އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަގަށް ގޮވިކަމަށް ބުނެ އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާންދީއަށް ހުކުމް ކުރި ފަނޑިޔާރަށް ޕްރޮމޯޝަން ދީފިއެވެ.

ރާހުލް ގާންދީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ނިންމައި ރާހުލް ގާންދީ ދެ އަހަރަށް ޖަލަށްލުމަށް ހުކުމެއް ވަނީ ކޮށްފައެވެ. މި ހުކުމް ކުރީ ގުޖުރާތު ސްޓޭޓުގެ ސޫރަތު ކޯޓުގެ ޗީފް ޖުޑިޝަލް މެޖިސްޓްރޭޓް ހަރިޝްކުމާރު ހަސްމުކްބާއީ ވަރްމާއެވެ.

ހަރިޝްކުމާރު ހަސްމުކްބާއީ ވަރްމާއަށް ޕްރޮމޯޝަން ދީ މަގާމު މަތިކުރެވުނުކަން އިންޑީއާގެ ޖުޑިޝަރީއިން އިއްޔެ ވަނީ އިއުލާނެއް އާންމު ކޮށްފައެވެ. ވަރްމާ ޕްރޮމޯޓް ކޮށްފައިވަނީ ޑިސްޓްރިކްޓް ކޯޓްގެ ފަނޑިޔާރަކަށެވެ.

އިންޑިއާގެ ޖުޑިޝަރީ ރޭވިފައިވާ ގޮތުން ޑިސްޓްރިކްޓް ކޯޓުތަކަށްފަހު ދެން ހުންނަނީ ހައި ކޯޓުތަކެވެ. އެންމެ ފަހު މަރުހަލާއަކީ ސުޕްރީމް ކޯޓެވެ.

ރާހުލް ގާންދީއަށް ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި މަޝްހޫރު ގާނޫނީ ވަކީލުންނާއި ނޫސްވެރިންވެސް ހިމެނެއެވެ.

މިއާއެކު މި ހުކުމް ކޮށްފައިވަނީ ވެރިކަން ކުރާ ބީޖޭޕީއިން ނުފޫޒު ފޯރުވައިގެން ކަމަށް ރާހިލް ނިސްބަތްވާ ކޮންގްރެސްޕާޓީން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ރާހުލްއަށް ގުޖުރާތުގެ ކޯޓުން އެ ހުކުމް އިއްވީ 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ކެމްޕޭންއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެގޮތުން ގިނަ ވަގުންތަކަކަށް މޯދީ ކިޔަނީ ކިއްވެގެންތޯ ރާހުލް އޭރު ސުވާލު ކުރެއްވިއެވެ. އޭގެ ތެރޭގައި ނިރަވް މޯދީއާއި ލަލިތު މޯދީ އަދި ނަރެންދުރަ މޯދީގެ ނަން ގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖުހާ.

    ބަރާބަރު. ތިއަ ޑިމޮކްރަސީ މިތަނުގައިވެސް ވަރަށް ފޯރީގައި އެބަހިނގާ.

    19
  2. އެޖެންޑާ19

    މި ރާއްޖޭގައިވެސް މިހިންގަނީ މިކަހަލަ ގެރި ވެރިކަމެއް

    22
  3. ަސދަސދ

    ދިވެހިރާޢްޖޭގެ ވެރިކަން ހިނގަނީ ހަމަ ސީދާ އިންޑިއާއިން އަންގާގޮތަށޭ ބުނަނީ މިހެންވެ

    23
  4. ބަދަވި

    ތިޔަ ވަގުންގެ ލިސްޓްގައި ކުޑަމޯދީ ވެސް ޖަހާލަބަލަ

    20
  5. ޙަސަން

    ރާހޫލްގާންދީ އަކީ މުސްލިމުންނަށް އޯގާތެރި ބޭފުޅެއް

  6. ހަނީ

    މިފެންނަނީ
    އިންޑިޔާ
    ރާޖެއާއެތްގޮތަށްޖުޑަސަރީހިގާތަން

  7. ޟޜ

    ރާހުލް މަޖުލީހުގަކުރީ އެންމެސުވާލެއް އަދާނީގެ ކުންފުނިތަކުގަވާ ސަރުކާރައް ނިސްބަތްވާ މީހެއްގެ 200ކްރޯޑްރުޕީސް އަކީ ކާކުގެ ލާރިއެއްތޯ

  8. ފަލަސްތީން

    މިމީހުން ރައްޖޭން ބޭރުކުރަން ޖެހޭ

  9. ޒާ

    މީވެސް އިންޑިއާގެ ޑިސްޓްރިކްޓެއް. މިތާވެސްއޮތީ ގެރި ޖުޑިޝަރީއެއް.

  10. ޢުނގު

    ރ ޔާމީނަށް ހުކުމްކުރި މީހާއަށްވެސް ޕުރޮމޯސަންދިނެއްނު އެއީ ގެރިމޯދީގެ އޯޑަރު ވަރަށް ސާފުވެއްޖެ މިހާރު ކުޑަގެރި މޯދީގެ ކަމެއްކަން.