އީދު ދުވަހުގެ ފުރަތަމަ ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް ޖަޕާނުން އިއުލާނު ކޮށްފިއެެވެ.

ޖަޕާނުން މިގޮތަށް އިއުލާނު ކޮށްފައި ވަނީ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީއެވެ.

އަރަބި އައި އިސްލާމީ ގައުމަކަށް ޝައްވާލް މަހުގެ ހަނދު މިއަދު ނުފެންނާނެ ކަމަށް، ބައެއް ފަލަކީ އިލްމުވެރިން ދަނީ ބުނަމުންނެވެ.

އެހެންކަމުން ޖަޕާނަށް މާދަމާ އަކީ ރޯދަ މަހުގެ އެންމެ ފަހު ދުވަހެވެ.

ކީރިތި ރަސޫލާގެ ސުންނަތުން އަދި ފަލަކީ އިލްމީ ހަގީގަތްތަކުން ސާބިތުވާ ގޮތުގައި ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ. ބައެއް އިލްމުވެރިން ބުނާ ގޮތުގައި މިއަދު އިރު އޮއްސުމާ އެކު، އިސްލާމީ ޝަރުއީ ހަމަތަކުގެ މަތިން ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށޭނެއެވެ.އިރު އޮއްސުމުގެ މާ ކުރިން، އައު ހަނދު އުފަންވެފައިވާތީ މިއަދަކީ ރަމަޟާން މަހުގެ ފަހު ދުވަހެވެ. އަދި ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ވެސް އެ އިލްމުވެރިން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މައުމޫނުގެ ސަބަބުން އެތައް ބަޔަކު މާދަމާ ރޯދަ ނުހިފައި ދުވާލު ކާނެ. މައުމޫނުގެ ސަބަބުން ހާދަ ގިނަ ބަޔަކު މަގުފުރެދިއްޖެޔޯ ދޯ.

    1
    1
  2. Anonymous

    ޢިލްމުވެރިންނަށް އިޙްތިރާމް ކުރަން ދަސްކޮށްބަލަ.
    އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ އެއްޗެއްނޫން ތޯ އެހާމަ ކުރައްވަނީ.
    ޢާލިމުންނާ ޖާހިލުންނާ އެއްގަލަށް ނާރާނެޔޭ ބުނެ.
    މިކަން މިޤައުމުގެ މިއަދުގެ ޙާލަތުވެސް ވަރަށް ރަނގަޅަށް ބުނެދޭ. ފަތުރުވެރިން އަންނަވަރުން އޮބިނޯވޭ. ފްލައިޓްން ޖާގައެއްނުލިބޭ ބާރު ބޮޑު ކަމުން. ޚަޒާނާގައި ހުންނަ އެއްޗަކަށް ވާނުވާ. ރައްޔިތުން ކުނިއަޅަން ޖެހެނީ ކޮތަޅު ކޮތަޅަށް ވަކިން. ކޮތަޅު ކަމެއް ކާޑު ކަމެއް އަގުބޮޑުވީ އޮޅިއްޖެ