އިންޑޮނޭޝިއާއަށް ކައިރި ކައިރީގައި ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެއެވެ.

ޔޫރަޕިއަން މެޑިޓަރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިންޑޮނޭޝިއާގެ ކެޕުލައުއާން ބަޓޫއަށް ގާތްގަނޑަކަށް ހަ މެގްނިޓިއުޑްގެ ދެ ބިންހެލުމެއް މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައިސްފައިވާ ކަމަށެވެ.

އީއެމްއެސްސީން ބުނާގޮތުގައި، ފުރަތަމަ އައިސްފައި ވަނީ 6.1 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. ފުރަތަމަ ބިންހެލުމަކީ މިއަދު ފަތިހު ކެޕުލައުއާން ބަޓޫއަށް އައި ބިންހެލުމެއް ކަމަށް ބުނެފައި ވެއެވެ.

ފުރަތަމަ ބިންހެލުން އައިސްފައިވަނީ 43 ކިލޯމީޓަރު (26.72 މޭލު) އަޑިންނެވެ.

އޭގެ ގަޑިއިރެއް ފަހުން ދެވަނަ ބިންހެލުން އައިސްފައި ވަނީ 5.8 މެގްނެޓިއުޑް ބާރުމިނުގައެވެ.

ދެވަނަ ބިންހެލުން އައިސްފައިވަނީ 40 ކިލޯމީޓަރު (24.85 މޭލު) ގައި ކަމަށް އީއެމްއެސްސީން ބުނެފައި ވެއެވެ.

މި ދެ ބިންހެލުމާއި ގުޅިގެން ގެއްލުންތަކެއްވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

އިންޑޮނޭޝިއާގައި "ޕެސިފިކް ރިންގް އޮފް ފަޔަރ" ނަމަކަށް ކިޔާ މި ސަރަހައްދަކީ ވަރަށް އެކްޓިވް ސިސްމިކް ޒޯނެކެވެ. އެހެންކަމުން އެ ސަރަހައްދުގައި ބިންހެލުމާއި އަލިފާން ފަރުބަދަތައް އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު