އަވަށްޓެރި އިންޑިޔާގައި މާބަނޑު އަންހެނަކު ސިޒޭރިޔަން ހެދުމަށްފަހު މަރުވުމާއި ގުޅިގެން ދެ ޑޮކްޓަރުން ހިމެނޭހެން 12 މީހަކު ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެފިއެވެ.

މީޑީޔާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 30 އަހަރުގެ ސައިމާ ބޭގަމް ސިޒޭރިޔަން ހަދާފައިވަނީ މެޑިކަލް ސެންޓަރެއްގައެވެ. ސިޒޭރިޔަން ހެދިތާ މާ ގިނަ އިރު ނުވަނީސް ސައިމާ ބޭގަމް ވަނީ މަރުވެފައެވެ. ސިޒޭރިޔަން ހެދުމުގައި ބައިވެރިވެފައިވަނީ ޑރ. މުހައްމަދު ތައުސީފް އާއި ޑރ.މުހައްމަދު މަސްއޫދު ނަމަކަށް ކިޔާ ދެ ޑޮކްޓަރުންނެވެ. މިމަހު 11 ވަނަ ދުވަހު އަމިއްލަ ކްލިނިކެއްގައި މި ސިޒޭރިޔަން ހަދާފައިވާއިރު ގިނަ އުދަގޫތައް ވަނީ ކުރިމަތިވެފައެވެ.

އާއިލާ އާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ސިޒޭރިޔަނަށްފަހު ސައިމާ ބޭގަމްގެ ހާލު އެހާ ރަނގަޅެއްނޫނެވެ. އެހެން ކްލިނިކަކަށް ދެއްކުމަށް ލަފާދިން ނަމަވެސް އޭގެކުރިން ސައިމާ ބޭގަމް ވަނީ މަރުވެފައެވެ.

އެހެންކަމުން މިމައްސަލަ ވަނީ ފުލުހަށް ރިޕޯޓްކޮށްފައެވެ. މަނީޝް ބަންސާލް ކިޔާ ސިޔާސީ މީހަކު ވަނީ ކްލިނިކާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލައިގައި ބުނާގޮތުން ސައިމާ ބޭގަމް މަރުވެފައިވަނި ޑޮކްޓަރުންގެ އިހުމާލުންނެވެ. ސައިމާއަށް ދޭންޖެހޭ ވަރަށް ފަރުވާ ނުލިބުމުގެ ސަބަބުންނެވެ.

މިކަމާއި ގުޅިގެން އޭޕްރީލް 19ވަނަ ދުވަހު ފުލުހުން ކުރި ތަހުޤީގުން އެގުނުގޮތުގައި އެ ކްލިނިކަކީ ރަޖީސްޓްރި ނުކޮށް ހިންގަމުން އަންނަ ކްލިނިކެކެވެ. އަދި ކްލިނިކުގެ ފަރުވާކުޑަކަމުގެ ގިނަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އަދި ފުލުހުން ކްލިނިކަށް ރެއިޑް ޖެހި ވަގުތު 9 ބަލި މީހުންނަށް ޑރ.ފަހުމީނާ ނަވާޒް ދިޔައީ ފަރުވާ ދެމުންނެވެ.

ޑރ.ފަހުމީނާ ނަވާޒު އަކީ ބެޗެލާސް ޑިގްރީ އިން ޔުނޭނީ މެޑިސިން އެންޑް ސާޖަރީ ހާސިލްކޮށްފައިވާ ޑޮކްޓަރެކެވެ. އެހެންނަމަވެސް އެ ކްލިނިކުގައި ޑޮކްޓަރަކަށް މަސައްކަތްކުރާ އިޝާގް ހާން އަކީ ޑޮކްޓަރުކަމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. އެހެންކަމުން މި ކްލިނިކް މިހާރުވަނީ ބަންދުކޮށްފައެވެ. އަދި މިމައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ނަކާސާ ޕޮލިސް ސްޓޭޝަނަށް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ޑރ.ފަހުމީނާ ނަވާޒު އާއި އިޝާގް ހާން ވެސް ހިމެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަޚި

    މި ރާއްޖޭގައި އަންހެނެއްގެ ގޮހޮރު ބުރި ކުރީމަވެސް ވީ ކަމެއް ހަރާން.