް ދުވަހުން 300 މީހުންނަށް ޖެހިއްޖެ!
    މެޑިކަލް މާފިޔާއިންގެ މާރކެޓު ރަނގަޅުވަމުން އަށްނަކަމުގެ އަލާމަތްތަށް ތިހަރަފެއްނަނީ!
    ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އިތުރުވެފައި ވާކަން ފާހަގަ ކުރެވެއެވެ.
    ޝައްކެއްވެސް ނެތް ބަލިތަށް އިތުރުވުމަކީ މެޑިކަލް މާފިޔާއިންގެ ވިޔަފާރި ތަކަށް ދިރުން ލިބޭނެ ކަމެކެވެ.